ވެކްސިން ނުޖެހިޔަސް ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ދޮޅު އަހަރު ފަހުން ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެން ބައެއް މީހުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.
ޑރ. ފައިސަލްއަކީ ހިމަބިހި ރާއްޖެއިން ފެނުނުކަން ސަމާލުކަމަށް ގެނައި އެކަކެވެ. އޭނާ ދަނީ ހިމަބިއްސާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް މީސް މީޑިއާ ޕްލެޓްފޯމްތަކުގައި މައުލޫމާތު ފޯރުކޮށްދެމުންނެވެ.
އެގޮތަށް އިއްޔެ މީހަކު ސްކޫލްތައް ހުޅުވުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ، ސްކޫލްށް ވައްދަނީ ވެކްސިން ޖަހާ ހަމަކޮށްފައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވެކްސިން ޖަހާފައި ތިބި ކުދިންނަށް މީގެ ނުރައްކަލެއް އަދި އެކުދީންގެ ސަބަބުންއެހެން މީހުންނަކަށްވެސް ނެތް". ޑރ. ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ،މައްސަލައަކަށް ވަނީ ވެކްސިން ނުޖަހާ ސްކޫލަށް ކުދިން ވައްދާތީ ކަމަށެވެ.
"އައްޑޫގައި ހުންނާނެ ސްކޫލެއް ވެކްސިން ނުޖަހާ ވައްދާ. އެކަމަކު އެ ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސްކޫލެއް". ކޮން ސްކޫލެއް ހާމަ ކުރުމެއްނެތި ޑރ. ފައިސަލް ކުރި ޓްވީޓުގައި ވެއެވެ.
އޭނާ ވަނީ، ވެކްސިން ނެތި މާލޭ އާއި ރަށްރަށުގައިވެސް އަޑިއަޑިން ސްކޫލްތަކަށް ކުދިން ވައްދާކަމުގެ ތުހުމަތުކޮށްފައެވެ.
ޑރ. ފައިސަލް މިގޮތަށް ވިދާޅުވިއިރު، ސްކޫލްތަކުުގެ ގްރޭޑް 1 އަށް ވައްދާ ކުދިން ވެކްސިން ފުރިހަމަ ކުރަން ޖެހެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހިމަބިހި ފެނިފައިވަނީ އުމުރުން ހަތަރު މަހުގައި ވެކްސިން ދިނުން ހުއްޓާލާފައިވާ ކުއްޖެއްގެ ގައިންނެވެ. އެ މައުލޫމާތު އެ ހޮސްޕިޓަލުން ދީފައެއް ނުވެއެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް ވެކްސިން ނުޖަހާ ކުދިން ވައްދާ.
ވެކްސިން ނުޖަހާ ހުރުމަކީ ކުއްޖަކު އަސާސީ ތަޢުލީމުން މަހުރޫމްވާން ޖެހޭ ސަބަބެއް ކަމުގައި ނުދެކެން.
ދެން އެ ސްކޫލް އެންމެން ދަރިވަރުންވެސް ހިމެނޭހެން ސްޓިކާ ޖަހަންވީނު. ކޮންފަދަ ބޮޑު ނަސީބެއް ލައްވާލާފަ ތިއޮތީ.
ވެކްސިން ފުރިހަމަނުކޮށް ކުދިން ސްކޫލަށް ވެއްދުން އެއީ ގާނުނުން މަނާކަމެއް ނޫން.
ރާޢްޖޭގެ ސްކޫލް ތަކުގައި ވެކްސިން އަށް މާބޮޑަު ސަާލުކަމެއް ނުދޭ. ވެކްސިން ހަމަވިއަސް ނުވިއަސް ސްކޫލު ތަކުން ޖާގަދޭ. ޕަބުލިކް ހެލްތު ޔުނިޓު ތަކުން އެއްމެ އެކަށީގެންވާ ގޮތަށް ކަންކަން ބަލަމުން ނުދާކަން އަދި ވެސް ފާގަވޭ. ބައެއް ހެލްތު ވޯކަރުން އެއްވެސް މަސައްކަތެއް ނުކޮށްތިބެ މުސާރަ ނަގާ، އެހީތެރިވަނީ ހޮސްޕިޓަލް ތަކުގެ ސީނިއަރ ވެރިން، ކަމެއް ގޯސްވީމާ ގޮވާނެކަމެއް ނެތް
އެހެންވީމަ ހަރުކަށި ފިކުރުގެ މީހުން އައްޑޫގައި ގިނަވާހަކަތާ މި އާރޓިކަލްއިން ފާހަގަމިވަނީ... ކޮބާތަ ހަރުކަށިފިކުރު ނައްތާލަން ގޮވާ ބައިގަނޑު
ހަގީގަތައް ބަލަން ޖެހޭ އެއްކޮޅަށް ބުރަނުވެ ހަގީގަތާއި ކުރިމަތިލާން ޖެހޭ އައްޑޫގައި ކުދިން ވެކްސިން ދިނިމުން މަހުރޫމު ކޮށްގެން އުޅޭ ހަރުކަށި ފިކުރުގެ މީހުން އެބަތިބި ޕްރީ ސްކޫލްގެ ކިޔެވުމުން މަހްރޫމްކޮށް ދަރިން އެބަގެންގުޅޭ ކަމާބެހޭ ފަރާތްތަކަށް މިކަންތައް ރިޕޯޓް ކުރުމުން އެއްވެސް ފިޔަވަޅެއް ނާޅާ
ވެކްސިނަކީ ހަގީގަތުގައި ބޮޑުވިޔާފާރިއެއް.
ތިޖެހިޔަސް މަރު ނުޖެހިޔަސް މަރު.
ޖަހައިގެން ގޮތްނޭގޭ އެތަށްގޮތެއް އެބަދިމާވޭ.
ތިނުޖަައި އުޅުނު ޖީލްތަކުގެ މީހުން އެކަކު އަނެކަކަށް އިހްތިރާމްކުރޭ، އޯގާތެރިކަމާއި އެކު މީހުންނާއި މުއާމަލާތް ކުރޭ.
ބުލީކުރުން އެއީ ދަންނަކަމެއްވެސްނޫން.
ވީމާ ތަފާތު އެބަފެނޭ.
މިޒަމާނުގައި މައިން ދަރިންނަށް އެއްގޮތަކަށްވެސް ގާތުން ނުދީ ގެރިކިރު ދީދީ ދަރިންވެސް އެގޮތަށް ހޭނިފައި މިއޮތީ.
ބޮޑައް ގެރިކިރެއްނޫން. ގޮތްނޭގޭ ސަރުބީ އަޅާފަ ހުންނަ ގެރިކިރު. އޭގެ ސަބަބުން ދަރިންގެ އަޚުލާގައް ވަރައް ނުބައި އަސަރުކުރޭ
ތިކަހަލަ ވާނުވާ ނޭގޭ މީހުން ގިނަވާތީ ގަޢުމު ފަސާދަވަނީ!!ރޯނުއެދުރު!!
އެއިޑްސް ބަލި ފެނުނީ އެމެރިކާއިންނެވެ. އެކަމަކު އެބަލި އެންމެ ބޮޑަށް ފެތުރުނީ އެފްރިކާގައެވެ. އދ. ގެ ވެކްސިން ޕްރްގްރާމް ތެރެއިން ކަޅުނަސްލުގެ އާބާދީ މަދުކުރަން ޤަސްދުގައި އެފްރިކާއަށް އެއިޑްސް ފެތުރީއެވެ. މިއީ ހަޤީޤަތެވެ. .
ތިކަހަލަ ވާނުވާ ނޭގޭ މީހުން ގިނަވާތީ ގަޢުމު ފަސާދަވަނީ!!ރޯނުއެދުރު!!
ވެކުސިން ނުޖެހިއަސް، އަސާސީ ތަޢުލީމް އިން މަޙުރޫމް ކުރެވޭނެތަ؟
ފުރަތަމަ ހެލްތް ދެން ކިޔެވޭނީ! ރޯނުއެދުރުނުވަމާތޯ!!!
ތިކަމަށް މީހުންހޭލުންތެރި ނުވާކަން ތީގެން އެގެނީ!އިހުގައި ފޫޅުކަޑަނީ ކުރަފަތް ނުކައްކާ ! ޢޭގެން ޖެހެނީ ޓެޓެނަސް! ޙިމަބިހި ވެކްސިން ކޮންމެވެސް ސަބަބަކާހެދިނުޖެހި ތިބޭ ކުދިންނަށް ޖެހުމަށް ވެކްސިންދޭ ދުވަސްތައް އިހުގައި ސްކޫލް ތަކުގައި ހެލްތުން ބާއްވާ! ޒިންމާ ނުއުފުލިއަސް މިހާރަކު މައްސަލައެއްނޯވެ. ޢިޚުލާސްތެރި ތެދުވެރި ވެރިން މިހާރަކުނެތް! މިމުޖުތަމައުގައި ވެސް އެފަދަމީހުންނަކަށް ފުރުސަތެއްވެސް ނެތް!
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެކްސިން ނުޖަހާ ކުދިން ނުވައްދާ ، ބައެއްސްކޫލްތަކަށް ވައްދަނީ
ލާދީނީ އެއްޗިއްސްތައް ހާދަ ފޯރިއެއް އެބަހުއްޓޭދޯ.
ކުދިން ވެކްސިން ނުޖަހާ ސުކޫލަށް ވެއްދުމަކީ ހެލްތު ވާކަރުންގެ މައްސަލަ އެއް ނޫން...ސްކޫލަށް ލާން ވީމަ މިއަންނަނީ ފޯމު ފުރަން ...ވިހާތަނުން ގޮސް ހޮސްޕިޓަލް ތަކުގަ އެނދުގަ ތިއްބަ ޖަހަން އުޅުނަސް ނުޖަހާ ދެން އެއީ ހެލްތުވާކަރުން ކަމެއްތޯ...؟؟؟؟
ނަމާދު ވަގުތު ފާއިތު ވާއިރު ކުދީން ލައްވާ ނަމާދު ނުކުރުވާ ސްކޫލް އެއް ހުރިތޯ ވެސް ބަލާލުން ރަނގަޅެވެ. މައްސަލަ އެއް ނޫނެވެ.
އައްޑޫ ހިތަދޫ ހިރާ ސްކޫލަށް ގޮސް ބަލާ މިހާރުވެސް ކިތައް ކުދިން ތިބިތޯ މައުލޫމާތައްޓަކައި ބުނެލީ ވެކްސިން ނުޖަހާ ބަރުދަން ނުބަލާ ހެދިބޮޑުވަމުންދާ ގޮތުގެ ޗާޓް އޮތް ތަނެއްވެސް ނޭގޭ ކުދިން އެ ސްކޫލްގައި ތިބޭނެ
އަހަރެންގެ ކުދިން މިވެއްދީ ހުރާ ސުކޫލަށް. ވެކްސިން ކާޑު ވެސް ގެންދަން ޖެހުނު.
ވަރަށް ޔަގީން ކަމާއެކު މި ބުނަނީ ހިރާގަ ވެކްސިން ނުޖަހާ އެންމެ ކުއްޖަކުވެސް ނުހުންނާނެ. ބަލަން ބޭނުން ވަންޏާ އަޔަސް ހެޔޮ. ނޭނގޭ ވާހަކަ ނުދައްކާ.
ޑރ. ފައިސަލް އަށް އެމްޑީޕީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުން ރަނގަޅު މަޤާމަކާއި މުސާރައިގެ ކުރިއެރުން ދޭނެ ބަލަން ތިބޭތި. އެމްޑީޕީ އަޑީގައި ތިބެ ކުރުވާކަމެެއް ވެކްސިން ނުދީ ހުރި ކުއްޖަކަށް ހިމަބިހި ބަލި ޖެހުނު ކަމަށް ދެއްކުން. ޙަޤީޤަތެއް ނެތް އަސްލެއްނެތް ވާހަކަތަކެއް. ބޭނުމަކީ ރައްޔިތުންގެ ހިތް ތަކުގައި އެހެން މީހުންނާއި މެދު ދެކޭގޮތް ބަދަލުކުރުން. ހިމަބިހި 2010 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިފައިވޭ. ޙަޤީޤަތް ހެއްކާއި އެކު ދައްކަންޖެހޭ
އަދި ރަނގަޅު، ފައިސަލް ކުރެން އަހާލަން ހާރޑް އިމިއުނިޓީއަކީ ކޮބައިތޯ. 1970 އިންފެށިގެން ހިންގަމުން މިއައި ވެކްސިން ޕްރޮގުރާމުގެ ނަތީޖާއަކީ ހަމަ މިއީތޯ. ނޫސްތައް ބަލަމުން ދިރާސާކުރަމުން ދާމީހުނަށް ރޭކާލާނެ މިވާގޮތް. މީ މާކެޓިން ސްޓްރެޓެޖީއެއް. ކުޑަކުދިން ގެ ދެ ޑޮކްޓަރަކު އިސްތިހާރުވުމުގެ ވާދަވެރިކަމެއް. ދެން ހުރިމީހާ ހުންނާނެ އޭޑީކޭގަ.
ޑރ. ފައިސަލް އަށް އެމްޑީޕީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުން ރަނގަޅު މަޤާމަކާއި މުސާރައިގެ ކުރިއެރުން ދޭނެ ބަލަން ތިބޭތި. އެމްޑީޕީ އަޑީގައި ތިބެ ކުރުވާކަމެެއް ވެކްސިން ނުދީ ހުރި ކުއްޖަކަށް ހިމަބިހި ބަލި ޖެހުނު ކަމަށް ދެއްކުން. ޙަޤީޤަތެއް ނެތް އަސްލެއްނެތް ވާހަކަތަކެއް. ބޭނުމަކީ ރައްޔިތުންގެ ހިތް ތަކުގައި އެހެން މީހުންނާއި މެދު ދެކޭގޮތް ބަދަލުކުރުން. ހިމަބިހި 2010 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިފައިވޭ. ޙަޤީޤަތް ހެއްކާއި އެކު ދައްކަންޖެހޭ.
ޑރ ފައިސަލް ދޮގު މައުލޫމާތު މުޖުތަމަޢުގައި ތިޔަ ފަތުރަނީ އެމްޑީޕީ އަދި އެމްޑީއެން އިން ކިހާ ފައިސާއެއް ދީގެން ތޯ؟
ލ. ކަލައިދޫ ސްކޫލަށްވެސް ކުދިންވައްދަނީ ވެކްސިން ނުޖަހާ
އަނެއްކާ އަނެއް ވާހަކަ، ދެން މީނަގެ ނަޒަރުގަ ވެކްސިން ނުޖަހާކުއްޖެއް ވިއްޔާއްޔާ ކިޔެވުން މަނާކުރަންދޯ މިޖެހެނީ. ބަލަގަ އައިންސްޓައިންއާއި ނިއުޓަންވެސް ތިބީ ތިއެއްޗެއް ޖަހައިގެނެއްނޫން.
ނަޝީދު އަށް ބައިއަތު ހިފާފަ ހުރި މީހެއް ފައިސަލް އަކީ.
ޔޫރަޕުގެ ބޮޑެތި ޤައުމުތަކުގައި ވެސް ވެކްސިން ޖެހުން މަޖުބޫރު ކޮއްފައި ނުވޭ ބައްލަވާ ވިކިޕީޑިއާ
ހިމަ ބިއްސަށްވުރެ މާ ނުރައްކާތެރި ބަލިތައް އެބަ އުޅޭ ވެކްސިން ދޭންވީ އެއް ނޫން މިހުރިހާ ބަލިތަކުން ދިފައުވާން. ޑެންގޫ މާ ނުރައްކާތެރި ހަމަ ވެކްސިން ޖަހަންވީނުން ކީއްވެ ނުޖަހާ ވައްދަނީ.. މީހުންނަށް ނޭގޭ ހަޤީޤަތަކީ ތި ވެކްސިން ޖަހައިގެން އޯޓިޒަމް ފަދަ ބަލިތައް ޖެހޭ ކަން އަދި ކޮންމެ ކުއްޖަކީ ވެކްސިން އަށް ޕޮޒިޓިވް ވާ ކުއްޖެއް ނޫންކަން.
ހިމަ ބިއްސަށްވުރެ މާ ނުރައްކާތެރި ބަލިތައް އެބަ އުޅޭ ވެކްސިން ދޭންވީ އެއް ނޫން މިހުރިހާ ބަލިތަކުން ދިފައުވާން. ޑެންގޫ މާ ނުރައްކާތެރި ހަމަ ވެކްސިން ޖަހަންވީނުން ކީއްވެ ނުޖަހާ ވައްދަނީ.. މީހުންނަށް ނޭގޭ ހަޤީޤަތަކީ ތި ވެކްސިން ޖަހައިގެން އޯޓިޒަމް ފަދަ ބަލިތައް ޖެހޭ ކަން. ކޮންމެ ކުއްޖަކީ ވެކްސިން އަށް ޕޮޒިޓިވް ވާ ކުއްޖެއް ނޫންކަން. .
ޑރ.ފައިސަލް އަށް އެމްޑީޕީ އިން ހާއްސަ އެވޯރޑެއް ލިބޭނެ.ވެކްސިން ނުޖެހުމަކީ ކުދީން ތައުލީމު އުގެނުމުން މަހްރޫމް ވާން ޖެހޭނެ ކަމެއް ނޫން.ވެކްސިން ޖެހީމަ މަރުވެސް ނުވާނެ ދޯ.