ޖުމްލަ ހަ ޓީޗަރެއް ފިޔަވާ ހުރިހާ ބިދޭސީ ޓީޗަރުންވެސް މިހާތަނަށް ރާއްޖެ ގެނެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު އެމިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަސީރުއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ހުރިހާ ސްކޫލަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހަމަވެފައިވާ ކަމަށާއި ހަމައެކަނި މަދުވަނީ ހަޓީޗަރެއް ކަމަށެވެ. އަދި އެޓީޗަރުން މަދުވާ ތަންކޮޅުވެސް ސްކޫލްތަކުގެ މެނޭޖްމެންޓާއި އެހެން ފަރާތްތަކާއި ގުޅިގެން މިހާރު ހަމަޖެއްސިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝަރުމާ ވިދާޅުވީ މިހާރު މަދުވަނީ ހަމައެކަނި ޤުރުއާން މާއްދާ ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުންކޮޅެއް އެކަނި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރީ އަހަރުތަކާއި ހިލާފަށް މިއަހަރަކީ ޓީޗަރުން ހޯދުމުގައިވެސް ކާމިޔާބު އަހަރެއް ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

"ސްކޫލްތަކުން ބިދޭސީ ޓީޗަރުން ބޭނުންވާ ކަމަށްބުނާ އަދަދަށް ބިދޭސީ ޓީޗަރުން ގެނެވިފައި މިހާރު ވަނީ. ދެން މިހާރު ހަމަޖެހިފައި ނުވާ ގުރުއާން ޓީޗަރުން ނެތް ތަންކޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުންތަމައާއި ގުޅިގެން ވަނީ ފޫބެއްދިފައި" މިނިސްޓަރ ޝަރުމާ ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ސްކޫލްތައް ފެށިފައިވަނީ ކާމިޔާބު ކަމާއި އެކު ކަމަށް މިނިސްޓަރ އައިޝަތު އަލީ ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ އައިޝަތު ވިދާޅުވީ މާލޭގައި 16 ވަނަ ސްކޫލެއް "އިއްޒުއްދީން ސްކޫލް"ގެ ނަމުގައު ހުޅުވިގެން ދިއުމަކީ މިއަހަރު ފެށުމުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިއަދު ރާއްޖޭގެ ދިރާސީ އާ އަހަރު ފެށިގެން ދިޔައީ 73،000 އަށް ވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.

މިއަހަރުގައި 198 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައި ވެއެވެ. ފުރަތަމަ ސެމިސްޓަރ ނުވަތަ ފުރަތަމް ޓާރމް ނިމި ކިޔެވުން ބަންދުވާނީ މެއި މަހުގެ 21 ވަނަދުވަހުއެވެ. ދެވަނަ ޓާރމްގެ ކިޔެވުން ފެށޭނީ ޖޫން މަހުގެ 14 ވަނަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަރީފު

    ޓީޗަރުން ހޯދުމުގައިވެސް ކާމިޔާބު އަހަރެއް ކަމަށް ފާހަގަ ކުރެވޭ.ރަނގަޅު ވާހަކައެއް.ވަރިހަމަ ވިއްޔާ ޓީޗަރުން ހޯދަން އިއުލާން ކުރީމަ ކޮންމެ މީހަކު ކުރިމަތި ލިޔަސަ.ތަމްރީނެއް ލިބިފަ ނެތަސް އެއްޗެއްނޭގުނަސް.ޢެހެން މީހުންނަށް އޮޅުވާލަން ވާހަކަ ދައްކާއިރު ކިތައް ސުކޫލުގެ ގާބިލު ގުރުއާން ޓީޗަރުން އެބަތިބިތޯ؟ގިނަ ސުކޫލު ތަކުގަ ޓީޗަރުންވެސް ހަމަނުވޭ.

    5
    2
  2. ޝަރީފު

    ޓީޗަރުން ހޯދުމުގައިވެސް ކާމިޔާބު އަހަރެއް ކަމަށް ފާހަގަ ކުރެވޭ.ރަނގަޅު ވާހަކައެއް.ވަރިހަމަ ވިއްޔާ ޓީޗަރުން ހޯދަން އިއުލާން ކުރީމަ ކޮންމެ މީހަކު ކުރިމަތި ލިޔަސް.ތަމްރީނެއް ލިބިފަ ނެތަސް އެއްޗެއްނޭގުނަސް.ޢެހެން މީހުންނަށް އޮޅުވާލަން ވާހަކަ ދައްކާއިރު ކިތައް ސުކޫލުގެ ގާބިލު ގުރުއާން ޓީޗަރުން އެބަތިބިތޯ؟ގިނަ ސުކޫލު ތަކުގަ ޓީޗަރުންވެސް ހަމަނުވޭ.

    2
    1
  3. ހެއްވާ މީހާ

    ގައިމު ކުރީރޭ ޓީވީއަށް އަރާ އިޢުލާން ކުރި ހުރިހާ ޓީޗަރުން ހަމަވެއްޖެއޭ މިއަހަރަށް ބޭނުންވާ!
    ބޭނުންވާ ވަރަށް ވުރެ އިތުރަށްވެސް ގެންނަނީތާ ދޯތިޔަ!

  4. ޢަލީ

    މިއަހަރު ވަރައްގިންެިން ޓީޗަރުން ފޮނުވާލަންޖެހޭނެކަމށްފެނޭ މިހާރުވެސް ގިނަސްކޫލްތަކެއްގަw