ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށްވެސް އެހެން މީހުންނަށް ލިބުނު ގޮތަށް ލުއިތަކެއް ލިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިގޮތަށް ވިދާޅުވެފައިވަނީ ކުރެއްވި ޓްވިޓެއްގައެވެ. ރީކޯ މި ޓްވިޓް ކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން ކަފާލާތުގެ ދަށުން ގެ ބަންދަށް ދޫ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރީކޯ ވިދާޅުވީ، ސިޔާސީ އެހެން ބޭފުޅުން ޖަލަށް ލުމުން ބައެއް ފަރާތްތަކުން ކަފާލާތޭ ކިޔައި، ގޭ ބަންދޭ ކިޔައި އެކި ގޮތްގޮތުން ލުއި ހޯދަން އުޅޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައީސް ޔާމީނަށް ވުމުން އެމަނިކުފާނު އުމުރު ދުވަހަށް ޖަލުގައި ބާއްވަން ވަރު އަރުވާ ކަމަށެވެ.

"ކަފާލާތޭ ކިޔަސް ގޭ ބަންދޭ ކިޔަސް ސިޔާސީ އެހެން ލީޑަރު ކަމަށް ބުނާ މީހުން ޖަލަށް ލީމަ އެކި ގޮތް ގޮތުން ލުއި ހޯދަން ގޮވި މީހުން މިއަދު ރައީސް ޔާމީނު ކަމަށް ވީތީ އުމުރަށް ޖަލުގަ ބާއްވަން ހާދަ ވަރެކޭ މި ވަނީ؟ ރައީސް ޔާމީނަށްވެސް އެހެން މީހުންނަށް ލިބުނު ލުއިތައް ލިބެން ޖެހޭ" ރީކޯ ކުރެއްވި ޓްވިޓުގައި ވެއެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން ގެ ބަންދަށް ދޫ ކުރުމަށް އިދިކޮޅުން ގިނަ މަސައްކަތެއް ކުރައްވަމުން އަންނަ އިރު މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެފައިވަނީ ހުކުމެއްކޮށްފައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ރާއްޖޭގައި ކަނޑައެޅިފަ ނެތް ކަމަށެވެ. އެހެން ނަމަވެސް ފެނިގެން ދަނީ މީގެ ކުރިން ރައީސް މަޢުމޫނުއާއި، ޤާސިމް އިބްރާހީމް ފަދަ ސިޔާސީ ލީޑަރުން ކަފާލާތުގެ ދަށުން ގެ ބަންދަށް ދޫ ކޮށްފައިވާ މަންޒަރެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫ ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެއްވެސް ކަހަލަ އަޑު އެހުމެއް ބާއްވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް އަސާސީ ބައެއް ކަހަލަ ސާމާނު ޖަލަށްވެސް ނުވެއްދޭ ކަމަށް އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާބަސް

    ހެޔޮކޮށް ތިޔަ ދެންނެވީ

    20
    3
  2. ޒޫނާަ

    އަމައްޔާއި މީނަވެސް އެބަ އުޅޭ ދޯ އަދި، ޒަމާންގަނޑެއް ވެއްޖެ ލޮލަށް ނުފެންނަތާ

    4
    18
  3. ާހޯހޯ

    ކުުސެެއްނުކުރާހުރިހާމީހުންދުޫކުރަންޖެހޭ

    15
  4. ޝާނީ

    މޫސަ ދެމަގުން ކުރެ ރަނގަޅު މަގު ހިޔާރުކުރީތީ ޝުކުރުވެރިވަން.

  5. މިއަދު

    ކަފާލާތުގެ ދަށުން ދޫނުކުރިޔަސް ހަމައޯކޭ ގާސިމް އިބުރާހިމާއި އަންނި އަދި މައުމޫނާއި އިމްރާނު ޖަލުންނެރުނުފަދައިން މައްސަލަ އަލުންބަލަން (ކޮންދުވަހަކުންކަމެއްނޭންގެ) ޖަލުންދޫކޮށްލަންޖެހޭނެ