ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފިއެވެ.

މުހައްމާ ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިއުމުގެ ތެރެއިންނެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަ-ސްޕްރޭ ޖެހި ވަގުތު މުހައްމާގެ ލޮލަށް ވެސް ސްޕްރޭގެ އަސަރު ކުރި މަންޒަރު ފެނުނެވެ. ނަމަވެސް މުހައްމާ ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ދުވެފައި ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ހަތަރެސްފައިގައި ހިފައިގެން މުހައްމާ ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ.

މުހައްމާ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝުކުރީ

    ޝުކުރުވެރިވަން

  2. ހަފްސާ

    ފުލުހުންނަށް ނޮހޮރޮއްޕާން ކުރާއެންމެން ހައްޔަރުކުރޭ ދޫދޭނެކަމެއްނެތް

  3. Anonymous

    ޢެހެން މީހެއްގެ ގައިގަ އަތް ނުލެވޭނެ ޔާމީން އުޅެނީ މޮޔަވެގެން ހޭބަލިވެގެން ނިހާން އަދުރޭ ހީކުރާ ގޮތުގައި މީ އެމީހުންގެ ވާރުތަ މުދާ ގަޑެއް ހެން މޮޔަ ގޮވަނީ

  4. Anonymous

    ފުލުހުންނަށް ނޮހޮރޮއްޕާން ކުރާއެންމެން ހައްޔަރުކުރޭ ދޫދޭނެކަމެއްނެތް

  5. ސަމަންދުރު

    މުހައްމާ މަޖިލީހުގައި ކުރާކަމެއް ނެތް. މަގުމަތީގައި ފިލްމު ކުޅެނީ. ދެން އިވޭނީ ބިމެތް ގަތް ޚަބަރު.

  6. މުޙަންމަދު

    ތި ދައްޖާލު ހައްޔަރުގައި ބައިންދާަ. އޭރުން ގިނަ ލާރިކެވޭނެ!