ނ. މާފަރުގައި ޤާއިމުކޮށްފައިވާ 'މާފަރު އިންޓަރނޭޝަނަލް އެއަރޕޯރޓް' އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫޢު ކުރިއަށްގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ އެންވަޔަރމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ދެއްވައިފިއެވެ.

މާފަރު އެއާޕޯޓްގެ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދިނުމަށް އީޕީއޭ އިން ނިންމީ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. އީޕީއޭގެ އެ ނިންމުމާއި، ގުޅިގެން އެ މައްސަލަ ޕްލޭނިންގ މިނިސްޓްރީން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައެެވެ.

އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އެންވަޔަރަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަންއާއި މިނިސްޓްރީގެ ޓީމެއް އިއްޔެ ވަނީ މާފަރަށް ޒިރާރަތްކޮށް، އެމައްސަލަ ދިރާސާކޮށް ބެލުމަުގެ މަސައްކަތް ފަށާފައެވެ.

އެންވަޔަރަންޓް މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރު މި ހުއްދަ ދީފައި ވަނީ 'ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު' ގެ ދަށުން އެ މައްސަލަ ބެއްލެވުމަށްފަހުގައި ކަމަށެވެ.

އަދި އެ ހުއްދަ ދީފައި ވަނީ މައްސަލަ ތަޙުޤީގު ކުރުމަށް އެ މިނިސްޓްރީގެ އޮފިސަރަކާއި ހަވާލުކޮށް އޭނާ ހުށައެޅި ރިޕޯޓަށާއި، "ޕްރޮޖެކްޓް ތަންފީޛުކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި (މިޓިގޭޝަންސް މެޝަރސް އާއި)، މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިންގ ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ލަފާދޭ (ރިކަމެންޑް ކުރާ) ކަމަށް" ބުނެފައިވާ ބުނުމަށާއި، މައްސަލާގެ ޙަޤީގަތްތައް ބަލާފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މިނިސްޓަރުގެ ދަތުރުގެ ތެރެއިން، އެރަށުގެ ރަށުކައުންސިލާއި ރައްޔިރުންނާއި އަދި އަތޮޅުކައުންސިލްގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝަވަރާތައް ކުރި ކަމަށާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓްއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރިކަމަށް އެންވެރޮމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.

"މި މިނިސްޓަރ މި ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށެވެ". އެންވަޔަރމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

މާފަރުގައި އެއާޕޯޓެއް އެޅުމުގެ ވާހަކަތައް ދައްކަމުން އަންނަތާ 12 އަހަރު ފަހުން އެކަން ހަޤީޤަތަކަށް ހައްދަވައި ދެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުރަބޯ

    މަ އޭރުވެސް ބުނިން ތިއީ ބަޔަކަށް ލާރިކޮޅެއް ބޭނުންވެގެން ނުދީ ހިފެހެއްޓި ހުއްދަ އެކޭ. ހަމަ އެތިކޮޅެއް ދިނީ ، ހުއްދަ ލިބުނީ

    20
    2
  2. ބަޖީ

    ލާރިކޮޅެއް ދިނީ ޕަޓަސް ހަމަޖެހުނީ

    12
    1
  3. މިނިވަން މުއައްސަސާ

    މިނި ވަން މުއަައްސަސާ ހިންގާނެ ގޮތުގެ ރި ވެތި މިސާލު މުޅިދުނިޔެ ވެސް މިދި ވެހި ރާއްޖެއިން ލިބިގަންނަންޖެހޭ. ސާބަސް ދި ވެހި ގައުމު.

    1
    6
  4. Anonymous

    ލާރި ގަނޑެއް ނަގައިގެން ހުއްދަ އެ ދިނީ

    11
    1
  5. ޝާހް، ރ.ވާދޫ

    ލާހިކު ކުޅަދާނައެއްނޫން ތިހުއްދަނުދީ މިސަރުކާރަށް ހިފަހައްޓާލާކަށް. ބޯމަތީގަ އޮތީ ކައުންސިލް އިންތިހާބު. އޭއްޗެކޭ މީއްޗެކޭ މުރާތްކޭކިޔާފަވެސް ހަމަ ޖެހޭނީ ތިހުއްދަދޭން. ނުދީއެއްނުވިއެއްނު. ސައިޒުގަ ތިބެންޖެހޭނީ ރައްޔިތިންގެ ކަންކަމުގަ. މީކީ ހުސެން ރަޝީދުގެ ތަރިކަމުދާގަނޑެއްނޫން.

  6. ހިތާމަ

    ވައްކަންކުރުމުގެ ރީތި މިސާލު މިފެންނަނީ. ކޮބާ ތިހުއްދަ ހިފެހެއްޓީމީހާ. އެކަލޭގެ ވަޒީފާއިން ވަކިނުކުރިއްޔާ ނަސީބު. ހީވިކަމެއްހެން. ކޮން ތިމާވެއްޓޭ ފަޅޮލެކޭ ތިކިޔަނީ. އެއީ ލިޔެފަ އޮންނަ އެއްޗެއް. ހަދާނީ ހަދާނެ އެއްޗެއް. ބޭނުންފަހަރަކު ބޭނުން ގޮތަކަށް މާނަވެސް ކުރާނީ. ތިވީ ވަށަފަރުމީހުންނަކަށްނު

  7. ދަވާލި19

    ފުރަތަމަ ހުއްދަނުދީ އިންތިހާބު ކާރިވީމާ އެދިނީ ހުއްދަ ރައްޔިތުން އޮޅުވަން ވެގެން އިސްތިއުނާފޭކިޔާފަ އިންތިހާބުނިމޭއިރައް ހުއްދަބާތިލުވާނެ މީ ވަރައްވާހަކަ