އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނަކަށް (ސްޕޯކްސް ޕަރސަން) އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ހަމަޖައްސަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނަކަށް އެ ކޮމިޝަނުގެ މެންބަރު އަކުރަމް ހަމަޖައްސަވައިފައިވަނީ، މިއަދު ހެނދުނު ބޭއްވި އިލެކްޝަންސް ކޮމިޝަނުގެ 403 ވަނަ ޢާއްމު ޖަލްސާއިންނެވެ.

ޤާނޫނުއަސާސީގެ 168 ވަނަ ‏‏މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ ‏‏މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ރީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ‏ އަޙްމަދު އަކްރަމް، ޢައްޔަން ކުރައްވާފައިވަނީ 2015 މާރިޗު 23 ވީ ހޯމަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް މީޑިއާއަށް ހާމަކުރެއްވުމުގައި މީޑިއާތަކާ ރަހުމަތްތެރި ގާތް ގުޅުމެއް ބާއްވަމުން އަންނަ އީސީގެ މެންބަރު އަކްރަމް އިސީގެ ތަރުޖަމާނަކަށް ރަސްމީކޮށް މިއަދު ހަމަޖެއްސެވިއިރު، މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރައްވާފައިވަނީ އަކްރަމްއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނަކަށް އަކްރަމް ހަމަޖެއްސެވުމުގެއިތުރުން ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައަޅާނެ އުޞޫލާއި ރިޔާސީ އިންތިޚާބަށް ޢާއްމު ރައްޔިތުން ހޭލުންތެރިކުރާނެ ޕްލޭންވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު