އައްޑޫ ސިޓީގައި ކުނިން ހަކަތަ އާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން 216 މިލިއަން ރުފިޔާގެ ލޯނު އެހީ ރާއްޖެ އަށް ދޭގޮތަށް ހަމަޖެހިއްޖެއެވެ.
އިއްޔެ އިން ފަށައިގެން މިއަދުގެ ނިޔަލަށް އަބޫދާބީގައި ކުރިއަށް ދާ އައިރީނާ ޝެޝަނުގެ 10ވަނަ އެސެމްބްލީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ފަންޑު ހަމަޖެހިފައިވާކަން މިއަދު އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސައިން ނިޔާޒްގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫއުގެ ޕްރޮޕޯސަލް ރާއްޖެއިން އައިރީނާއަށް މިދިޔަ އަހަރުގެ ތެރޭގައި ހުށަހަޅާފައި ވާއިރު ކުނި މެނޭޖް ކުރާ ސެންޓަރު ގާއިމް ކުރެވިގެން ދާނީ އައްޑޫ ސިޓީގެ ހިދަތޫގައެވެ. ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒާއި އެކު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ތަބީޢީ ގޮތުން ނެތި، ފަނާވެދާ ކުނި ފިޔަވައި ކުނީގެ އެހެނިހެން ބާވަތްތައް މެނޭޖުކުރުމަށާއި އެ ކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިއާދަ ކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށްޓަކައި އައިރީނާ އާއި އޭޑީއެފްޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން 2020 ވަނަ އަހަރު ވަނީ ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު އަށް ގައުމަކަށް ދެއްވާފަ އެވެ.
ލޯކަލްކައުންސިލް އިންތިހާބައްލޯނެއްހޯދާދިނީދޯ ހާދަރަނގަޅުސަރުކާރެކޭދޯ
"އައްޑޫގައި ކުނިން ހަކަތަ އާއި ފެން އުފައްދާ މަޝް ރޫއު އަށް ލޯނު ހަމަޖެހިއްޖެ"
މަޖިލީސް ހު ރިހާ ގޮނޑިއެއް ދިންހެން ކައުންސިލް ހު ރިހާ ގޮނޑިއެއް އެމްޑީޕީ އަށްދީ. ވަ ރަށް އަވަހަށް ހެއްލިދާނެ،ހެއްލިއްޖެ މީހަކީ ގެއްލިއްޖެ މީހެއް.މިފަހަ ރު އައްޑޫ މީހުންނަކީ ހެއްލޭނެ ބައެއްނޫންކަން ދައްކާލަން ވާނެ.