އެމްޑީޕީގެ ދަފްތަރު ސައްހައެއް ނޫން ކަމަށާއި، މިއީ ފުރިހަމަ ތަހުގީގެއްކޮށް ފިޔަވަޅު އަޅަން ޖެހޭ ޖިނާއީ ކުށުގެ އަމަލެއް ކަމަށް، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަަަދު ޖަމީލް އަހުމަދު ލިބިއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އެމްޑީޕީ ދަފްތަރުގައި ޕީޕީއެމްގެ އެތައް މެންބަރުންނެއް ތިބުމާއި ގުޅިގެން އެ ޝަކުވާތައްކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޑރ. ޖަމީލް ވިދާޅުވީ، ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކޮށްފައިވާކަން މިއޮތީ ހާމެވެފައި ކަމަށެވެ.

"އޮޅުވާލައިގެން ޕާޓީއަށް ވެއްދުމުގައި ގިނަ އިދާރާތަކުގެ ބައިވެރިވުން އެބަ އޮތް. މިއީ ފުރިހަމަ ތަހްގީގެއްކޮށް، ފިޔަވަޅު އަޅަން ޖެހޭ ޖިނާއީ ކުށެއްގެ އަމަލެއް". ޑރ. ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ މައްސަލަ އެއް ފެންމަތިވެ، ޕީޕީއެމްގެ މެމްބަރުންތައް އެކެމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަން ހާމަކޮށް ށ.މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ މުފީދު ވިދާޅުވެފައި ވަނީ އެބޭފުޅާ އަކީ އެމްޑީޕީ މެމްބަރެއް ނޫން ކަމަށާއި، އެހެން ނަމަވެސް، އެމްޑީޕީ އިން އެކުލަވާލާފައިވާ ދަފްތަރުގައި އެބޭފުޅާގެ އިތުރުން މިލަންދޫގެ ޕީޕީއެމް ގިނަ މެމްބަރުންތަކެއްގެ ނަން ހިމަނާފައިވާ ކަމަށެވެ. މިގެ އިތުރުން، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޙަލީލް އާއި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފްގެ ނަންވެސް އެމްޑިޕީ ދަފްތަރުގައި އޮތް މައްސަލަ ވަނީ ފެންމަތިވެފައެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ވިދާޅުވީ، އެ ކޮމިޝަނުގައިވާ ޕާޓީ ތަކުގެ ދަފްތަރު ވަނީ ގަޑުބަޑު ވެފައި ނޫން ކަމަށާއި، ޕާޓީ އަށް މީހަކު ވައްދަނީވެސް އަދި އުނިކުރަނީވެސް އެކެމަށް ކަނޑައެޅިފައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޏސޖސޖ

  ފިޔަވަޅު އެޅޭނެ ގޮތެއް އެއީ ނެތް ގޮތެއް. ކޮންމެ ކަމެއްގައި ކުރަނީ ވައްކަން. ކުރާނެކަމެއް ނެތް. މިކަހަލަ ބަޔެއްކަން އެނގިތިބެ އެމީހުނަށް ވެރިކަން ހޯދާދޭން މިގައުމުގަ ބަޔަކު ކުރި މަސައްކަތް އަހަރުން ދުށިން. ހިތާމަހުރި.

  18
  1
 2. ސުޢޫދު

  ޕާޓީއެއްގެ މެމްބަރެއްނޫން ނަމަވެސް ޕާޓީތަކުން މިހާރު މީހުނައްނޭގި އެމީހުންވިއްކާ ވިޔަފާރިއުސޫލުން ބޭނުންކުރަމުން ދަނީ މީބޮޑު ކޮރޮޕްޝަނެއް މިފަރާއްތަކައް ގާނޫނީގޮތުން ބަދަލު ހޯދާދިނުމައް ގާނޫނީވަކީލެއްގެ ގޮތުގަޖަމީލް އައްއެހީތެރިވާންވީ އޭރުންމިކަންތައްހައްލުވާނީ މެމްބަރުން ގިނަވީމަ ދައުލަތުގެހަޒާނާއިން އެޕާޓީއަކައްގިނައަދަދެއްގެ ރުފިޔާދޭ މިހާރުމިޖަރީމާތައް ހިިިންްްްްްްްްގާތާއެތައް އަހަރެއްވެއްޖެ ބަޔަކުމީހުން އެއްވެސްއިދާރާއެއް ޒިއްމާއެއްނުނަގާ މުޅިންވެސް ގޯސްވަނީ ހުޝައަޅާފޯމެއް

  10
  1
 3. ޕްރައިމަރީ

  މޑޕ ޕްރައިމަރީގައި ވޯޓްދޭމީހުންގެ އަދަދު އިލެކްޝަން ކަމިޝަންގައި އޮތް އަދަދަށްވުރެ އެތައް ހާހެއް އިތުރުވާނެ. އެހިސާބުން ޕްރައިމަރީގައި ބަލިވާ ހުރިހާ މީހުން ނިޒާމީ މައްސަލަ އިލެކްޝަނަށް ހުށަހަޅާނެ. އަދި އެކަން ކުރުމުގެ ހައްގު ކޮށްމެ ރައްޔިތަކަށްވެސް ލިބިގެންވޭ.

  7
  1
 4. ހުސް އެއްކަހަލަ މީހުން

  މޑޕ ޕްރައިމަރީ ނިމެންދެން އިލެކްޝަންގެ ސާރވަރ އިންނާނީ ޑައުންވެފައި.
  އަދި 1414 އަށް މެސެޖްކޮށްގެންވެސް އޮތީ ކޮންޕާޓީއެއްގައި ކަން ނޭގޭނެކަން ކަށަވަރު. މިވަގުތު އެވެސް ހުރީ ޑައުންކޮށްފައި. އަދި ވެބްސއިޓުންވެސް ރަޖިސްޓްރީވެފައިވާ ޕާޓީ ބެލޭނެ ގޮތެއްނެތް.

  12
 5. ސުނުސް

  އިލެކްޝަން ކަމިޝަނުގެ ވެބްސައިޓުން ރެޖިސްޓްރީވެފައިވާ ޕާޓީ ބަލާ ތަންކޮޅު އިނީ ހަލާކުވެފައި. އަވަހަށް ރަނގަޅުކުރޭ. އެހެންނޫނީ ހުރިހާ ރައްޔިތުންގޮސް މިހާރު ރެޖިސްޓްރީވެފައިވާ ޕާޓީ ބަލަން ތިތާ ކިއުހަދާފާނެ.

  12
 6. ސާރވާ ރަނގަޅުކުރަނީޔޯލަ

  މިއޮއްފަދަ ޒަމާނުގައި ރެޖިސްޓްރީވަފައިވާ ޕާޓީ ބެލޭނެ އިންތިޒާމެއްވެސް އިލެކްޝަނަކުނެތް. ލަފާކުރެވޭނީ ކޮށްމެވެސް ކަހަލަ "މެއިންޓެނަންސް" މަސައްކަތެއް ކުރިޔަށަ ގެންދަނީކަމަށް .. :ޕ

  9
  1
 7. މުރާދު

  ކިހާދެރަކަމެއް މިގޮތަށްތޯ ޕާޓީއަށް މެމްބަރުން އިތުރުކުރަނީ އެހެންކަމަށްވާނަމަ ޖަމީލްވިދާޅުވާހެން
  ދަފްތަރު ސައްޙައެއްނުވާނެ މިއީ މިކަމުގެޒާތުން އެހެންޕާޓީތަކާ،ރަށްޔިތުންނާ،ގައުމަށް ގެއްލުންވާނެ
  ކަމެއްކަމުގައިވާތީ މިކަންއަވަހަށް ތަހުގީގުކޮށް ފިޔާވަޅު އަޅަންޖެހޭ ކަމެއްކިތަންމެބޭނުންވިއަސް
  އެކަމެއްއޮންނަގޮތްނޫން އެހެންގޮތަށް ( ވަގުވައްތަރަށް ކުރުމުން ) އިތުބާރުގެއްލި ބޭޒާރުވުންނޫހެން ކަމެއްނުވާނެ ( ކިތަންމެވަރަކަށްފެލިއަސް އެ

  9
  2
 8. Anonymous

  މަކަރާ ހީލަތުން މީހުންގެ ނަން ހިމަނައިގެން ދައުލަތުގެ ބަޖެޓުން ޕާޓީ ހިންގަން ފައިސާ ލިބެއެއްނު.. މިފަދަ މަކަރުވެރި ބަޔަކަށް ގައުމު ދީގެން ދިވެހިންނަށް ކިހާދުވަހަކު ތިބެވޭނެބާ؟

 9. ކާކާ

  ފިޔަޥަޅު އަޅަންޏާ ޖެހޭނީ އދ އާއި ވާހަކަ ދައްކަން، މިގައުމުގައި އެވެރިން ކިތައްމެ ބޮޑު ވައްކަމެއްކުރިޔަސް އެޅޭނެ ފިޔަވަޅެއްނެތް.ތިނެތީގައި އެއްކޮށްހިފާ ބަގުޑި ބައްދައިގެން އެތިބީ!

 10. މީހާ

  ﷲ ގަންދީ ހުވާކޮށްފަ މިބުނީ މަށަކީ ދުވަހަކުވެސް ސިޔާސީ ޕާޓީއެއްގަ ރަޖިސްޓްރީވީ މީހެއްނޫން. ﷲ ގަންދީ ހުވާކޮށްފަ މިބުނީ އެމްޑީޕީ ދަފްތަރުގަ އޮތީ މަގޭނަން ރަޖިސްޓްރީކޮށްފަ

 11. ކާފަބޭ2020

  ވެދާނެ އަވަށްޓެރިގައު މަކާއެކުހެދުނުއެއްބަސްވު މުގެ ދަށުން އަޕްގުރޭޑުކުރަނީކަ މަށްވެސް ދެން މުޅިސިސްޓަ މްގެ ކޮންޓުރޯލުނިން މަންވަގުތުކޮޅެއް ނަގާނެދޯ؟ އީސީޝަރީފް، މައު މޫން، އި މްރާން ގާސި މަށް ބޯކޮށް ސަލާ މް!