އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ޓިކެޓުގައި، ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ހުޅުވާލި ފުރުސަތުގެ، މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ޕީއެމުން ފުރަތަމަ ކުރި އިއުލާނުގައި ބުނެފައިވާގޮތުން، އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ކަމަށެވެ. ނަމަވެސް ޕީޕީއެމުން ފަހުން އެ މުއްދަތު މިއަދު ހަވީރު 16:00 އަށް އިތުރު އިތުރުކުރިއިރު، މިއަދު އަނެއްކާވެސް މި ވަނީ އެ މުއްދަތު މި މަހުގެ 24 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވަތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެޕާޓީގެ ޓިކެޓުގައި ކައުންސިލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ހ. ހުރަފައިންނާއި، އެޕާޓީގެ ސޯޝަލް މީޑިއާ (ފޭސްބުކް/ޓްވިޓަރ) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ޕީޕީއެމް އިން ކުރި އިއުލާންގައިވެއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ހުރިހާ ގޮނޑިއަކަށް ވާދަ ކުރާނެއެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރިލް ހަތަރު ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމީލޫބެ

    ކައުންސިލް ކަމަށް ވާދަކުރުމަށް ޕީ.ޕީ.އެމް އަށް ފޯމެއް ހުށަހަޅާނެ މީހަކުވެސް ނުވި! ހާދަހާ ބޮޑު ކަންބޮޑު ވުމެކޭ އެހާބިޔަ ބޮޑު ތާޅަފިއްޔަކާ ދެތިން ހަތަރު އުމުރުން ދުވަސްވީ ބޭފުޅުން އުޅުއްވާ ޕާޓީއަކަށް މިކުރިމަތިވަނީ!
    ސޮރީ ޓިނުގަޑަކާއި ތެޔޮ ބާޖެއްވެސް ނުވިތަ!

    9
    4