ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "ވީއެފްޕީ" ގައި ބުނެފައިވާ ގޮތުން މާލެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ މީހާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ ސީރިޔާގައި އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ހަނގުރާމައަށް ދިއުމުގެ ތުހުމަތުގައި މީހުން ހައްޔަރުކުރި ނަމަވެސް މި މީހާ ހައްޔަރު ކުރެވިފައި ނުވަނީ ކަމާބެހޭ ފަރާތްތަކަށް އޭނާ ހަނގުރާމައަށް ދިޔަކަން ސާބިތު ކުރެވެން ނެތުމުން ކަމަށްވެސް "ވީއެފްޕީ" ގައި ބުނެފައިވެއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން އޭނާ އެނބުރި ރާއްޖެއަށް އައީ އޭނާއާ އެކު ސީރިއާއަށް ދިޔަ އަނބިމީހާ އާއި ދަރިފުޅުވެސް ގޮވައިގެންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސީރިޔާ އަށް ހަނގުރާމަޔަށް ދިޔަ ދިވެހިންގެ އަދަދު ވަނީ 62 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޮއްބެ

    ކޮބާތަ ތިޔަ މޮޔަކަލޭގެ.....؟

  2. ޣާދިރު

    މިހާރު 59 ތިރިވީނު.. ތިޔަމީހާ ދަމުން ބުނި މީ ކުފުރު ވެފަ އޮތްބިމެކޭ މިތާ އުޅޭކައް ނުވާނެ އޭ.. ކީކުރަންބަ ތިޔަ އައީ..

  3. ބޮކި ބޮކި ބޮކި

    ރާއްޖެ މަތިން ހަދާން ވީދޯ !

  4. އިބުރޭ1122

    ކޮބާ ސުވަރުގެ ނުވަދެ ތި އައީޔޯ؟ ކެތްކޮށް ނުލެވުނީ އުތަ؟

  5. މުއްލާ

    ގުރައިދޫ އައް ފޮނުވާ އަވަހައް!

  6. ަައަހުމަދު

    ދޮގުވާހަކަ ފަތުރަނީ ... ތިޔަބުނާ މީހަކު ނުދެ ސީރިޔާ އަކައް

  7. ަައަހުމަދު

    ތިޔަ ބުނާ މީހަކު ނުދެ ސީރިޔާ އަކއް..