ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ" ކުޑަފަރީގައިވެސް ވިއްކަން ފަށައިފިއެވެ.

މި ކޮފީ ލިބޭނީ އެ ރަށު "ކޮއިނޭޖް" ފިހާރައިންނެވެ. އަދި "ލިބޭ" އިން ވިއްކާ އެހެން ބައެއް ޕްރޮޑަކްޓްތައްވެސް އެ ފިހާރައިން ލިބޭނެއެވެ. އެ ފިހާރައިން ލޭންސްލޭ ކޮފީ މާލެ އާއި އެއް އަގެއްގައި ލިބޭނެއެވެ. "ލިބޭ" އިން ލޭންސްލޭ ކޮފީ ފޮއްޓެއް ވިއްކަމުން ދަނީ 200 ރުފިޔާއަށެވެ.

ލޭންސްލޭ ކޮފީ މިހާރު ވިއްކަމުންދާ ރަށްތައް:

އިހަވަންދޫ - ސެވަން ބްރަދާރސް

ހުޅުމާލެ - ސަމާ ސްޕޯޓްސް

ސ.ފޭދޫ - ފައިސް މާރޓް

ސ.މަރަދޫ - ނަފީ މާރޓް

މާލެ - ލިވް ހެލްތީ

ގދ.ތިނަދޫ - އޯޑަރދެއްވުމަށް ، 9180159

ލ.ގަން - މާފަތް މާރޓް

ކުޅުދުއްފުށި - ބަރާބަރު ފިހާރަ

ނ.ކުޑަފަރި - ކޮއިނޭޖް

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ. ހޯލްސޭލްކޮށް، އަދި ރީޓެއިލް ކޮށް މި ކޮޕީ ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން، 9946822 ނުވަތަ 7999681 ނަމްބަރު ފޯނާއި ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

"ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.
"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. މޫނުގެ ހަންގަނޑު އޮމާންކޮށް، ދޮންކޮށްލެވޭ ފޭސް މާސްކް (150 ރުފިޔާ)

 


2. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


3. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


4. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


5. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ޚާއްސަ އެއާފްރެޝްނަރ އެއް (100 ރުފިޔާ)


6. ކޮޓަރި އާއި ކާރުތެރޭ ވަސް ރަނގަޅު ކޮށްދޭ އަރޯމާ (250 ރުފިޔާ)


7. ސްޕާކަލް އެކްޓްރާ ފްރެޝް އެންޑް ވައިޓް

މިއީ ދަތްތަކަށް ގެއްލުން ކުޑަ ގޮތަކަށް ދަތްތައް އަވަހަށް ހުދުކޮށްދޭ މޮޅު ދަތްއުނގުޅާ ބޭހެކެވެ. އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ މި ބޭހުގައި ހިމެނޭ ގުދުރަތީ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން ދަތްތައް ސާފުކޮށްދިނުމާއި އެކު ދާދި އަވަހަށް ދަތް ހުދުކޮށްދީ ހިނިތުންވުން ފުރިހަމަކޮށްދެއެވެ. މި ބޭހުގައި ބާރުގަދަ އެސިޓް ނުވަތަ ޕެރޮކްސައިޑް ފަދަ ބާވަތްތައް އެއްވެސް މިންވަރަކަށް އެކުލެވިގެން ނުވެއެވެ.

މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާ ނަމަ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިގެ ތާޒާކަން އިތުރުކޮށްދެއެވެ. އަދި އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައިގެ ހައްލު ވަގުތުން ގެނެސްދޭ ބޭހަކަށް މި ބޭސް ވާކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އާދަކޮށް ކޮންމެ ދުވަހެއްގައި މަދުވެގެން އެއް ފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ އާއި ހަމައަށް ވާސިލުވެއެވެ.


8. ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.


9. ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.


10. ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.


11. ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.


11. އިސްތަށި ފޭބުން ހުއްޓުވައިދޭ ތެރަޕީ ޕެކް