ޑިޕާޓްމެންްޓް އޮފް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޑީޖޭއޭ)އިން 2020 ވަނަ އަހަރުގެ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ.

މި އަހަރު އެކުލަވާލެވުނު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ ޢަލީއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލަން ޑީޖޭއޭއަށް ލާޒިމު ކުރަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުންނެވެ. މި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، އެ މަސައްކަތްތައްކުރާނީ އިދާރީ ގޮތުން މަޖިލިސް ކުރިއަށްދާނެ ގޮތް ކަނޑައަޅާނެކަމަށް ޑީޖޭއޭ އިން ވިދާޅުވިއެވެ.

އެހެންކަމުން ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ، ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށް ކަމަށްވެސް ޑީޖޭއޭ އިން ވިދާޅުވިއެވެ.

މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް ރރ

    ފަނޑިޔާރު ހަސަން ނަޖީބުގެ މައްސަލަ ބެލޭނެ ވަގުތަކަށް ވަރަށް އިންތިޒާރު އެބަކުރެވޭ. މި މައްސަލަ ވީ އެންމެ އަވަހަކަށް ބައްލަވައި ދެއްވާ. އޭނާ އަކީ ޤާޟީ ކަމަށް އެއްވެސް ގޮތަކަށް ޝަރުތު ހަމަވާ މީހެއްނޫން.