ދަރި ވައްޓާލަން ބޭސް ކެއި މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ.

އޭނާ ހޮސްޕިޓަލަށް ގެންްދިއުމާއި ހަމައަށްވެސް މާބަނޑު ކަމެއް އެނގިފައެއް ނުވެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ގޭގައި ހޭނެތިފައި އޮއްވާ ފެނިގެންނެވެ.

ކައިވެންޏެއް ނުކޮށް ހުރި އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ވަނީ ވިހާފައެވެ. އޭނާ ވިހެއިއިރު ދަރިފުޅު އޮތީ ނިޔާވެފައެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އޭނާ މާބަނޑުއިރު ބޭސްތަކެއް ބޭނުން ކުރި ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    ދެން ތިބުނީ ހައިލުގެ ދުވަސް ވަރު ނާންނަ އިރުވެސް އޭނަ ހަމަ އަޅާ ނުލާ ޑޮކްޓަރަށް ނުދައްކަ ހުރީ އޭތަ؟

    40
    13
    • މީހާ

      ރަނގަޅު. އަޅާނުލާ ހުންނާނެތާ ބަނޑުބޮޑުކަން އެނގެންޏާ.

      29
  2. ހާދީބެ

    "އޭނާ ހޮސްޕިޓަލަށް ގެންްދިއުމާއި ހަމައަށްވެސް މާބަނޑު ކަމެއް އެނގިފައެއް ނުވެއެވެ." ދެން ކިހިނެއް ދަރިވައްޓާލަން ބޭސް ކެއީ. މާބަނޑުކަން ނޭގެންޏާ ބޭސްނުކުާނެ

    29
    3
    • ޗޮއް

      ބަލަ އެބުނީ އޭނަޔަށް އެކަން ނޭންގޭވާހަކައެއް ނޫނޭ...ގަޅިބޮލާ

      41
      2
  3. ގަޅި

    “އޭނާ ބޮލަށް ބަޑިޖެހީ މަރާލާކަށް ނޫން”- ގަޅިބޯ

    16
    2
  4. ޙުވެޔާ

    ސަރުކާރުން މިކަމުގަ ޒިމްމާ ވާނެ

    13
    7
  5. މަރީ

    އޭނަ ކެއީ ދަރި ވައްޓާ ބޭހެއް ނޫން. މަސްތުވާ ބޭސް

    16