ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ސްކޫލެއްގެ ޕްރިންސިޕަލަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމްއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރެއްހާއިރުއެވެ. ހައްޔަރު ކުރީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ.

އޭނާގެ ނަން ޖަހާފައި ހުރި ކޮތަޅު ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވާ ބެލިއިރު، އޭގެން ވަނީ މަސްތުވާތަކެތި ފެނިފައެވެ.

އޭނާގެ އަތުން ފަސް ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަަމަށް މައުލޫމާތު ލިބެއެވެ. އޭނާ މިހާރު ހުރީ ލަންދޫ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު މެންދުރު ފަހު މާޅެންދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަސް ގްރާމް މަސްތުވާތަކެއްޗާއެކު 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ހައްޔަރުކޮށްފައިވާ މީހާއަކީ ޒިންމާދާއރު ވަޒީފާއެއް އަދާކުރަމުންދާ މީހެއްކަމުން، ކަމާއި ގުޅޭ އިދާރާއަށް މައުލޫމާތު ހިއްސާކޮށްފައިވާނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސުވާލުު

    އެޑިއުކޭޝަން މިނިސްޓްރީއިން ޒިންމާ ނަގާނެބާ؟

    58
    9
  2. ހަސަނު

    ޕް ރިންސިޕަލް ގެ އަގުވަށްޓާލުމަށް ކު ރިކަމެއް ކަމަށް ބެލެވޭ.

    73
    31
  3. 19 ނަވާރަ

    ހަމަ އެޖެންޑާ 19 ގަ ހަލަނިކަން

    59
    10
  4. ގުރާބު

    އެޖެންޑާ 19ގެ ވަށާޖެހޭ ތައުލީމު . އެވަރުމީހުން ކުޑަކުދިން ނާއި ގާތްނުކުރޭ

    50
    10
  5. 19 ނަވާރަ

    އޭނާޔަށްވެސް އެކަން ހުއްދަވީމަނު ކުރާނީ. މުސާއިން ނުވާތީ އާމުދަނީ ހޯދުމަށް ކޮއްލާކަމެއް. އަނެއްހެން ދަރިވަރުނަށް ދޭކައްނޫން. މަށައް ބޮޑަށް ވައްތަރީ ބަޔަކު ދިންލަޑެއްހެން.

    43
    15
  6. ލޯންޗްކެޕްޓަން

    މިއީ ދަރިވަރުންނަށް ނަމޫނާއަކަށް ވާންޖެހޭ މީހާގެ ފެންވަރު!!! އަދި ނޭނގޭ ވެރިމީހާގެ ހާލަތެއް

    41
    10
    • ?️?️?️

      ކަމުގެ ހަގީގަތް ނޭނގި ތިކަހަލަ އެއްޗިސް މީހުންނާ ދިމާލަށް ކިޔުން ރަނގަޅެއް ނޫން. ފަހަރެއްގައި އެ ވެދާނެ އެއްނު މީހަކު ދިން ލަނޑަކަށް ވެސް. މި ޒަމާނަކީ އެއްވެސް މީހަކަށް އިތުބާރު ކުރެވެން އޮންނަ އިރެއް ނޫން. އެއަށްވުރެ މީހުން މާ ޖާހިލު

  7. އަލްޖިބްރާ

    އޭނަގެ ބެހެއްޓުމުގެ ދަށުން ހިންގާ ސްކޫލްގެ ދަރިވަރުން އެޖެންޑާ 19 އާ އެއްގޮތަށް ތަރުބިއްޔަތު ކުރުމަކީ އޭނަގެ ޒިންމާއެއް. ވަރަށް ވާހަކަ.

    36
    4
  8. ހުސޭނުބޭ

    މި ހަފުތާ ސްކޫލްތަކުގެ ޕްރިންސިޕަލުން ވަރަށް އަވަދިނެތި އުޅެނީ އާ މަންހަޖަށް ދަރިވަރުން އަހުލުވެރިކުރުވުގެ ހަރަކާތްތަކުގައި! ވެދާނެ އާމަންހަޖަށް ދަރިވަރުންން އަހުލުވެރިކުރުވަނީމަކަށްވެސް! ވާނުވާ ވަކިކުރަން ޖެހޭނީ އާ މަންހަޖުގައި ތި އޮވޭތޯ ބަލާލަމް!

    30
    11
  9. Anonymous

    ފޭރުނު ފުލުސްގެ ނަންކޮބާތޯ؟

    30
    7
    • ޗީފްކުކް

      ނުބައި ޕޭޖެއްގަ ތިއުޅުއްވަނީ

      12
      4
  10. އަހުމަދު ރާއު

    އެޑިއުކޭސަން މިނިސްޓަރރ ރު އިސްތިއުފާ މިހެންވެ ބުނަނީ މިއީ ލާދީނީ ކަމާއި މަސްތުވާތަަކެއްޗާއި ބަނހގު ރަލުގެ ސަ ރުކާރރ ރެކޭ

    17
    4
  11. ދިވެހި މީހާ

    ދިވެހީންނާއި ދިވެހީންގެ ކޮމެންޓް.
    ކަމުގެ ދެކޮޅު ނުބަލާ ހަމަ ހިތައް އެރި މޮޅު އެއްޗެއް ލިޔެލާނެ. ޢެވަރިހަމަ އޮންނަ ސުރުޚީއާ ނުގުޅުނަސް.

    11
    9
  12. ކަރަންޓޭ

    ތިޔައީ ޓީޗަރުން ހޯދަން އިންޑިޔާ ކުންފުންނަށް ދިންސަބަބު އިންޑިޔާއިން ޓީޗަރުންމަސްތުވާތަކެތި ޑިއުޓީ ފުރީކޮށް ވާވާ އެޖެންޑާ ނަވާރަ ތަފާތު ވާނެ ހެހެ ހޭ ނަސީދޫ

    17
    4
  13. ހަމަހަމަ

    ޙާފިޒެއްތަ ؟

    1
    2
  14. މޮޔަވެދާނެ

    ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗޯ ސުރުޚީގަ އޮތީ.. ޚަބަރު ކިޔާލިއިރު 5 ގްރާމޯ ފެނުނީ އޮތީ.

    6
    5
  15. މިންޖު

    ރަލާއި،މަސްތުވާ ތަކެތި ހޯދައިގެންނޫނީ އަދި އެބޮއި ހަދަން ގޮވާލި ސަރުކާރެއް އެހެންވީމަ ޒުވާނުންނާ، ރައްޔިތުން އެބޭނުންނުކޮށް، ސަރުކާރުގެ ގޮވާލުންތަކަށް އިޖާބަދޭންޖެހެއެވެ.

    2
    2
  16. ހިމް

    ވަޒީފާ ގަޑު ވެސް ދިޔައީ.. ގަދަރު ވެސް ދިޔައީ... ދެން ބޮއެ ބޮއެ އުޅޭ! ތި ވަޒީފާ އެން ދެން ނުލިބޭނެ... ސޭޑް

  17. ޅޮލު

    މީހަމަގަސްތުގަ ރާވަަަޢިގެން ދިން ލަނޑެޢް ހެން ހީވޭ މާދަމާ ތިޔަބޭފުޅާ ޔައްވެސް މިފަދަ ގޮތެއް ދިމާވެ ދާނެ

    11
  18. ޢަލި

    ތިކަން ކުރާ މީހަކު ތިހާ އާދައިގެ ކޮތަޅެއްގަ ތި ގެންނާނެތަ ... ތީ ބަޔަކު ރާވައިގެން ކުރި ކަމަކަށްވާނީ މި ނޫން ދުވަހެއް ކޮންމެ މީހަކަށް ވެސް އަންނާނެ

    5
    1
  19. މާނު މާނު

    ބަލަ، ޕްރިންސިޕްލުގެ ތިޔަ މައްސަލަ އަދި ތަޙުގީގުކުރަނީ. މީހަކު ލަނޑެއް ދޭންވެސް ތިފަދަ ކަމެއް ކޮށްފާނެ. މިހާލަތުގަ އޭނަޔަށް އެއްޗެހިކިޔާ ހެދުން ރަނގަޅެއްނޫން. ކަލޭމެން ތަހުޒީބު ވާނީ ކިހިނެއް ހެދީމަތަ.

  20. ނަމީރާ

    ޢެޖެންޑާ 19 ތަފާތުވަނެ