ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޙިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން "އީ-ސިމް" ގެ ޙިދުމަތް ތަޢާރަފްކޮށްފިއެވެ.

މިއަދު މި ތަޢާރަފު ކުރެވިގެންދިޔަ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވެ، މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދިރާގުން ބުނެފައިވަނީ އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯރޓް ކުރާ ފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތައް މި ޙިދުމަތުގެ ސަބަބުން ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ޚިދުމަތަކަށް ވެގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އީ-ސިމްގެ ޚިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައިއެވެ. އެގޮތުން އީސިމް ސްޕޯރޓްކުރާ އެންމެ މަޤްބޫލު ސަމާރޓް ފޯނުތަކުގައި ދިރާގު އީސިމް ސަޕޯރޓް ކުރާނެއެވެ.

އޭގެ ތެރޭގައި:-
އެޕަލް އައިފޯން އެކްސް އެސް،
އައިފޯން އެކްސް އެސް މެކްސް،
އައިފޯން އެކްސް އާރް،
އައިފޯން 11،
އައިފޯން 11 ޕްރޯ،
އައިފޯން 11 ޕްރޯ މެކްސް

އެންޑްރޮއިޑް އަށް ބަލާއިރު ގޫގުލް ޕިކްސެލް 3 ން ފެށިގެން ފަހުގެ ފޯނުތަކަށް ކުރާނެއެވެ.

ދިރާގަކީ ދުނިޔެއަށް އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޔެކެވެ. އަދި ދިރާގުގެ އަމާޒަކީ ދިވެހިރާއްޖެއަށާއި ދިވެހި މުޖުތަމަޢަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް މި ޤައުމު ވާސިލުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯލިހް

    އެކަމަކު ރޭންޖް ފަހާ ދުވަންޖެހެނީ .އިންޓަރނެޓް ކަހަނބު ސްޕީޑް.ރަނގަޅު ފަހުގެ ޓެކްނޮލޮޖީ ތައާރަފްކުރޭ.އެކަމަކު ނޭނުމެއް ނުކުރެވޭ.

    16
  2. ރައްޔިތު މީހާ

    ދިރާގަކީ ރައްޔިތުން ފެލާ ބައެއް. މުވާސަލާތީ ޚިދުމަތްތަކުގެ އަގު މި ސަރަހައްދުންވެސް އެންމެ ބޮޑީ ރާއްޖޭގަ. އިންޓަނެޓްގެ އަގުތައްވެސް އަވައްޓެރި އިންޑިއާއާއި އަޅާބަލާއިރު 20 ނުވަތަ 30 ގުނަ ބޮޑުކޮށް އުޅޭތަން މިފެންނަނީ. އައު ޚިދުމަތްތަކެއް ތަޢާރަފު ކުރުމަކުން ރައްޔިތުން ދިރާގަށް ތަޢުރީބފުކުރާ ވަރެއްނޫން. ޙިދުމަތްތަކުގެ އަގު ދަށްކުރަންވީ ފުރަތަމަ.

  3. ދިރާގް މީޙާ

    އެކަމަކު ރޭންޖް ފަހާ ދުވަންޖެހެނީ .އިންޓަރނެޓް ކަހަނބު ސްޕީޑް.ރަނގަޅު ފަހުގެ ޓެކްނޮލޮޖީ ތައާރަފްކުރޭ.އެކަމަކު ބޭނުމެއް ނުކުރެވޭ. އަސްލުވެސް ގަބޫލް ކުރަން

  4. ސދފ

    ތަޢާރަފު ކުރެވިގެންދިޔަ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވެ، މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.