ބިދޭސީ އަކާއި ގުޅިގެން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރެވުނު ފުލުސް މީހާ ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއި އެކު ދޫކޮށްލައިފިއެވެ.

ބަންގްލަދޭޝް މީހެއްގެ އަތުން ފޭރެން އުޅުނު އިތުރު ބަންގްލަދޭޝް މީހަކާއި ދިވެހި ފުލުހެއް އިއްޔެ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުލުހުންގެ ވަޒީފާގާއި ލާންސް ކޯޕަރަލް އެއްގެ މަގާމުގައި ހުރި އެމީހާ ކޯޓުން ޝަރުތުތަކަކާއި އެކު ދޫކޮށްލި ނަމަވެސް، ފުލުހުން ވިދާޅުވެފައި ވަނީ އޭނާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އޭނާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ފުލުސް މީހާ އާއި އެކު ފޭރުމުގައި ބައިވެރިވި 28 އަހަރުގެ ބިދޭސީ މީހާ އަކީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ޙިލާފަށް ދިރިއުޅެމުން އައި މީހެއް ކަމުގައި ވާއިރު، މި ދެމީހުން ވެގެން ފޭރެން މަސައްކަތް ކޮށްފައި ވަނީ އެހެން ބިދޭސީ މީހެއްގެ ވޯކް ޕާމިޓާއި ފައިސާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައި ކަމަށް އެ އިދާރާ އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުޚުތާރު

    ބަނގުރަލާ މަސްތުވާތަކެތި ރާއްޖޭގައި ކޯރުހެދިފަ! ވައްކަމާ ފޭރުން ރާއްޖޭގައި ވަކިހިތްޕާފަ! މިވަރުވެގެންދާއިރުވެސް ދިވެހިންނަކަށް އެއްޗެއް ނުވިސްނޭ ބަވައެވެ؟

    42
  2. އަލީ އަހްމަދު

    މި މައްސަލަ ނުބެލޭނެ ސަބަބަކީ މިވެރިކަމުގަ އެކަހަލަ ނޭއްގާނީ މައްސަލަ ތަކުގަ ކަޑާލި އެންމެނައް ވަޒީފާ ދީފަވީ އަދި ކަމިސަނަރ އެމް.ސީ ހަމީދުވެސް އެހެރީ އެކަހަލަ މައްސަލަ ބަލާ.މުއަސަސާގެ އެންމެ އިސްމީހަކައް ލާފަ މިވެރިކަމުގެ އެކަހަލަ ކަންތައް ކުރާމީހުން ނަކީ އެމީނަޒަރުގަ ރަނގަޅު މީހުންނަކީ. މިސޮރުވެސް މިވެރިކަމުގަ ލާނެ އިސްމަގާމަކައް

    33
    1
    • ާަަަަހަސަން

      ކަލޭއަށް ވީއެގޭނި.

      • ޙަސަނާ

        ހަޖަމް ބުރޯ

  3. ލާބަ

    ހަގީގަތް ހާމަ ކުރޭ

    13
    1
  4. ޢާސީ

    އައްޗީޑި ކޮބާ ތެދުވެރިކަން

    3
    1
  5. ރަށުމީހާ

    ކޮބާ އިކޮނިމިކު މިނިސްޓަރ ބުނިވަަުދުފުއްދާފިތަ ކޮބާމިނިސްޓަރ އިސްތިއުފާ ދޭންނުވޭތަ މަށަކަށް ނުވިޔޭކިޔާފަ ބަލަ މިނިސްޓަރ ބުނި މިބިދޭސީއްގެ ކަަްތައް ނުނިމިޔާ އަހަރެން އިސްތިއުފާ ދޭނަމޭ މިހާރުގަވާައިދާ ހިލާފައް އުޅޭބިދޭސީންގެ ހުދިހާއެންމެއެން މެއްގެ ވޯކުޕާމެޓު ހަދާނިމުނީތަ ނުވާވަރުަް ފޫގަޅަން ނޫޅެއިސްތިއުފާ ދީފަ އެލާދީނީ ފައްޔާޒު ގޭގަމަްުމޮއްލާ