ޗައިނާގެ އެހީގާއި ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ލޮލުގެ ފަރުވާއަށް ހާއްސަ، "ޑރ. އެންޑީ އަބްދުލްﷲ އަބްދުލްހަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިޒޯންގެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ އިތުރުން ރަސްމިއްޔާތަށް ވަޑައިގެންފައިވާ ޗައިނާގެ އިސްވެރިން ވަނީ އެތަން ބައްލަވައިލައްވާފައެވެ.

މިއަދު ލޮލުގެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ދާއިރާއަކީ ލޮލުގެ ދާއިރާ ކަމަށެވެ. އަދި މިއަދު އެފަދަ ފަރުވާ ލިބޭނެ ސެންޓަރެއް ރާއްޖޭގައި ގާއިމުވެގެން ދިއުމަކީ އެ ދާއިރާއަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވީ، ޗައިނާ ސަރުކާރުން އޮތީ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި އެކަމުގެ ހެއްކަކީ މިއަދު ހުޅުވުނު ސެންޓަރު ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މިއަދު ލޮލުގެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

މިއަދު ހުޅުވިގެން ދިޔަ އެ ސެންޓަރުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށާއި އެ މަސައްކަތަކީ ދެ ގައުމު ގުޅިގެން ކުރެވުނު ވަރަށްވެސް ފުރިހަމަ މަސައްކަތެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ޑރ.އެންޑީ ޢަބްދުލްﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރުން ލޮލުގެ ގިނަ ފަރުވާތަކުގެ އިތުރުން ސަރޖަރީ މިހާރު ހެދޭނެ ކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ. ސެންޓަރުގެ ހިދުމަތް އިތުރު ހަރުފަތަކަށް ގެނެއުމަށް ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާގޮތަށްވެސް ހަމަޖެހިފައިވެއެވެ.

މިއަދު ލޮލުގެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވި މި ސެންޓަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވުނު ސެންޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފފ

  އަންނި ކަލޭ ލަދުގަނެބަލަ، ޗައިނާ އޭކިޔައިގެން އަގަތަޅުވަން
  އިންޑިޔާއިން ހަމަ ކަފަ ބުރުވާނީ ، ދާނީ ވަޔަށް އަރައިގެން ، ރައްޔިތަކަށް ބޭނުންހިފޭ އެއްކަމެއްވެސް އިންޑިޔާއިން ނުކޮއްދޭނެ، ކޮންބައެއްއެއީ ބޭސްވަރުވާއަށް ދާމީހުންނަށް ހަދާ ވަރު އާސަންދަ ފެނާ ނުލާ އެހެރަ ދިރުވަނީ ، ޑރ ބޭނުން އެއްޗެއް ހަދާލަނީ

 2. ޢިބުރާހިމް

  ޢަނެއްކާ އިންޑިއާއިން ނޫންބާ؟!!! ހަހަހަ

 3. ކަރަންޓޭ

  ކިނބޫ ސޯލި ކައިރީ އެހެރީ ގެރިމޯދީތަ އިންޑިޔާ އެހީދޯ ކޮބައިތަ ކެނެރީ ގުންޑާ ފެނޭތަ ޗައިނާގެ އޯގާތެރިކަން މީތަ ގުންޑާ އެބުނާ ދަރަނިދަންތުރަ...