ފޮޓޯ އިން ތިޔަ ފެންނަނީ ދުނިޔޭގެ ގައުމުތަކާއި ވަކިވެގަނެގެން އުޅޭ އުތުރު ކޮރެއާގެ ލީޑަރު ކިމް-ޖޮން-އުން މިދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރަން ސިންގަޕޫރުގައި ބޭއްވި ސަމިޓުގެ ތެރެއިން އޭނާގެ ކާރުކޮޅު ވަށައިގެން ބޮޑީގާޑުން ތިބޭ ތަނެވެ. ހަމައެއާއިއެކު ދެން އެ ފެންނަނީ ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހާރު ތިލަދުންމައްޗައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިސްކަލަކުން ދާ ވަގުތު އެބޭފުޅާގެ ވަށައިގެން ގިނަ އަދަދެއްގެ ބޮޑީ ގާޑުން ތިބޭ ތަނެވެ.

މިއަދު މިވާހަކަ ދައްކަން މިޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ރައީސް ޔާމީންގެ ވެރިކަމުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ ރަށްރަށަށް އެބޭފުޅާ ޒިޔާރާތް ކުރައްވާއިރު އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ބޭފުޅުން ރައީސް ޔާމީނުގެ އަރިހުގައި ހަތިޔާރާއި އެކު ރަށްރަށަށް އަރައި ފޯރި މަރައެވެ.

ރައީސް ނަޝީދުގެ ބޮޑީ ގާޑުން

އެކަން އޭރުގެ އިދިކޮޅު ފަރާތްތައް، އަދި މިހާރުގެ ވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ހަޖަމެއް ނުކުރެވުނެވެ. ރައީސް ޔާމީން ގެންގުޅޭ ސެކިއުރިޓީންގެ އަދަދު މާ ގިނަ ކަމަށާއި ހަތިޔާރާއި އެކު ސިފައިން ތިބިމުން އޭރުގެ އިދިކޮޅު އިސް ފަރާތްތަކުން ޕޯޑިއަމްތަކުގައި އެކަމަށް ފާޑުވިދާޅުވިކަން ހަނދާނުން އަދި ފޮހެވިގެނެއް ނުދެއެވެ. އޭރުގެ އިދިކޮޅު އެކްޓިވިސްޓުން ޔާމީންގެ ފޮޓޯތަކުގައ ތިބި ސިފައިނުން އަދި ކުލަ ހެދުމުގައި ތިބޭ ހަށިފާރަވެރިންގެ މޫނުގައި ބޮޅު އަޅާފައި އެ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ މީސް މިޑިއާ އަށް ފޮޓޯތައް އެޅިކަން މުޅި ދިވެހި ރާއްޖެ ހެކިވާނެއެވެ.

ނަމަވެސް މިހާރު މި ފެންނަނީ ކޮން މަންޒަރެއްތޯއެވެ. މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ރައީސް ނޫނީ ކުރީގެ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު މިހައި ގިނަ އަދަދެއްގެ ހަށިފާރަވެރިން ބޭނުން ކުރައްވާފައެއް ނުވެއެވެ. މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެއިން އެންމެ ފޮޓޯއެއްގައިވެސް 8 ހަށިފާރަވެރިން ރައީސް ނަޝީދު ވަށައި ހުންނަވާ މަންޒަރު ފެނެއެވެ.

ރައީސް ނަޝީދުގެ ބޮޑިގާޑުން

މިކަން މިގޮތަށް ކުރުމުން އެއްވެސް ހާލެއްގައި މައްސަލަ އަކަށް ވީ އެއް ނޫނެވެ. ނަމަވެސް މިހާރު ވެރިކަމުގައި ތިބި ބޭފުޅުންނާއި އެބޭފުޅުންނަށް ތާއިދު ކުރައްވާ އެކްޓިވިސްޓުން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮންމެ މީހަކުވެސް ސަރުކާރުގެ އިސް މަގާމެއް ފުރުއްވަމުން އަންނަނަމަ ސަރުކާރުގެ ހިމާޔަތް ލިބޭނެކަމެވެ. އެކަމަށް ފާޑުކިޔައި މާދަމާ އެ ހިމާޔަތުގެ ދަށަށް ދާން ޖެހުމުން އެ އެއްޗެހި ކިޔެނީ އަމިއްލަ މީހާ އާއި ދިމާލަށްކަން އެނގެން އެބަ ޖެހެއެވެ. މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

 1. ނައީމް

  ފޮޓޯތައްވެސް ނަގާފަހުރީ އައިޑީ ކާޑު ބޭނުން ކޮއްގެން

  52
  14
  • ޒަކް

   އެކަމު ތިޔަ ތާނގަ ދަޢުލަތުން ލާރިދީފަ ތިބީ އެންމެ 2 މީހުން ދެން އެތިބީ ހިތާހިތުގެ ގުޅުމުން އުޖޫރައެއް
   ނެތި ލޯބިން ގިސްތިބި ސަޕޯޓަރުން.. ޑިކްޓޭޜަރ ޔާ މީނުގެ ފޮޓޯތައް އަޅާލަބަލަ ވަށައިގެން ދަޢުލަތުގެ މުސާރައިން ކައިގެން ތިބޭ ގާޑުން ތިބޭނި

   19
   46
   • Anonymous

    ޔާމީންއާ ބެއްސި ނުގަނެ ނުތިބެވެނީއޭދޯ!! މި އެމްޑީޕީ ޖާހިލުން ހާދަބިރެއްގަނެއޭ ޔާމީންދެކެ... ކަލޯމެން ތިހެން ޖާހިލުކަންމަތީ އުތުރުކޮރެޔާގެ މޮޑެލް ނަޝީދު ފަހަތުން ދުވޭ!! ހިތާ ހިތުގެ ގުޅުމުން ލޮލާ ލޮލުގެ ގުޅުން ތެރެއިން ލިބޭ އަނިޔާ ދެކެން. ކަލޯގެ ދަރިން ނުވަތަ ކާފަ ދަރިން އެކަން ދެކޭނެކަން މިހިރަފެންނަކަންކަމުން އެނގި ކަށަވަރުވޭ.

    16
    11
   • ކާޕެޓް ވަގު

    ސީދާ ދައުލަތުގެ ޚަޒާނާއިން މުސާރަ ކާ ބައެއް ނަޝީދުގެ ވަށައިގެން އެ ތިބީ..

    14
    14
 2. ހުސޭނުބޭ

  ތިއީ ދެކުނު ކޮރެޔާނޫނިއްޔާ ދެން ތިއީ އުތުރު ކޮރެޔާ! އެ އިނީ ޑިކްޓޭޓަރ

  154
  17
 3. އަދުރޭ

  މި ފަހަރު މި ކަންތަ ހަޖަމު ނުވީ ވަގުތު ކުދިން އަށް ދޯ

  74
  240
  • ކިނބޫ

   ކަލެއަށްވެސް ހަޖަމެއް ނުވިތާ ތިހިހިރީ ޖަޒުބާތު ވެފަ ވިއްޔަ

   96
   12
 4. ހަޖަމް

  ހަޖަމް ޕްލީސް

  60
  159
 5. ވާނުވާ

  އެއީ އެމީހެއްގެ އަމިއްލަ ކަމެއް ނޫންތޯ!!!

  40
  108
 6. ބޮޑީގާޑު

  ބަލަ އެއީ ބޮޑީގާޑުން ގެ ޒިންމާ އޭ...ޔާމީނު ވިޔަސް ޤާސިމް ވިޔަސް މައުމޫނު ވިޔަސް.... ތަން ކޮޅެއް ބޮޑުވަރު ކަންނޭނގެ

  81
  55
  • Anonymous

   ދެން ހަށިފާ ރަވެ ރިންނަށް އެހާ ބަލާވެ ރިކަން ޖައްސާކަށްނުވާނެދޯ،

   76
   7
 7. އަންނި

  އަންނި އަރާ އެ އީނާ ޓްރެފިކް ޤަވާއިދާއި ޚިލާފަށް ހުރި ބައިސްކަލަކަށް. އެމްއެންޑީއެފް އެ ވަނީ ފެއިލް ވެފަ. ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އެ ވަނީ ގާނޫނާ ޚިލާފް ވެފަ. މޮޅު ސްޓަންޓް ހަދައިގެން އަތައް ގޮވަނީ އަބަދުވެސް.

  38
  5
 8. ހަނގާ

  ޢެފަކީރު ވެލިގަނޑަށް ވެއްޓި ދަތް ބިންދައިގެން ގޮސްދާނެތީއޭ އެތިބެނީ

  46
  7
 9. އެނެމީ ވަގުތު

  އަސަރު ކޮށްކޮށް ތިބެން ޖެހޭނީ

  21
  56
 10. ރަށުމީހާ

  ހަޖަމު ނުވީކީނޫން ކަލޯމެއް ކީލަވަ ކަލޯމެންގެ އަގަޔައް ވެއްޑީ މިހާރުއެގޭނެ ވެރިކައްލިބުނީމަ ވާގޮއް އަންނި އަކައްނުޖެހޭނެ އެވަރައް ސެކިއުރެޓީ ދޭކައް އޭނަހީކުރަނީދޯ އޭނައެއީ މިގައުމުގެ ރައީސްޖަމައް އެއީ މިގައުމުގެ ހަލާކުއެއީ ލާދީނީ ގޮލަައެން

  33
  9
  • ނޫރަން

   ބޮޑީގާރޑުން ބޭނުންވާ ޢަދަދު ކަނޑައަޅަނީ އެމް.އެން.ޑީ.އެފް ގެ ކަމާބޭ ޔުނިޓުން. އެކަމަކީ ޙާލަތާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުރާކަމެއް. ނަޝީދު ނުއެއް އަންގަވާނެ. ކަމެއް ދިމާވެއްޖެނަމަ ޒިންމާ އުފުލަންތިބޭ ފަރާތުން ރާވައި ހިންގާ ކަންކަމަކީ ޕްރޮފެޝަނަލްކޮށް ކުރާކަމެއް.

 11. ބޮޑީގާޑު

  މޮޔަވަނީ. ޢައްނި މެ ރުމަށް ވު ރެން ބޮކެއް މެ ރިއަސް މާ ރަގަޅުވާނެ. ކޮން ބޮޑީގާޑުންނެކޭ.

  35
  8
 12. hiythitiri

  bicycle dhuvvaanee hiy thiri raeesun. yaamin akee hiy thiri meeheh noon ehen v ma. bicycle dhuvveema jeheyne mifaharu vote eh dheyn.

  5
  27
  • ނަން

   Hiyy thiri nama ulheynee hingaafa.. Ehn meehumah fahathun dhuvan jassaafa araamuga bicycle dhuvvaakah noon.. Dhekkuntheri bodaa miihehthy

   5
   1
 13. ގިލަ

  އަނެހެން މަސަލައެއް ނެތް ތިޔަކު ތިއިވެސް ރައިސް ކަންކުރެއް އަދި މިހަރުވެސް މަޖިލިހުގެ ރައިސް ވެސް މެ އެހެން ވިމަ ތިބެނެ

  8
  22
 14. Anonymous

  ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ކުރިކަމެއް. އެކަމަކު މިހާރު ރައްޔިތުން ކުރީން ކުރަމުން އައި އިހުތިރަމެއް މިހަރަކު ނުކުރޭ. ދީނާއި ދެކޮޅު މީހަކަށްވާތީ

  49
  8
 15. Anonymous

  މި ކަލޭގެ ގުރަދޫއަށް ފޮނުވަން ވެއްޖެ

  46
  7
 16. ޝައިޚު

  ބަލަގަ އެއީ ސިފައިންނަށް ކަސްރަތުދޭން ކުރައްވާ ކަމެކޭ!
  އެސޮރަކީ ވެރިކަމުގައި ހުންނެވި އިރުވެސް ބޮޑިގާޑުންނާ ރުޅި ސޮރެއް،

  29
  4
 17. މީހުން

  މީމިގައުމުގަހުރި ބޮޑު މޮޔަ

  81
  8
 18. ލޮ

  ބޮޑު މޮޔަ

  35
  3
 19. ކަނަމަނަ

  މީހަމަޖުހާ ރާއްޖެތެރޭ ރައްޔަތުންގުބޯހައްދަނީ

  70
  8
 20. އަލީ

  މީބޮޑުމޮޔައެއް

  59
  7
 21. އެންދެރި

  މީނަ އެކޭ 5 އަހަރުގެ ބަސްނާހަ ކުޑަކުއްޖެކޭ ތަފާތެއްނެތެވެ. ގެއްލިދާނެތީ އާއިލާ މީހުން އަބަދު ތިބެނީ ދުވެ ދުވެ އެވެ.

  68
  5
 22. މަޖްހޫލު

  ބޮޑީގާޑުންނާ ސަޕޯޓަރުން ...ދެބައިމީން ނަޝީދުގެ
  ވަށައިގެން އަބަދުވެސް ދުވޭ...
  ޔާމީނުގެ ވަށައިގެން ދުވާނަ އެއްވެސް ސަޕޯޓަރަކު
  ނުހުރެ...އެތަން ފޫބައްދައި އެފަޅުކަން ފިލުވުމަށްޓަކާ ބޮޑީގާޑުން އިތުރު އިތުރު ކުރަނީ...

  26
  56
  • Anonymous

   ކޮންތާ ކު ތިބި ސަޕޯޓަރުންނެއް. ލޯމަތިން ފެންނަން ހުންނަ ކަން ކަމަށް ހެޔޮނުވާނެ ތިވަރަށް ދޮގުހަދަން.

   12
   4
 23. ހައިރާން

  ސިސާސީކޮށްލަން ހަދައިގެން މިފަހަ ރު ތިޔަ ގޮވީ ވަގުތު ކުދީންގެ އަތަށް.

  23
  71
 24. މާހިރު

  ބަލަ އެއަކީ ދެންއަންނަން ހުރިކަމަށް ލަފާކުރެވޭ ރައީސޭ އޭނާޔަށްވެސް ހިމާޔަތާ ސެކިއުރިޓީ ދޭންވާނެ މަށައް އަދިވެސް މަދު

  4
  21
 25. އަސީ

  ސެކިއުރިޓީމީހުންވެސް ތިބެންޖެހޭނީ ދުއްވާއެއްޗެއްގަ ފޮޓީތަކުންތިޔަފެންނަނީ އެންމެރަންގަޅު މަންޒަރެއްނޫން.

  30
  2
 26. ޖާހު

  ވާނުވާނޭގުމަކީ ގެއްލުމެއް ނުވަތަ ކަމާ ގުޅުންހުރި ގިނަ މަޢްލޫމާތު ނޭގުން މިހާރު ރާއްގޭގައި ދަރަޖަ ކުރެވިފައިވާ އެންމެ ތުރެޓްހައި ބޭފުޅަކީ ރ ނަޝީދު އެބޭފުޅާގެ ފުރާނަޔައް ގެއްލުމެއްވާފަދަ ކަމެއް ހިގައިފި ނަމަ ދުނިޔޭގެ ހައި ޕޮރިފައިލް އެއްވެސް މީހެއް ރާއްޖެ އަންނަން ޖެހިލުންވާނެ .....

  6
  48
  • Anonymous

   ކޮންތާ ކު ތިބި ސަޕޯޓަރުންނެއް. ލޯމަތިން ފެންނަން ހުންނަ ކަން ކަމަށް ހެޔޮނުވާނެ ތިވަރަށް ދޮގުހަދަން.

   7
   3
  • Anonymous

   އިސްލާމީ މުޖުތަމަޢެއްގަ ފަހަރެއްގަ ހައިޕްރޮފައިލް މީހަކަށް ނުވެހިނގައިދާނެ.

   8
   2
 27. މަރީ

  ކާކު ސޮނިބެ ވަގަށްނަގަންއުޅެނީ ދެންވެސް ހަވާލުވާނީ އަމިއްލައަށް. ތަނެއްގަހުރި ބޯގޯސް ފަކުރެއް

  23
  4
 28. ގޮށްރީނދޫ

  ތިވާނީ ވަގުންގެ މިކާ ރާއްޖެކަމަށް

  13
 29. ކަމަނަބެ

  ދޮގުހެދުމުގެ ހައިޕުރޮފައިލް ބޭގަނޑެއް.

  21
  2
 30. ޙެހެހެ

  ބުއްޅަބޭ ބިރެއްނުގަނެޔޯލަ

  22
  2
 31. ކަމަނަ

  ކުދިން ކަސްރަތުކުރުއްވުމަށް ބާރު އަޅާދެނީ. ޖ.ނަޝީދުވަރެއް މިގައުމުގައި ނެތިގެން ތެޅިބާލަނީ. ތިލަދުންމަތީ ކުދިން ވިސްނާތި

  19
  2
 32. ސަގަރު

  ސޯޅަ މީދާގެންގުޅުމަށްވުރެ ބަލާބޮޑު ދޯ؟؟

  11
  3
 33. އިބްރާހިމް

  މައިބަދަ ބިނދިފައި. އެހެންވެ ގިނަ ބޮޑީން ގާޑުންނަށް ބޭނުންވަނީ.

  10
  2
 34. އަލަކަ

  ޖަޑިބު ހައްދާގެން އެންމެން ފަހަތުންދުވަނީ.

  11
  1
 35. ބެއްޔާ

  ޔާމީނު ބޮޑީ ގާޑުންނާއެކު ރަށްރަށަށް ދިޔައީމަ އެއީ ކިބުރުވެރިކަމަށްވީ. ރިޔާސީ ލޯންޗްގަ ދަތުރު ކުރެއްވީމަ އިސްރާފަކަށްވީ. މިހާރު ކޮންއެއްޗަކަށް މިވީ. ހަސަދަވެރިކަން މައްސަލައަކީ.

  21
  1
 36. ނަގުލަންދާށި

  މަނިކުފާން ތިޔަ އަރުއްވައިގެން އުޅޭ ބައިސިކަލްގައި ބުރެކިފުޅުވެސް ނެތެއްނޫން. ޤާނޫން އެންގިލައްވާނަމަ ތިޔަފަދަ ކަމެއް ނުކުރައްވާނެ.

  11
  1
 37. Anonymous

  ޖޭވީ ދޯ

  3
  8
 38. ނަގޫގޮށްޖެހި

  ރަށްރަށަށް ދާއިރު މައުމޫން ބޮޑީގާޑުން ގެންދާތީ މަލާމާތްކުރި. މިކަލޭގެ ރަށްރަށަށް ދާއިރު ބޮޑީގާޑުން ގެންގޮސްގެން އެމީހުން ލައްވައި ރޭސް މިޖައްސުވަނީ ކޮންކަމަކާތަ؟ ކާކުދެކެ ބިރުންތަ؟ ގައިމު ދުވަހަކުވެސް މައުމޫން މިގޮތަކަށް މިހާ ދަށުދަރަޖައިގައި ބޮޑީގާޑުން ލައްވައި ރޭހެއް ޖައްސުވާފައި ނޯންނާނެވިއްޔާ.

  9
  2
 39. ކާޕެޓް ވަގު

  ޤައުމުގެ ކަންތައްތައް ރަނގަޅުވާނީ ކިހިނެއްތޯ... ބުރެކި ނެތް ބައިސްކަލަކަށް ވެޑުވިފައި....

  9
  2
 40. ބަނަސް

  ބިރުން

  2
  1
 41. އަންނި އަށް ނޫނެކޭ

  ހަހާ، އަންނި އެކޭ ނޯތު ކޮރެއާގެ ރައިސެކޭ ބޮޑީ ގާޑުން ގެންގުޅުމުގެ އެއްކަހަލަ ހަމަ ތަކެއް..... އަންނި މާ ހިތް ތިރިކަމަށް ދަށްކަން އުޅުނަސް ހަގީގަތް މިފެންނަނީ..... ރައީސް ސޯލިހު އަކީ މާ ހިތް ތިރި ބޭފޫޅޭއް.....

  2
  1
 42. އ. ޖ. އ

  މަހަލްދީބޭ މީ 🇲🇻 🎶 🥁

 43. ފާތު

  އައްނިގެ ބޮޑީގާޑަކަސް ނުވެވޭނެ ކޮންމެ ކޮމެ މީހަކަށް. ފިސާރި ސްމާޓުވެފަ އެކްޓިވް ވާން ޖެހޭނެ. އަދި ކިބުރުވެރިކަމާއި ބޮޑާ ކަމުގައި ނުއުޅެވޭނެ. މިކަހަލަ ވެރިން ދެކެ މިހާރު މިރާއްޖޭގެ ރައްޔިތުން ލޯބި ވަނީ. ރައްޔިތުންގެ އެންމެ އާދައިގެ މީހާގެ އިހުސާސް ތައް ދަންނަ މީހުނަށް މިގައުމުގަ ވެރިކަން ކުރެވޭނީ. ޔާމީނުއަކަށް ނުކެރޭނެ މިކަހަލަ ކަމެއް ކުރާކަށް. އެހެންވެ ސަޕޯޓު ނުކުރަނީ.

  2
  4