ސަރުކާރުން މިނިމަމް ވޭޖެއް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާއިރު ސާވިސްޗާޖުގެ މައްސަލަވެސް ހައްލުވެގެން ދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މާވަށު ދާއިރާއިގެ މެންބަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސާވިސް ޗާޖާއި މިނިމަމް ވޭޖާއި އޮތީ ކޮން ގުޅުމެއްތޯ ސުވާލު އުފައްދަވާފައެވެ. ސައީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ދަނީ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް މުސާރަ އާއި ސާވިސް ޗާޖޭ ކިޔައި އަޑުގަދަކޮށް އެކަން ސަކަރާތަކަށް ހަދަމުން ކަމަށެވެ. އަދި އެއީ ސަކަރާތަކަށް ނުހެއްދެވުމަށް ސައީދު ވަނީ ރައީސް ނަޝީދު އާއި ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ. ސައީދު ވިދާޅުވީ ހެއްދެވެން އޮތް ވަރަކަށް އިތުރުފުޅު ހައްދަވައިގެން ކަންކަން އޮޅުވާލުމަކީ ހައްލެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެޖެންޑާ 19 ރަށަށްގެ ނަމުގައި އެމްޑީޕީގެ އިސްވެރިން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން ހއ. ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މިއަހަރު ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިންވެސް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވީނަމަވެސް ގިނަ ބަޔަކު ދަނީ އެވާހަކަތައް ދައްކަވަމުން ނަޝީދު ގެންދަވަނީ ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ ވޯޓު ގިނަ ކުރުމަށް ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަސަން

    ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ލިބެއެވެ. ނަރުހުންނަށާއި ޞިއްޙީ ދާއިރާގެ އެހެން މުވައްޒަފުންނަށްވެސް އެކަށީގެންވާ މުސާރައެއް ލިބެއެވެ. ޖުޑީޝަރީއަކީ އެންމެ މުސާރަ ރަނގަޅު ދާއިރާައެވެ. ނަމަވެސް ސިވިލްސާރވިސް އާދައިގެ އިދާރީ މުވައްޒަފުންނަށް ލިބޭ މުސާރަކޮޅުން ދެކޮޅު ނުޖެހޭކަން ދަންނަ ވެރިއަކު ،މިރާއްޖެއަކު ނެތެވެ. ރ ޔާމިނުވެސް އިދާރީ މީހުންނަށް ބޮޑުކޮށްދިނީ އެންމެ 700 ރ ގެ އެލަވަނސްސެކެވެ. މިހާރުވެސް މުޅިއެކު ލިބެނީ 6000 ވަރަކަށް ރުފިޔާއެވެ. އިދާރީ އެންމެ ދަށުގެ މުސާރައަށްވެސް މިހާރު މަހަކު 10000ރ ލިބިގެންނޫނީ އަނބިދަރިން ގޮވައިގެން ދިިއުޅޭނީ ކިހިނެއްހެއްޔެވެ.

  2. ބޮކި

    ކަލޭމެން ތިވާހަކަ ނުދައްކާ މަޑުންތިބެބަލަ ؟ ކަލޭމެންނަށް ތިކަމެއް ނުވިއެއްނުން ؟؟؟؟

    11
    19
  3. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ވޭތިވެދިޔައަހަރަކީ ދިވެ ހިގައުމާ ދިވެ ހިރައްޔަތުންނަ ވޭތިކޮށްނިމިފައިވާ ހާވެރިކަމަކާއި ނުބައްދަލު ތަނަވަސްކަމާ ތަރައްގީއާ އުފާފާގަތިކަމުގެ އެ.މްޑީޕީ ސަރުކާރުގެ 1 އަ ހަރުކަމީ ކޮންމެދިވެ ހިރައްޔަތަކުވެސް ދެބަސްނުވެވޭނެކަމެއްފެށިގެންމިދާއާއަ ހަރަކީނިމިދިޔައަ ހަރަވުރެންތަނަވަސް އަ ހަރަކަށްވާނެކަމުގެ100% ޔަގީންކުރަން މީފެންނަން ހުރި ހަގީގަތް ސުކުރިއްޔާ ރައީސް ސޯލި ހް މަރުހ ހަބާ ރައީސް ނަސީދު ރައީސް ޔާމިންވީ ނިޒާމުންފޮ ހެވިގެންގޮސް

  4. ޓަގޭ

    ތީ ހަމަ ތެދެއް. ޢެވެސް އަދި އަނގަމަތީ އަތް އަޅައިގެން އިނދެ.

    3
    9
    • އަދުރެމެޓިކްސް

      ސައީދު، އަހަރުމެން މުސާރަޔަށް 150 ޑޮލަރު ދީފަ، ސާވިސްޗާޖް 1000 ޑޮލަރު ވީމަ ވާނީ ކިހާަވރެއްތަ؟ އެންމެ ކުޑަ އުޖޫރަ 500 ޑޮލަރަށް ވެއްޖެނަމަ، ސާވިސްޗާޖް 1000 ޑޮލަރަށް ވީމަ ވާނީ ކިހާވަރެއް؟؟؟؟
      ކަލޭމެން ފަޅެއް ވިއްކާލީމަ މިލިއަން ޑޮލަރު ލިބުނަކަސް އަހަރުމެންނަށް ލިބެނި ކުރާ މަސައްކަތުގެ އުޖޫރަ
      ޢެންމެ ކުޑަ އުޖޫރަ ކަނޑަޢެޅިއްޖެނަމަ އޭގެތް

  5. ގަމަރު އިއްބެ

    ކަލޭމެން ތިވާހަކަ ނުދެއްޖިއްޔާ ރަނގަޅުވާނީ. އާރާ ބާރާ އޮތް އިރު މިއަދު ފިތުނަ އުފައްދަން ތިވާހަކަ ދެއްކިޔަސް ޤަބޫލްކުރާނެ މީހަކުނެތް