އަންނަ އޭޕްރޮލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ލިސްޓް އާއްމުކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލިި ފުރުސަތުގައި ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އެ ޕާޓިގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓުގައިވާގޮތުން ސިޓީ ކައުންސިލްތަކަށް 108 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

އޭގެ ތެރެއިން ހަތް ފަރާތަކުން މާލެ ސީޓީ މޭޔަރު ކަމަށް ކުރިމަތިލާފައިވާއިރު، 42 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ މާލެ ސިޓީ ކައުންސިލަށް ވާދަ ކުރެއެވެ. އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ފަރާތަކުން ކުރިމަތިލާފައިވާއިރު، 40 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ އައްޑޫ ސިޓީ ކައުންސިލަށް ވާދަ ކުރާނެއެވެ. އަދި ފުވައްމަލު ސިޓީގެ މޭޔަރު ކަމަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާއިރު، 10 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަ ކުރާނެެެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ އެކި އަތޮޅުތަކުގެ ފަރާތްތަކުގެ ލިސްޓުގައިވާގޮތުން ކައުންސިލްތަކުގެ ރައީސް އާއި މެންބަރުންގެ ގޮތުގައި 1067 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި 53 ފަރާތަކުން އަތޮޅު ކައުންސިލްގެ އެމްޑީޕީ ޕްރައިމަރީ ވާދަ ކުރުމަށް ހުށަހަޅާފައި ވެއެވެ.

ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އދ

    އެމްޑީޕީ އަށް ވިސްނޭނަމަ ދ އަތޮޅަށް މިފަހަރު މަޖިލީސް އިންތިހާބުގެ ނަތީޖާއަށް ބަލައި ވާދަ ނުކުރުމަށް އެލެކްސް އަށް ދަންނަވަން

    ނޯށުން ރޯން ޖެހިދާނެ އެހެންނޫނީ

    5
    1