އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާނީ މުޅި ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭގެ މުފްތީ އިސްމާއިލް ބިން މޫސާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު ހުކުރު ހުތުބާ ދެއްވާނީ މުފްތީ މެންކް ކަމަށާއި، ހުކުރު ހުތުބާގައި އެމަނިކުފާނު ބޮޑަށް އަލިއަޅުވާލައްވާނީ "ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދުމާއި، އަދި ހަލާލު މަގުގައި ހަރަދު ކުރުމާ" ބެހޭ ގޮތުން ކަމަށެވެ.

މި މައުޟޫއަކީ މުސްލިމުން ދެނެގަންނަން މުހިންމު މައުޟޫއެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ޒާހިޒު ވިދާޅުވީރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެދުވަހުގެ ހުކުރު ހުތުބާ ދިނުމަށް ހަމަޖެހިފައި ވަނީ މި މައުޟޫއަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މުފްތީ މެންކް ހުތުބާ ދެއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ބަހުން ކަމަށާއި، އެހެން ނަމަވެސް ގިނަ ބަޔަކު ހުތުބާ ތަރުޖަމާކޮށްދިނުމަށް އެދެމުންދާތީ އެކަމާއި މެދު ވަކި ގޮތެއް ނިންމުމަށް މިހާރު މަޝްވަރާ ކުރަމުން ދާކަމަށެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މިރޭ 20:15 ގައި ކާނިވާ ސަރަހައްދުގައެވެ. އެ ދަރުސް ދެއްވާނީ "ރިލިޖިއަސް ރިހެބްލިޓޭޝަން" މި މައުޟޫގެ މައްޗަށެވެ. އަދި މި ދަރުހުގައި ދީނީ ގޮތުން ރިހެބްލިޓޭޓް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް މެންކް އަލިއަޅުވައިލައްވާނެއެވެ.

އެމަނިކުފާނުގެ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ އައްޑޫ ނޫރާނީ ސްކޫލުގައެވެ. އެ ދަރުހުގައި އިސްލާމް ދީނުގެ މަގުން ބައެއް މުސްލިމުން ކައްސައިލަނީ ކީއްވެގެންތޯ އާއި، ދީން މަތީ ދެމިތިބުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވައިލައްވާނެއެވެ.

މެންކްގެ ތިންވަނަ ދަރުސް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ސްކޫލުގައެވެ. އެ ދަރުހުގައި ދީން ބައެއް މީހުން ދެކެމުން އަންނަ ނަޒަރިއްޔާ އާއި ބެހޭ ގޮތުން ދަރުސް ދެއްވާނެއެވެ. އަދި އެ ދަރުހުގައި ދީނީ އަސްލު ނަޒަރިއްޔާ އަކީ ކޮބައިކަންވެސް އޮޅުންފިލުވައިދެއްވާނެއެވެ.

މި ހުރިހާ ދަރުސެއްވެސް ސަންގު ޓީވީ އިންނާއި ރާއްޖެ ޓީވީގެ އިތުރުން ޕީއެސްއެމްގެ ދީނީ ޗެނަލް މުންނާރު ޓީވީ އިން ވަނީ ލައިވްކުރުމަށް ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މި ހުރިހާ ދަރުހެއްގައި ބައިވެރިވުމަށްވެސް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ ހުރިހާ މުވައްޒަފުންގެ އިތުރުން ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

މި ދަރުސްތަކުގެ އިތުރުން "ޔޫތް ޑިސްކަޝަން ފޯރަމް" ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ހާއްސަ ވޯކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ލޮލް

  ކުރީދުވަހުވެސް މުފްތީ މެން ކު ދޭ ޚުތުބާއެއް ކަމަށް ހީއް ކޮށް ބަލާލިއިރު އިނީ އިލްޔާސް މެން ކު.

  13
  2
  • ކަންނެލިއޮޑި

   ހަހަހަހަ ކެކެކެކެ ބޮޑު ކަމެއް
   ހަހަހަހަ ކެކެކެކެ ބޮޑު ކަމެއް
   ހަހަހަހަ ކެކެކެކެ ބޮޑު ކަމެއް
   ހަހަހަހަ ކެކެކެކެ ބޮޑު ކަމެއް

   3
   1
 2. ޭޢަބްދުﷲ

  ޚުތުބާއާައި ދަރުސްތަކުގެ ދިވެހި ތަރުޖަމާ ގެނެސްދިނުން ވަރަށް މުހިއްމު. މެންކް ކިތައްމެ މޮޅަސް އޭގެ ތަރުޖަމާ އަންނަ ގޮތަކުން މީހުންނަށް އެހާބޮޑަށް ފަހުމް ނުވެ ހުރެދާނެ. އެހެންކަމުން ދެބަހަށްވެސް ކުޅަދާނަ ބޭފުޅަކު ތަރުޖަމާ ގެނެސްދިނުން ވަރަށް ރަނގަޅު. އަހަރެމެންނަކީ ދިވެހިން.

  9
  3
 3. ހޖ

  އަންނި ހުކުރަށް ދާތި ، މެންކު ތޯ ބަލަން

  10
  3
 4. ިގދ

  ހުތުބަ ދިވެހި ތަރުޖަމަ ޓިވި އަރަނެ ގޮތް ހަދަން ފެނެ

  7
  2
 5. ބުރުގާ

  މީދެން ކީއްކުރަން ރައްޖެގަނައި މޮންކެއް؟؟ ރާއްޖޭގަ އުޅޭ ދީނީ ފަގުޑިއަޅައިގެން އުޅޭ މައްކާނުތަކައް ދީނީގޮތުން އެކައްޗެއްވެސް ނޭގެނީތަ؟؟! ތީ ސީދާ ކަނޑައް އަޅާ ލާރި ދައުލަތުގެ މާލިއްޔާ ހަރަދުކޮއްގެން.

  2
  6
 6. އަލްޖިބްރާ

  އަހަރެއް ނިމުނުފަހުން އުފާވާފަދަ ކަމެއް އަދި ކިރިޔާ ލާދީނީންގަނޑަށް މިކުރެވުނީ. ޝުކުރިއްޔާ އިނގޭ. ކުރިން މުފްތީ ވަޑައިގަތީމަވެސް މިބައިގަނޑު މީހުން ގޮވާފަ ހުރި ހަޑި އެއްޗިހި މަ ވަރަށް ހަނދާން އެބަހުރި. މިފަހަރު އެބޭފުޅާއަށް ނުބަވާ ދަރުސްތައް ރަނގަޅަށް އަޑު އަހާތި. ކަލޭމެންނަށް ހެޔޮމަގަށް ވިސްނުން ދެއްވާށި އާމީން!

  1
  3
 7. އަލްޖިބްރާ

  މިބައިގަނޑު މީހުން ގޮވާފަ ހުރި ހަޑި އެއްޗިހި މަ ވަރަށް ހަނދާން އެބަހުރި. މިފަހަރު އެބޭފުޅާއަށް ނުބަވާ ދަރުސްތައް ރަނގަޅަށް އަޑު އަހާތި. ކަލޭމެންނަށް ހެޔޮމަގަށް ވިސްނުން ދެއްވާށި އާމީން!

  3
  3