އައްޑު އަތޮޅު މަރަދޫގައި ހުންނަ ދަމަނަވެށިން ވަގަށް ނެގި ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑު ފަޅުރަށަކުން ފެނިއްޖެއެވެ.
އެކަމާގުޅޭ މުހިންމު ލިޔެކިއުންތަކެއްގެ އިތުރުން ސީޕީޔޫއެއް ވަގަށް ނަގައިފިއެވެ.
އައްޑޫ ލައިވް އިން ބުނީ، އެ ތަތްގަނޑު ފެނިފައިވަނީ ގދ. ނަޑެއްލާ ކައިރީގައި އޮންނަ މާފުށި ކިޔާ ފަޅުރަށެއްގެ އުތުރުފަރާތު ގޮނޑުދޮށުންނެވެ. އެ ތަތްގަނޑު ފެނިފައިވަނީ ނަޑެއްލާ ކައުންސިލްގައި މަސައްކަތްކުރާ މީހަކަށް ކަމަށްވެސް އެ ނޫހުގައި ވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، އެ ތައްގަނޑު ފެނުނު ހަބަރު ލިބުމުން ނަޑައްލާ ކައުންސިލަށް ގުޅާ އެ ތަތްގަނޑު ނަޑެއްލާ ސިއްހީމަރުކަޒާ ހަވާލުކުރަން އެދިފައިވާނެ ކަމަށެވެ.
ދަމަނަވެށިން ވަގަށް ގެންދިޔައީ ހަމައެކަނި ތަތްގަނޑު އެކަންޏެއް ނޫނެވެ. އެކަމާގުޅޭ މުހިންމު ލިޔެކިއުންތަކެއްގެ އިތުރުން ސީޕީޔޫއެއްވެސް ވަނީ ވަގަށް ނަގާފައެވެ.
އައްޑޫ ސިޓީ ދަމަނަވެށީގެ ވެކްސިން ތައްގަނޑު ވަގަށް ނެގިއިރު، ވެކްސިން ނުޖެހިޔަސް ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންްނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޕޮރަޕެގަންޑާ
އެޖެންޑާ 19
ނަޝީދު، ދިވެހީންނަކީ ޤަމާރުން ކަމަށް ހީނުކުރާތި
ވެކަސިން ދެނީ ޑޮކްޓަރުތަ
އެ ރަށަށް ދަރުހޮވަން ދާ މީހުންގެ ކުޑަސިޓީގައި ޖަހަންވެގެން ތައްގަނޑު ގެންދިޔައީ!
ތިތައްގަނޑު ނެގިބަޔަކު އަތުގަ ތިއޮތީވެސް
ތި ހިފައިން އިގިރޭސި ވިލާތައް ނުދިޔަކަން މަށައްދެރަަައީ.... # އެޖެންޑާ ޑްރާމާ