ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ 5 އަހަރުގެ މުއްދަތަކަށް ޖަލައިލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް މިމަހުގެ 28 ގައި ފަށަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގައި ފެބްރުއަރީ މަހު ދަޢުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުންތައް ފެށިއެވެ. އަދި ޙުކުމާ ހަމަޔަށްވެސް އެ މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، ހައިލަމް އެވެ. މި މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ ޙުކުމް ކުރުމަށް ހަމަޖެއްސި އަޑުއެހުން ފެށެން މަދު ގަޑިއިރަކަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންްްމުމުން އެ މައްސަލައިގައި ފަހުން ޙުކުމް ކޮށްފައިވަނީ 5 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެންނެވެ.

ރައީސް ޔާމީންގެ ޙުކުމާއި ގުޅިގެން، އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާއި ވެސް ބައްދަލު ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސީދިބޭ

  ބާއްވާނެ ކަމެއްނެތް އެއްވެސްއަޑުއެހުމެއް... ތިމީހާ ޖަލުން ނެރިގެން ނުވާނެ. އިތުރު މައްސައެއް އޮތިއްޔާ އެމައްސަލައެއްގެވެސް ހުކުމް އިއްވާފާ އުމުރަށް ޖަލަށްލާ. ކިހާބޮޑު ވަބާއެއްތީ

  17
  102
  • ކަނަމަނަ

   ސީދިބެވެސްވީޖަލުގަބާއްވަން ޔާމީނުނެރެފަ އެހެނީ އަދިވެސް ރައްޔަތުންނައް ކަމެއްކޮއްދެވޭނެ މީހަކަންހުރީ ރ ޔާމީނުކަމައްވާތީ ސީދިބެއައް އެއްވެސްފައިދާއެއްހުރިކަމެއް ރައްޔަތަކައް ނުކިއްދެވޭނެތީ ސީދިބެމެންއޮއްނާނީ ވައިއަގަތެޅުން

   36
   3
 2. މޯދީ

  ކެމްޕޭން ނިމި ވޯޓްލާ ނިމި އިންޑިޔާ އަތްދަށުގަ ހުރިހާ ތަނެއްލެވުނީމާ ޔާމީނުގެ އަޑުއެހުން ބާއްވާނެ! މިހާރު ކޯޓްތަށް މިނިވަންވެފަ އެއޮތީ

  68
  6
 3. ހައިރާތް

  ހާދަ އަވަހޭދޯ މި ސިޔާސީ މީހުންގެ ކަންކަން ހިނގާލެއް! މަވެސް މިއުޅެނީ މައްސަލައެއް ހައިކޯޓަށް ލައިގެން! ހަރާން ވީ ކަމެއް! މިހާރު ވާނުވާ ނޭނގިހުންނަތާ 2 އަހަރުވަނީ! އަދި ކޮބާ މަ ގަތް ފުލެޓުވެސް ސަރުކާރުން ކާލާފަ ލާރިކޮޅުނުދީ! ނަޝީދު ކުރި ކަންތައް ވަހީދާ ޔާމީނާ އަދި ސޯލިހުވެސް ހަމަ ކުރިޔަށް! މި ޤައުމުގެ ވަކިމީހަކަށް ވަކިގޮތް އަބަދުވެސް! ދުޢާ އަކީ އާޙިރަތުގައި ހެއޮގޮތް ލެއްވުން!

  32
  11
 4. ޚިޔާލެއް

  ސީދީބޭ އެއްމެންވެސްކުރަނީ އެއްކަމެއް އެކަކުވެސް ތަފާތުކަމެއްނުކުރޭ ވީމާ އެއްމެންވެސް ބައިތިއްބަންވީ ޖަލުގައި ވަކީހަކު، އަދި އެކަކުވެސް ޖަލުން ނެރޭކަމެއްނެތް1

  12
  2
 5. ީގަޓްރައީސް

  ވަކިޕާޓީއަކައް ނިސްބަތްވެއްޖެއްޔާ ހަމަހަމަކަމާ އިންސާފާ އޮންނަންޖެހޭނީ ހަމައެކަނިއެޕާޓީގެމީހުންނައް އެހެންމީހުންނަކީ އިންސާނުނެއނޫން އެހެންމީހުންނާދޭތެރޭ ޢަމަލުކުރަންޖެހޭނީ ވަލުޖަނަވާރުންނާ ދޭތެރޭ ޢަމަލުކުރާއުސޫލުން އެކަމަކު ބުނަން އެއީގަހޓްރައީސެއް ހުކުމްކޮއްފާނެތީ ކޯޓްތެރެއަކައްނުވެއްޓެ މައިބަދަބިންދައިގެން ގޮސްގެނެއްނޫޅުއްވާ ބޯއަބުރާތީއެއްނޫޅެ

  33
  1
 6. Anonymous

  މިޤައުމުގެދީނާއި މިނިވަންކަމަށްޓަކައި ވެސް ރ. ޔާމީން ޖަލުން ނެރެން ޖެހޭ. ރައްޔިތުންނަށް އަދިވެސް ހާދަ ނުވިސް ނެއޭ ގެރިމޯދީ ގެ އަތްދަށަށް މިހާރުވެސް މިގައުމުގެ ކަންކަން ހިގައްޖެ.މިއީ މިނިވަން މުސްތަޤިއްލު ޤައުމެކޭ ކޮން އިންޑިއާ ސިފައިންނެއް ބައިތިއްބާ ކަށް މިހާރުން މިހާރަށް އިންޑިޔާ ސިފައިން ބަލަންވީ އެމީހުން ހިތުހުރި ގޮތަކަށޭ ކަންތައްތައް ކޮށްލާނީ އަދި އެހާ ރޭޕިސްތާން ޤައުމެއް