މަސްތުވާތަކެއްޗާއެކު ނ. މާޅެންދޫ އިން ހައްޔަރުކުރި އެރަށު ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމްގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައި ވަނީ، ނ، ލަންދޫ ކޯޓުންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، އިއްޔެ މެންދުރެއް ހާއިރުއެވެ. ފަސް ގްރާމް މަސްތުވާތަކެއްޗާއެކުގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރެއްހާއިރުއެވެ. ހައްޔަރު ކުރީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ.

އޭނާގެ ނަން ޖަހާފައި ހުރި ކޮތަޅު ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވާ ބެލިއިރު، އޭގެން ވަނީ މަސްތުވާތަކެތި ފެނިފައެވެ.

އޭނާގެ އަތުން ފެނުނު ކޮތަޅުން ފަސް ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަަމަށް މައުލޫމާތު ލިބެއެވެ.

އޭނާ އާ ގުޅޭ މައުލޫމާތު މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފު

    ޢެޖެންދަ 19ތިi

  2. ޕީޖޭ

    ބަލަގަ 05 ގްރާމް ހޯދަން ދައުލަތުގެ ފައިސާ ޚަރަދު ނުކުރަން ކިމް ބުނެފައި އޮތީ..

  3. ޓތ

    ޖަޒީރާވަންތަ ޕްރިންސިޕަލެއް