މ. މުލަކުގައި ޒަހަމްތަކަކާއެކު ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

އޭނާ ފެނިފައި ވަނީ ވަޑާންގެއެއްގެ ތެރެއިންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ 44 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

ފުލުހުން ވިދާޅުވީ، މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގެ ވަޑާންގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ރޭ ފަތިހު 4:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާ އާ ގުޅިގެން ފުލުހުން އެ ގެއަށްގޮސް ވެއްޓިފައި އޮތް މީހާ މުކަލު ސިއްހީ މަރުޒަށް ގެންގޮސްފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މިހާ ފެނުނުއިރުވެސް ވާތް ފަރާތުގެ މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަކަށް 9 އިންޗިއެއްހާތަން ކަފައިގެންގޮސްފައިވާ ކަމަށެވެ.

މި މީހާގެ މޭމަތިން އެވަރުގެ ތަނެއް ކަފައިގެން ދިޔައީ ކިހިނެއްވެގެން ކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    ތިވާނީ ކުރީސަރުކާރުގަ ވެފައޮތް ކަމަކަށް.

    84
    8
  2. ށާވީ

    މަރާލާފަތަ ނޫނީ މަރުވެފަތަ؟؟؟؟؟؟؟؟؟

    49
  3. Anonymous

    ވުޑް ކަޓަރުގެ ބްލޭޑް ވިއްސާއިގެން ގޮސް ޖެހުނީ ނޫންބާ. އެވެސް ވ މަދުން ދިމާވެދާނެ ހާލަތެއް

    20
  4. ބާލަބޭ

    ދިވެހި މުސްލިމު އަޚުންނާއި އުޚުތުން އެބައިމީހުން މާތްﷲ ދެއްވި ބޮޑު ނިޢުމަތަށް 2018 ގައި ކުފުރު ވުމުގެ ސަބަބުން ހާދަހާވާ ގިނަ ކަންތައްތަކެއް ޢިބުރަތެއްގެ ގޮތުގައި އެބަ ދައްކަވައެވެ. އާދަޔާ ޚިލާފަށް ޙާދިޘާތައް އިތުރުވެ ، ކުއްލިމަރުތައް ގިނަވެ ، ބަނގުރަލާ މަސްތުވާތަކެތި ޤަވްމުގައި ކޯރުދެމި ، ވިޔަފާރިތައް ދަށްވެ ، މޫސުމީ މުޞީބާތްތައް ދިގުދެމި ، މަސައްކަތުން ހެޔޮ ނަތީޖާ ނުނިކުމެ ، ބަލިމަޑުކަން އިތުރުވެ ، ގިނަ ޢަދަދަކުން ބަލިކުދިންނާ ކުޑަކުދިން ޅަފަތުގައި މަރުވެ ، ޤަވްމުގައި ނާމާންކމުގެ ސާލު ފެތުރި ، އަޅުވެތިކަން ކުރިމަތިވެ ، ވައްކަމާ ފޭރުން މާޑަށްގޮސްފިއެވެ. ދިވެހިންނޭވެ! ވިސްނައި ފިކުރުކުރައްވާށެވެ!

    78
    10
  5. ގައުމުގެ ކަރުނަ

    މީ އިސްލާމީ ޝަރީއަތް ނަގާ ކޮޅުފަެިން ޖެހީމަ ވާގޮތް.
    ވެރިމީހާ އާއި މެންބަރުންނާ ގާޒީންނާ އެމީހުންނަށް ވޯޓު ދިން އެއްމެން މިދުނިޔޭގަ ވެސް އަދި މަހުޝަރު ދުހު ވެސް ޒިންމާ ވާންޖެހޭނެ.

    މަގޭ ލޮބުވެތި ރައްޔިތުންނޭވެ.. އިސްލާމީ ހަރުދަނާ. އިސްލާމީ ޝަރީއަތް ތަންފީޒު ކުރާނެ ކަހަލަ ބަޔަކަށް ވޯޓުދޭށެވެ.

    58
    3
  6. މޮހޮދު

    ހުސްތިކަހަލަ މަރު ދޯ؟ ކޮބާ މި ސަރުކާރުން ހަދައިގެންއުޅޭ މަރުކޮމިޝަން

    16
  7. ބިރު

    އިބޫސޯލިހުގެ އާއަހަރު ފެށުމާއެކު ހާދައުފާ ވެރިމަންޒަރު ތަކެކޭދޯ މިފެންނަނީއެހެންނުވާނީ އާއަހަރު ފެށުމާއެކީ އަހަރުގެ ކުރިމަރާލައި ފި ނިމުނުއަހަރުގަވެސް މަރުގެ ރެކޯޑެއް މިއަހަރު މިހާތަނަށް ކިތައްމަރުތޯ އަދި މިއަހަރު މިމޭނެ ގޮތެއް ވެސްނޭ ގެ ރަށްޔަތުންނޭ މިއީ އާދައިކަމެއްނޫން މަރުކޮމިޝަން ވެސް ކިއުޖެހިފަ ސޯލިހޫ މާދަމާ ކިތައް މީހުންތޯ

    14
  8. 1ކާލޯސް

    ތީގަ ކޯބާ އިބޫގެ މައްސަލަ އަކީ އެއްޗެހި ލިޔާ އިރުގަ ރަގަޅައް ވިސްނަބަލަ މިލިޔެވެނީ ކީކޭ ކަން މީހުން ނުބާކަމުން ގޯސް ހައްދު ފަހަނަޅާ ދަނީ ހުންނަ ވެރިމީހާގެ ސަބަބުން ބުނާ މީހުން ނަކީ އެއްވެސް އެއްޗެއް އެގިގެން ވާހަކަ ދައްކާ ބައެއް ކަމަކަކައް ގަބޫލުނުކުރަން

    3
    7
    • ޔޫސޭ

      ވެރިކަމަށް އަރަން ބޯކޮށްޕާލީ މިކަންކަން ހައްލު ކުރާނަމޭ ގޮވަމުން. ދެން ނުވީމަ ފާބަންވީ. އަދިވެސް ވޯޓުހޯދަން ދުވަނީ.

  9. 1ކާލޯސް

    އެހެންތަ ދިވެހިރާއްޖޭ ގައި މިހާތަނަށް އުފަންވީ އެންމެ ރައީސެއްތަ 1ކާލޯސް ތިކިޔޭއެއްޗެއް އެނގޭތަ ތިގޮވެނީ ގުދޯ ގުދޯ ނޫންތަ ލިޔެވޭ އެއްޗެއް ނޭނގި ގެން އުޅެނީ އެހެން މީހުނަށްތަ ނޫނީ ތިމާޔަށްތަ 1ކާލޯސް