ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮތީ ކަނޑުތަކާއި ފަޅުތަކުން ލިބޭ ނަފާގެ މައްޗަށްކަމުން، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހދ. ނޭކުރެންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ބޭއްވެވި މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގައި މިހާރު ކުރަމުންދާ ދިރާސާ އަކީ މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރެވޭ މިފަދަ އެންމެ ބޮޑު މަސައްކަތްކަން ފާހަގަ ކުރައްވައި، މި ދިރާސާ ކުރިޔަށް ގެންދަވާ ކަމަށްޓަކައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއި އަދި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ބޭފުޅުންނަށް ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިފަދަ ދިރާސާއެއް ރާއްޖެއަށް އެހާ މުހިންމުވާ ސަބަބަކީ ރާއްޖެއަކީ އުފެދުމުގައިވެސް ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް ވެފައި ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފައިދާ އެންމެ އެދެވޭ ގޮތަށް ހޯދުމަށް މި ދިރާސާއިން އެހީތެރިކަން ލިބޭނެތީކަމުގައި ވިދާޅުވިއެވެ.

މި ދިރާސާއަށް އަލިއަޅުއްވާ ލައްވަމުން އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެން ކަމުގައެވެ. އެގޮތުން ފުރަތަމަ މަރުޙަލާއަކީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ބޯހިމެނުމުގެ މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދިރާސާގެ ތެރޭގައި މި ތަކެއްޗަށް ގެއްލުން ލިބެނީ ކޮންކަހަލަ ކަމަކުންތޯ ހޯދާ ބަލާނެކަމަށާއި، މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ އަލީގައި އެކުލަވާލެވޭ ކަރުދާސް އާއްމު ކުރެވިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ދިރާސާގެ ދެވަނަ މަރުޙަލާއަކީ ދިރާސާގެ އަލީގައި އެކުލަވާލެވޭ ކަރުދާހަށް ރިޢާއަތްކޮށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރަން ޖެހޭ ސިޔާސަތުތައް ސަރުކާރުން ކަނޑައެޅުއްވުމެވެ. އަދި މީގެ ދަށުން އެކުލަވާލެވޭ ސިޔާސަތުގެ ތެރެއިން ހިމާޔަތްކުރެވޭ ތަންތަނުން ލިބެން އޮތް އެންމެ ރަނގަޅު ފައިދާ އެއް ހޯދޭނެ ގޮތް އެކުލަވާލެވިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލާފައިވާކަން ފާހަގަކުރައްވާ ރަށްރަށުގެ އިޙްތިޞާޞް ކަނޑައެޅިގެންދާ ހިނދު އެތަންތަން ޙިމާޔަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކައުންސިލުން ކަން ފާހަގަކުރައްވާ އެބޭފުޅުންގެ ޒިންމާތަކަށް އަލިއަޅުއްވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    ރިސޯޓުތަކުން ބިމުކުލިނަގާއިރު 3 ގުނަބޮޑުކޮ ށް ވިއްކަމުންދާ މޫދުކޮޓަރިތަކުން ސަރުކާރަ ށްލިބެނީ ކޯޗެއްތޯ؟ ބެޑްޓެކްސް ކަނޑާލާފަ ގްރީންޓެކްސް ނަގާފަ އެލާރިކޮޅުވެސްމިއަތުލަނީ ފަތުރުވެރިންގެއަތުން. 8 ޑޮލަރުބެޑްޓެކްސްގެ ގޮތުގައިނެގިއިރަ ށްވުރެ %100 ޕަސެންޓުބޮޑުކޮ ށް މޫދުކޮޓަރިތައްވިއްކާއިރު ހަމައެކަނިގްރީންޓެކްސް!!!!

  2. ޟޒޖސ

    Miyaru baanan huhdhakurah v nu ެeyރ haadhafaidhaaeh vaanެ rahyithu meehaަ u

  3. ޒީރޯޓޮލަރެންސް ކުރަފި

    މަ ހީކުރީ ސްޓިކާ އާއި ޖޫރިމާނާގެ މައްޗަށްކަމަށް ބިނާވެފައޮންނަނީ

  4. ބެއްޔާ

    ރައްޔިތުމީހާގެ ހައްގު މިންވަރު ނުލިބެނީި މިސަރުކާރުގެ ކޮރަޕްޝަން ބޮޑުކަމުން.