ރާއްޖޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ބަލި، ހިމަ ބިއްސަށް އަނެއްކާވެސް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ހިމަ ބިއްސަށް މިއަދު 10 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ ކުރިން ހިމަ ބިއްސަށް ރާއްޖެއިން 2 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވް މީހާއާ އެކު މިހާރު އެބަލި ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 3 އަށް އަރާފައެވެ.
ހިމަ ބިއްސަކީ "މީސްލްސް" ޖަރާސީމުން ޖެހޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުމެވެ. ރާއްޖޭގައި މިބަލި ފެތުރެން ފަށާފައި މިވަނީވެސް ވެކްސިން ނުޖަހާ ހުއްޓާ ކުޑަކުއްޖަކަށް އެބަލި ޖެހިގެންނެވެ. އެއާއެކު ޑޮކްޓަރަކާއި އިތުރު ކުޑަކުއްޖަކަށްވެސް އެބަލި ވަނީ ޖެހިފައެވެ.
Himabihssaai Gulhey Gothun Konmmehen Ingen Jehey Mauloomaathuthah!https://t.co/c2b4dROw2h
— Vaguthu Online (@VaguthuOnline) January 14, 2020
އެކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަނީ އެބަލި ޖެހިފައިވާނެ ކަމަށް ބެލެވޭ މީހުން ޓެސްޓު ކުރަމުންނެވެ.
ހިމަ ބިއްސަކީ ވައިގެ ޒަރިއްޔާ އިން ވަރަށް ހަލުވި ކަމާއި އެކު ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައި ވާއިރު، މި ބަލިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިންތައް ސަރުކާރުން ދަނީ ހިލޭ ޖަހައިދެމުންނެވެ.
މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް މި ބަލި ޖެހުމަކީ ނާދިރު ކަމެއް ކަމަށް ސިއްހީ މާހިރުން މައުލޫމާތު ދެއްވައެވެ. މި ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ނަމަވެސް، ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ.
سُـبْـحَـانَ ٱلله
شَفَاكَ اللهُ
اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا
Oh Allah, the Lord of the people! Remove the trouble and heal him (i.e. the sick person) for You are the Healer. No healing is of any avail but Yours; healing that will leave behind no ailment.[1]
آمين يا رب العالمين
ރާއްޖޭގައި ޕޮޒިޓިވް ނުވަނީ ކޮންބައްޔަކަށްތަ
ހިމަ ބިއްސަކީ ޑެންގޫ، ޗިކަން ޕޮކްސް، ޗިކަންގުންޏާ، ފަދަ ނުރައްކާތެރި ބައްޔެއް ނޫން. ކިހިނެއް ވެގެން ސަރުކާރުން މި އުޅެނީ
ކަލެޔައް ނުވަތަ ކަލޭގެ އާއިލާ މީހަކައް ޖެހުނީމަ ހަމަ ހެވިލާފަ އުޅޭތަން ފެންނާނެތާ.
ސަރުކާރު އާއި ކަލޭ އިންނަންވީނު
ކިތަންމެވަރަކަށް ވެކުސިން ޖެހިއަސް ބަލި ޖެހޭނެ. މިއަދުވެސް ތިއުޅެނީ ގޮތް ދޫނުކުރަން. ހިމަބިހި ނައްތާލިއްޔާ ފަލަބިހި ނޫނީ ކިރުބިހި ނަމަވެސް ޖެހޭނެ. ބަލިން ރައްކާތެރިވުމަށް ވެކްސިނެއް ނޫން ޖަހާނީ . ސާފުތާހިރުކަން އިސްކޮށް ރައްކާތެރި ކާބޯތަކެތި ކައި ﷲ ގެ ކަލާމްފުޅުން ފަރުވާކުރަންވީ.
މުޅިން ރަނގަޅު ވާހަކަ އެއް ނޫން ބަލިން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅު ތަކުގެ ތެރެއިން ކަމެއް ވެކްސިން ޖެހުމަކީ... ކޮންމެ ކަމެއްގެ ތެރެއަށް ދީން ވައްދާކަށް ނުޖެހޭ.. ބަލި ވީމަ ބޭސް ނުކޮށް ދުއާ ކުރީމަ ރަނގަޅު ވޭތަ
ބަަލަގަ މިހިރަ މޮޔަ ބުރާންޗާ ކަލޭ ކިތަންމެ ސާފުތާހިރުކިއް ދީނައް އުޅުނަސް ކަލޭ ތިޔަ އުޅެހެން ނޫޅޭ މީހުންވެސް އުޅޭނޭކަމައް ދަނެގެން ދުނުޔޭގަ އުޅޭނީ މީކީ ރަސޫލުން އުޅޭ ޒަމާނެއްނޫން . ޢެހެން މީހުންގެ ފަރާތުން ބަލިތައް ފެތުރުނީމަ ދެންތިބި މީހުން ރައްކާތެރިކަން ހޯދަން އޮތް މޮޅުގިތަކީ މީ. ޙަމަ ކަމެއް ވާއިރައް ސަރުކާރު ..