ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އާބާތުރަ ފުލުވުމަށް ގިނަ މަރާމާތުތަކެއް ކުރުމަށް 2.2 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކުޅުދުއްފުށިން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހޮސްޕިޓަލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސެސް އަހުމަދު ދާއޫދު އެވެ. ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ހަސަންއެވެ.
މި މަރާމާތުގެ ތެރެއިން މުޅި ހޮސްޕިޓަލުގެ ހުރިހާ އިމާރާތެއްގައި ކުލަ ލުމާއި، ހުރިހާ ފާޚާނާއެއްގެ މުށި ބަދަލުކުރުމާއި، ޕޯޓިކޯއަށް ވަދެ ނުކުމެވާ ވޯކްވޭގެ ގާތައް ބަދަލުކުރުމާއި، ދޮރު ފޮތިތައް ބަދަލުކުރުމުގެ އިތުރުން ދޮރުތައް މަރާމާތު ކުރުން ކުރިއަށްދާނެއެވެ.
މި މަސައްކަތުގައި ސޮއިކޮށްފައިވަނީ 44 ދުވަސް ތެރޭގައި ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ. މި މަސައްކަތުގެ ތެރޭގައި ހޮސްޕިޓަލުގައި ކުރަން ހުރި އިތުރު ބައެއް މަރާމާތުތައްވެސް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ދިޔަދޮވިތަކާއި، އޮފީސް ޕާކިން ޝެޑް، ކުނި އަންދާގެ، ކޫލް ރޫމް، ވޯޑް ޕާޓިޝަން، އޮކްސިޖަން ސްޓޯރ، ލޯންޑްރީ ބޮޑު ކުރުން ހިމެނެއެވެ.
ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވެފައި ހުރި ގިނަ ބަދަލުތަކެއް މި ޕްރޮޖެކްޓާއެކު އަންނާނެ ކަމުގައި ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސް އަހްމަދު ދާއޫދު ވަނީ މައުލޫމާތު ދެއްވާފައެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުގައި މިވަގުތު ދަނީ ހަތަރު އެނދުގެ ލޭބާރ ރޫމްއެއް އެއްގެ އިތުރުން ސީއެސްއެސްޑީ ރޫމެއް ހެދުމުގެ މަސައްކަތް ކުރެވެމުންނެވެ.
އޯއްހޯއް. ހޮސްޕިޓާތެރޭ 2 ބިއްގަނޑުޖަހާލަން 2.2 މިލިޔައް ރުފިޔާ. ވަރައް ތާހިރު އިނގޭ. އަނެއްކާވެސް ކޮންމެސް އެމްޑީޕީ މީހަކު މުއްސަނދިކޮއްލަދިނީ..
2.2 މިލިއަން ރުފިޔާ ގެ ކޮންޓްރެކްޓެއްގައި ސޮއިކުރިން ގޭގެ ސިޓިންގ ރޫމްގައި. ޗާލު ވާ
ކެންޕެއިން ކެންްޕެއިން ކެންޕެއިން ޕާޓީ ކުދިންނަށް ޕުރޮޖެކުޓުތަށް....