އއ. ފެރިދޫ ގެއަކަށް ވަތް ގްރޫޕަކުން މީހަކަށް ހަމަލާދީ، އެ ގެއަށާއި މުދަލަށް ގެއްލުން ދިނުމަށްފަހު ފިލައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާގެ ބޮލުން ދެ ތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ވާތު އަތުގެ އުޅަބޮށި ކަފައިގެން ގޮސްފައިވާ ކަމަށާއި ވާތު ކޮނޑުމަތިން ތަންކޮޅެއް ހަލާކުވެ ކަނާތު ލޯ ދުޅަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 12:40 ހާއިރުއެވެ. އަދި އެހާދިސާގައި އެގެއަށް ވަދެފައިވަނީ ހަ މީހުންގެ ގްރޫޕެއް ކަމަށާއި އެމީހުން ހަމަލާދީފައިވަނީ 32 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑޭ

    ކޮންކަމަކާ ރުޅިއައިސްގެން އެމީހާއަށް އެހެންހެދީ؟

  2. ކޮރަލް

    ތިޔަ މީހުން ރަށުން ބޭރު ކޮށް ބަލާށެވެ.

  3. ޗޮއްޕަޓު

    މިއޮތީ ވެރިކަމެއް ބަޔަކަށް ލިބިފަ.... މާރާމާރީ އެއް ނުހިންގާ، މަގެއްގެ މަތިން ޕާޓޭ އެއް އެއްގޮތަކަށް ވެސް ނުފެނޭ