ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް މިއަހަރު ވެގެންދާނީ އުފާވެރި އަހަރަކަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޝްހޯންގް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ މިއަހަރު ތެރޭ ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރުގެ ތަމްރީން ހޯދުމާއި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ދަނޑުވެރިކަމާއި ބަހުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

ސަފީރު ޝަންގ ލިޝޮންގ ވަނީ މިކަންތައްތައް ކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލައި، ދިވެހިންގެ އެއްބާރުލުން މުހިންމުވާނެކަމަށް ވިދާޅުވެފައެވެ.

އޭނާ މިހެން ވިދާޅުވި އިރު ސަރުކާރުން ދަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރާ ދެމެދު ބަހުގެ ހަމަލާތަކެއްވެސް ވަނީ ރައްދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ތިހަބަރުން މިސަރުކާގެ ބައިވެރިން އުފާވެދާނެ އެކަމަކު ތިއީ އަހަރެމެން ގައުމާ ދީނަ ށް ލޯބިކުރާބަޔަކު އުފާވާނެކަމެނޫން...މިސަރުކާރު ބާއްވަން އަހަރެމެން ބޭނުމެނޫން...ގައުމުވިއްކާ އަޅުވެތިކޮއްފި..އިންޑިޔާގެ ތުންފުއްސަކަ ށް މިތަންވެއްޖެ..ޗައިނާވެސް މިގައުމަ ށް ހެވެއެދެންޏާ މިސަރުކާރަށ ށް ފައިސާނުދީ...ބަޖެޓް އެއްކޮ ށް ދަވާލާއިގެން މިއޮތީ މިސަރުކާރު...ތިއުޅެނީ އަނެއްކާ ސަފީރު 2ކިލޯ ހަ ށިގަޑުން ލުއިކުރަން ޖަވާބުދީދީ...