މާލޭގައި 14 މީހުންގެ ގްރޫޕަކުން މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ ފޮރިން މިނިސްޓްރީ ކައިރީގައި ހިނގި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގައިދިޔައ މާރާމާރީގެ ވީޑިއޯއެއް ވެސްވަނީ މީސްމީޑިއާގައި އާންމުވެގެން ގޮސްފައެވެ. އެ ވީޑިއޯ އިން ފެންނަނީ ޒުވާނަކަށް ގިނަ އަދަދެއްގެ ބަޔަކު އައިސް ހަމަލާދޭ މަންޒަރެވެ. އަދި ފުލުހަކު އައުމުން އެ ގުރޫޕުންވަނީ އެ ޒުވާނާ ދޫކޮށް ގޮސްފައެވެ.

ފުރަތަމަ އަނިޔާ ކުރަން ފެށިއިރު، އެތަނުގައި ތިބީ ތިން މީހުން ނަމަވެސް މަގުމުގެ ދެ ފަރާތުންނާއި ކުރިމަތީގައި އޮތް ގޯޅިތަކުން ސައިކަލުތަކުގައި އާއި ދުވެފައި މީހުން އައިސް އޭނާއަށް އަނިޔާ ކުރެއެެވެ. އަދި ގޯޅިން ނުކުތް ސައިކަލެއް އަންނަ ގޮތަށް މަޑުކޮށްފައިވަނީ އޭނާގެ ގައިގައި ސައިކަލު ޖެއްސުމަށް ފަހުއެވެ.

އެ ޒުވާނާއަށް އަނިޔާ ކުރުމަށްފަހު އެ ގްރޫޕް ދިޔައިރު، އެތަނުގައި ފުލުހަކުވެސް އިނެވެ. އެ ގްރޫޕް ދިއުމުން އެ ޒުވާނާ ތެދުވެެގެން އިތުރު މީހަކާއި އެކު ދިޔައީއެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ޖުމްލަ އަށްމީހުން މީހާރު ހައްޔަރުކޮށްފައިވާ ކަމަށާއި މި އަށްމީހުންގެ ތެރެއިން ހަމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށެވެ.