މީސް މީޑިއާގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކަމުން އަންނަ އުފާ މުހުތާރު ފަހުމީއާ މެދު ފުލުހުންނަށް ފިޔަވަޅު ނޭޅެނީސް އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން މިރޭ ހިނގައްޖެއެވެ.

"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އޭނާ ރާއްޖެއިން ފުރާފައިވަނީ މިރޭ 20:55 ހާއިރު ފުރަން އޮތް އެއާ އޭޝިއާގެ ފްލައިޓަކުންނެވެ. އަދި އޭނާ ގޮސްފައިވަނީ މެލޭޝިއާއަށްކަންވެސް ވަނީ އެނގިފައެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް 3 ވީޑިއޯ އެއް ޔޫޓިއުބް މެދުވެރިކޮށް ހެދުމަށް ފަހުގައި އުފާ ދައްކަމުން އައި ވާހަކަތަކުގެ ރާގު ވަނީ މަޑުމަޑުން ބަދަލުވާން ފަށާފައެވެ. އެއީ މިއަދު އިސްލާމިކް މިނިސްޓްރީ އިން އުފާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް އިއުލާން ކުރުމުން ކަަމަށް ބެލެވެއެވެ.

އުފާ ބުނެފައި ވަނީ އޭނާއަށް މި ގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށާއި ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް ދިރިއުޅުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެހީތެރިވުމަށް އެދޭ ކަމަށެވެ. އެގޮތުން އޭނާ ހުންނާނެ ތަންތަން ހަމަޖައްސައި، އޭނާ އަށް ގިފްޓު ކާޑު ދިނުމަށްއެދިފައި ވާއިރު އުފާ އިތުރަށް ބުނެފައި ވަނީ ހޮސްޕިޓާލިޓީ ދާއިރާ އިން ނުވަތަ އެނޫންވެސް ވަޒީފާ އެއް ރާއްޖެ އިން ބޭރުގައި އަދާ ކުރެވިދާނެ ކަމަށެވެ.

އުފާ އިސްލާމްދީނަށް ފުރައްސާރަކޮށް މީސް މީޑިއާގައި ޕޯސްޓްތައް ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ ކުރިން އޭނާ ފުލުހަށް ވެސް ހާޒިރު ކުރިއެވެ. ނަމަވެސް އޭނާ ފުލުހަށް ހާޒިރު ކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް ރަސްމީ އެއްވެސް އިދާރާއަކުން އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

 1. އިބޫ ހުޅުމާލެ

  ފުރުވާލީ ކަމަށް ބެލެވޭނީ.. މީ ލާދީނިޔަތަށް ހިއްވަރުދީ ޙިމާޔަތް ކުރާ ސަރުކާރެއް...

  295
  21
 2. އަޙުމަދު މުޙައްމަދު

  ފުރުވާލީ، ލާދީނިއްޔަތު ފަތުރަން އައި ސަރުކާރަކުން ލާދިއްޔަތު ފެތުރުމުގެ މަސައްކަތް ކުރާ މީހަކަށް އަދަބު ދޭނެކަމަށް ހީކުރާނީ ވެސް މޮޔައެކެވެ. މި ސަރުކާރުން އަދަބު ދޭނީ އިސްލާމް ދީން ފަތުރަން އުޅޭ މީހުންކަން އަދި ވެސް ނޭނގެނީހެއްޔެވެ؟

  228
  22
 3. ޖުލައި

  ލާދީނީ މީހުންނަށް މި ސަރުކާރު ގަ މިނިވަންކަން އޮންނާނެ. ފިޔަވަޅެއް ނާޅާނެ. މިސަރުކާރުގެ ވެރިންނަކީ ފާޅުގަ ލާދީނިއްޔަތަށް ސަޕޯޓް ކުރާ ބައެއް.

  191
  16
 4. މޮޔަ

  ބަލަ އަދިވެސް ދިވެހިންނަށް ވިސްނަން ނޭގެނީތަ.. އަންނި އަކީ އިބޫ.. އެމީހުންގެ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގެ ދީން ހަލަކު ކޮށްލުން. ޢެމީހުންނަށް ބޭރުން ހިމާޔަތް ލިބޭ

  202
  11
 5. Anonymous

  މިފަހަރު ކަޅު ސައި ބުއީ

  8
  6
 6. Anonymous

  ކޮންމެވެސް ބޮޑުބައެއްގެ އެހީތެރިކަމެއްނެތި ނުފުރޭނެ. އިސްލާމް ދީނާ ދުރު ފިކުރު މީހުންދެކެ ލޯބިވާ ބަޔަކު މިސަރުކާރުގެ ބޮޑުންގެ ތެރޭގައި އުޅޭކަމަށްވޭ.

  166
  13
  • މަރީ

   އަޅެ ބުނެބަލަ ބޭބޭ، އިސްލާމް ދީނަކީ ރަހުމެއް އޯގާތެރިކަމެއް ނޯންނަ ދީނެއްތަ؟

   13
   8
   • ބޮންތި

    މަރީ ޝޯޓްކަޓަކުން ޔޫރަޕްގެ ފަސޭހަތަކުގެ އުޅުން ޖެހިކުޅި އުފާ އަށް ކާމިޔާބުކުރީ! މަރީ ދެރަނުވޭ!

 7. ނާނު

  ޢިސްލާމްދީނާ ދެކޮޅަ ށް ވާހަކަ ދައްކާ މީހުނަށ ށް ޔޫރަޕްގެ ގައުމު ތަކުން ވަރަ ށް އެހީތެރިވޭ ދޮއްތަ

  146
  10
  • ޖުހާ

   ކަލޭވެސް ދާން ހުށަހަޅަންވީނު. މާ ހިތްފަސޭހަވެފައި އަރާމުވާނެ. މީދޮގެއްތަ؟

   15
   3
  • ގަޕްލަ

   މި ގޮނޑު ރާއްޖޭގަ އުޅުމަށްވުރެ ރަނގަޅޫވާނެ ޔޫރަޕުވެސް.

   14
   19
 8. ގަމަރު

  އުފާ އެއީ ލާދީނީ އިންތި އަށް ބޮޑުބެކިޔާ މަންޖެއެއް އުފާފރުވާލިމުގައި އިންތި ރޯލެއް ވާނެ އެޖެންޑާ 19 ތަފާތުވާނެޔޭ އެބުނަނީ މިހެންވެގެން

  159
  11
 9. ތަކުރު

  ހުސް ޖަރީމާ، ކޮބާތޯ ކޮބާތޯ ހޯމްމިނިސްޓަރު؟

  128
  9
 10. Anonymous

  މިހުރިހާ ކަންތައްތަކުން ވެސް އިންގެނީ ސަރުކާރުގެ ނާޤާބިލް ކަމާއި ލާދީނިއްޔަތު.

  138
  10
 11. ހުސޭނުބޭ

  ކަލޯމެންނަށް އެނގޭނީ ސްޓިކާ ޖަހަން އެކަނި! އެކަމަކު އެވެސް ޖަހަން ޖެހޭވަރުގެ އެއްޗެއްގައި ދުވަހަކުވެސް ނުޖެހޭ! ލޮލް!

  139
  13
 12. އ. ޖ. އ

  ތިޔައީ ހިތާމައެއް

  66
  9
 13. އަހްމަދު

  އިސްލާމްދީނުގެ ގޮތުގަ މިޤައުމު އޮތުމަކީ ޤައުމުގެ ވެރިން ބޭނުންވާ ގޮތެއްނޫން.

  86
  9
  • އަހްމަދު

   މިގައުމުގެ މިހާރުގެ ވެރިން ބޭނުންވާ ގޮތެއްނޫން.

   11
   8
  • ބަރަބޮންޑި

   އެއީ ހަމަވިސްނޭ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫން.

   11
   15
 14. ބްރޯ

  ދީނަށް ފުރައްސާރަ ކުރާ ފަރާތަކަށް މިސަރުކާރުން ފިޔަވަލެއްނަޅާނެ .ބާރު ބޮޑުވީމަ ބޭރަށް ފުރަން ފުރުސަތު ދޭނެ . އެތަންތަގަ ދިރިއުޅޭނެގޮތް ހަމަޖައްސާދޭނެވެސްމެއަ

  73
  10
 15. ޢަޅި

  ޙަހަހަހ ސަޅި

  25
  14
 16. ބޯކިބާ

  ބަޔަކު ބޭސްވެރިކަމާއިބެހޭގޮތުން ހިޔާލުފާޅުކުރާ ވައިބާގުރޫޕެއްގެ މައްސަލަ މިއަދު ބަލަންފެށީ. މުރުތައްދުވާހަކަ ދައްކާއިރު މައްސަލަބެލޭވަރެއްނުވޭ.

  81
  8
 17. އަސީ

  ސްޓިކާޖަހާޖަހާ ވަރުބަލިވެގެން ނިދުނުގަޑީގަ އެދިޔައީ ފުރައިގެން.

  85
  8
 18. ޙެހެ

  ފިތަވަޅު އަޅާނެ އިސްލާމް ދީން މީސްތަކުންނަށް ވިސްނައިދޭން އުޅެފިއްޔާ. ތި ޢީ މިހާރު ބޭނުންވާގިތެއްނު

  64
  8
 19. ޗަހިންދާ

  އެމްޑީއެން ގެ ހިމާޔަތް ލިބިބިގެން އެދިޔައީ ލަނޑަ ޔާވާނީ ހަމަ ލަނޑަ ޔާ ދޯ

  13
  8
 20. ލާދނއނނ

  ﷲ ގަންދީ ހުވާކޮއްގެންތިބި ފުލުހުން ކޮބައިތޯ؟ ވެރިންގެ އަ މުރަށް ކިޔަ މަންތެރިވު މުގެ ގޮތުން ސްޓިކާޖެހު މުގައި އަވަދިނެތި އުޅުނަސް ﷲ ގަންދީ ކުރިހުވާގެ މަތިން ހަނދާންނައްތާނުލައްވައްޗޭ. އަދި ވަގުތު އަންނާނެ. އެދުވަަހަކުން މމމމިލާދީނީ ވެރިކަން ދިވެހި ފަސްގަނޑުން މުލުން ލުހެލު މަށް ހުރިހާ ފުލުހުން ނުކުންނަވައްޗޭ. ތިޔައީ މިގައު މުގެ ފަޚުރު.

  8
  9
 21. ޒީރޯޓޮލަރެންސް ކަރުހިމަ ފުޅި

  އެޖެންޑާ 19 ފުރާފުރިހަމަވަނީ

  9
  10
 22. ބުންޏާމީން

  ހުރިހާކަމެއް ގޯހުން ގޯހަށް.މިފަހަރު ކައުންސިލް އިންތިހާބުގަ ދިވެހި ރައްޔިތުންތިބީ އެމްޑީޕީއިން ޖަހާހާ ބެރަކަށް ނަށަންނޫންކަން ދައްކާދޭތި.ޔާމީން ސަރުކާރުގައި ނާޖާއިޒު ގޮތުގައި ފައިސާ ބޭނުންކުރިޔަސް ކަންތައް ކޮށްލަދީފި.މިސަރުކާރުން މިއުޅެނީ ކަންކަން ނުވެގެން.އުފާވެސް ބަޔަކު އަޑީގަތިބެގެން ފުރުވާލީކަމަށްވާނީ.

  5
  10
 23. Anonymous

  ލާދީނީ ހައްދުފަހަނަ އެޅި މީހުން ބޭނުން އެއްޗެއް އިސްލާމްދީނައް ކިޔާއިރު އެކަން ނުބެލި ވެކްސިނާ ދެކޮޅައް ހަދާފައިން ވައިބަރ ގްރޫޕެއްގެ ކަންތައް ބެލޭއިރު ވާނުވާ ރީނދޫ ބައިގަނޑުގެ މުރުތައްދުންނާއި މުނާފިގުންނާއި ފާސިގު ފާޖިރު އެއްޗިއްސައް ވިސްނޭބާ ހިތައް އަރަނީ. މިވަނީ ކީއްކަމެއް އެނގޭބާ. ނޭގޭނެ

  10
  12
 24. އަޙްމަދް

  މި ޖާހިލު އަންހެން ކުޖާއަކަށް މިޤައުމަކު ނޫޅެވުނުވެ.
  ފާޅު ގައި ޓެރަރިސްޓުނަށް ތާއިދުކޮށް ހަދާ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ހަރުކަށި ފިކުރު ފަތުރާ އަދި ފަތުރާފަ ތިބި ޝޭޙުން ނަށް މީޤައުމުގައި ހަމަޖެހިލައިގެން އެބައުޅެއެވެ.؟

  8
  5
 25. ޕްރައިމަރީ

  އޭނާއަކީ ކުއްވެރިއެއްނޫން، ދެން ކީއްވެ ނުފުރެންވީ ؟
  މިގައުމަކީ މިނިވަން ގައމެއް. އެމީހަކު ބޭނުންވާހަކައެއް ދެއްކޭނެ. ދެމީހެއްގެ ހިޔާލު އެއްކަމެއްގައި ތަފާތުވުމަކީ މައްސަލައެއްނޫން.
  ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ މޑޕ މީހުން. ހަމަގައިމުވެސް އެހުރިހާ މީހުން ގޯހެއްނުވާނެ. ކަލޭމެން ކަހަލަ ކަޓުމީހުން ތިކަން ބޮޑުކަމަކަށް ހސދަނީ.

  12
  16
 26. ކޮރަލް

  ހައްދުފަހަނަ އެޅި މީހުންނަކީ.މިއީ އެވެ.

  6
  11
 27. ޢެޑްމުންޑޯ

  އުފާ އަކީ އިންތީގެ ބޭބެގެ ދަރިއެއް ، މިސަރުކާރުން ކިހިނެއް ފިޔަވަޅު އަޅާނީ

  10
  10
 28. އުމަރ

  އެކަކަށްވެސް ނުކެރޭނެ މިކަހަލަ މީހުނާ ދެކޮޅަށް ނުކުންނާކަށް.

  9
  8
 29. ޒާ

  ލާދީނީ ބައިގަނޑު ރައްކާތެރިކަން ހޯދަނީ ރާޢްޖޭން ބޭރުން. އެކަން ފެތުރުމަށް މި ސަރުކާރުން ދަނީ ސީދާކޮށް އެހީތެރިވަމުން.

  10
  9
 30. ފަރޭ

  ކަމެއް ވާއިރައް ފުލުހުން ފުލުހުން. އަޅެ އޭނަ ދޫކޮއްލީ ފުލުހުންތެ ނޫނީ ކޯޓުންތަ؟ މަޝައް އިގިގެން ފުލުހުންގެ ޒިމްމާއަކީ އޭނާ ހުއްޓުވާ ހިފެހެއްޓުމައް ފަހު ކޯޓު ގާޒީ ކުރިމައްޗައް ގެންދިއުން. މައްސަލަ ބަލާ މީހާ މައްސަލަ ކިޔާދިނީމަ ގާޒީ މުއްދަތެއް ދީފަ ބަންދުކުރަން އަންގަނީ. އެހިސާބުން ހައްޔަރު މިވަނީ. މިހާރު ވެއްޖެ މި ޓްރެންޑް ބަދަލް ކުރަން. ފުލުހުންގެ ކަނޑާލާފަ ކްރިމިނަލް ކޯޓު ޖަހަން. އޭރުން ހެޑިންގަ ޖަހާ " ކޯޓުން ފިޔަވަޅު ނާޅާ ދޫކޮއްލުމުން އުފާ ފުރައިފި " މިހެން

  10
  6
 31. ޫުުޫަާއުފާ

  އުފާއުފަލުންބޭރަަަައްދެންވާނީކިހިނެއެއްބާ ؟

  4
  7
 32. ބެއްޔާ

  މަތީ ފަނޑީގައތިބީ ލާދީނީމީހުން އެމީހުން ބޭނުންވަނީ މިގައުމުން އިސްލާމްދީން ފުހެލަން. ފިޔަވަޅުއަޅާނީ ސުންނަތަށްލޯބިކުރާ މުސްލިމުންނަށެވެ. މަޑުކައްށީގެ ލާދީނީ މީހުންނަށް ހިމާޔަތްދޭނީ. ކަށިހަރު މުސްލިމުންނަށް އަނިޔާކުރާނީ.

  10
  9
 33. އެޖެންޑާ19 ތަފާތު

  އިންތިގެ ފެމެލީކުއްޖެއް. ލާދީނީ ގްރޫޕްގެ އެޖެންޓެއް. ޔޫރަޕް ގައުމުތަކުން ރައްވެހިކަން ހޯދުމަށް ޖައްސާ ސްޓަންޓްތަކެއްތީ.

  10
  8
 34. އާދަމް

  މިތަނުން ފިލައިގެން ދިޔަސް އޭނާ ހެއްދެވިފަރާތަކަށް އޭނާ އަކަށް ނުފިލޭނެ ނުވެސް ފިލުވޭނެ.

  20
  8
 35. އަހްމަދްފުޅު

  ސުރުޚީ ރަނގަޅެއްނޫން. ބަދަލުކޮށްލައްވާ. " ފުލުހުން ފިޔަވަޅު ނާޅާ އުފާ ބޭރަށް ފޮނުވައިފި".

  8
  10
 36. ބޮޑު ހަސަންބެ

  އެ ފޮނުވާލީ ހަމަ. ސަބަބަކީ އެ މަންޖެ ހިފަހައްޓައިފިނަމަ އެމެރިކާގެ ޖަމާއަތްތަކުން މި ސަރުކާރައްދޭ އެހީތައް އުނިކޮއްފާނެތީ އެއީ. ދޮން މީހުން ހިއްރުއްސާގެނުު ގައުމު ހަލާކު ކުރެވޭނީ. ދެރައީ އެ.މް.ޑީ.ޕީ މީހުން ހޭނާރާތީ.

  8
  8
 37. ހާނިމް

  މީނަ ޔޫރަޕުން ވިސާ ހޯދަން ކުރިކަމެއް މިއީ

  6
  8
 38. ސަންގުމަރުމަރު

  އިސްލާމްދީނާ ޚިލާފު އެއްވެސް ކަމަކަށް މިސަރުކާރުން ފިޔަވަޅު ނާޅާނެކަން އެއީ އެންމެނަށް އެނގޭ ކަމެއް. އެކަމަކު ކީއްކުރާނީ ބޮނޑިބަތް ކެވިފަ ހުރިލެއް ގިނަ ކަމުން އެކަންކަމާ ދެކޮޅު ހަދާނެ ހިތްވަރެއް އެއްވެސް މީހެއްގެ ކިބަޔަކު ނެއް ވިއްޔަ!!!

  5
  9
 39. ހާލުފޮޅި

  ވީޑިއޯ ހަދާއިރު ހަމައަށް ވާހަކަ ދައްކަން އިނގޭނަމަވެސް ރީތިވީސް.. ހިތުގަ އޮންނަ އެއްޗެއް ބުނަން ނޭނގުނަސް އިނގިރޭސި ވެވޭތޯ ބަލާ.. މިކަހަލަ ވާނުވާއިންނާ ހެދި މުޅި ތަން ފަސާދަވަނީ.. އަތުގަ ލޯލާރިއެއް ނެތް އިރުވެސް ހިތް އެހާ މޮޅު، ރޮއެ ހޭރި ސަލާންޖަހައިގެން ތިކަން ވެއްޖެދޯ.. ލަދުން ބޯހަލާކު . .

  12
  10
 40. ޖިންނި

  މުރުތައްދު ސަރުކާރުން ނުހުއްޓުވާނެ ލާދީނީ މީހަކު މުރުތައްދު ސަރުކާރު

  8
  8
 41. އައްޔާބެއްޔާ

  ތިމީސްމީހުންނައް ޕަބްލިސިޓީދޭތީވާގޮތް. އެމީހުން މިގޭމުކުޅެނީ މިމަގުންގޮސް ތަރައްގީވަފައިވާ ގައުމެއްގަ ދިރިއުޅުމުގެ މަގު ކޮށޭތީ. އެގައުމުތަކުގަ ދިރިއުޅުމެއްފަށަން އެންމެކުރުމަގުވީމަ.

  5
  8
 42. ކިނިކްސް

  ކުރިއަރާފައިވާ ގައުމަކަށް ބަދަލުވެ އުޅުމަށް އެންމެ ފަސޭހަ ގޮތަކީ އިސްލާމްދީނުގައި ހުރެ އެދީނަށް ފުރައްސާރަ ކުރުން މިވަނީ ވެފައެވެ. "އެމީހަކު ކުރި އަމަލެއްގެ ރަހަ އެމީހަކު ދެކޭނެއެވެ". މިއީ ތިއޮލޮޖީއަކަށްވުރެ ބޮޑަށް ލޮޖިކަލް ހަގީގަތެކެވެ.

  6
  9
 43. ހުސެން

  ހަމަ ގަސްދުގައި ފުރުވާލީ ،މިބާގައިގެ އެންމެން މިހެން ފުރުވަނީ.އެމްޑީއެން ހަމީދު އަޑީގައި ހުރެގެން.މި ސަރުކާރަކީ ލާދީނީ މީހުންނަށް ތާއީދުކުރާ މަކަރުވެރި ސަރުކާރެއް

  6
  9
 44. މީހަކު

  ހާދަހާ ފނޑިއޭ ދޯ..

 45. ނަަން

  ރާގަކަށް ބަދަލެއް ނާދޭ ކުރީގައި ބުނީ ހަމަ އެހެން. ރާއްޖެއަކު ނެތޭ ދީނީ މިނިވަންކަމެއް.
  އޮބި އަޅައިގެންނޭ ދީނުގައި މި ގެންގުޅެނީ. މުސްލިމުންނޭ ކިޔާފަ ނުކުރާ ނުބައި ކަމެއްވެސް ނެތޯ.

  11
  1
  • ރަންނަވާރި

   ކޮން ރާގަކަށް ބުނީމަތަ ތެދެއް ތެދަކަށް ވާނީ؟

   10
   1
 46. ނުރަބޯ

  ފުރުވާލީ.... ފޮރުވީ. ލާދީނީ ސަރުކާރަކުން ލާދީނިއްޔަތަށް ނޫންތޯ ނަޞްރުދޭނީ....؟

  4
  9
 47. ނޯޑައުޓް

  ދެން ބަލަން ތިބޭ.. މީނާގޮސް އެދާތާކަށް ދެވި ، ފައިހަރުލާއިރަށް މީނަގެ ކުޅިވަރު އިހުނަށްވުރެއް ބޮޑަށް ފެންނާނެ.

  6
  2
 48. އެލެކްސްގެ މާމަ

  އަހަރެމެންގެ ދީންވެރި 100/100 މުސްލިމު ކުދިންކޮޅު އަވަދިނެތި ޓިކްޓޮކްގަ ނާޗަރަންގީ ކުޅެން ތިއްބަސް އޯކޭ، މިމަންޖެ ބްރޯކަން އިންގްލިޝްއިން ޔޫޓިއުބުގަ މޮޔަ ގޮވީމަ މި ގޯސްވީ

  5
  4
 49. ޓޮއް

  "މާތްﷲ ކޮންމެވެސް ދުވަހަކުން އެމީހަކަށް ރަހުމަތްލައްވައި، އެމީހަކު އިސްލާމްދީނަށް އަތުވެދާނެ. އެހެންވީމާ އަޅުގަނޑުމެން އަދާވާތްތެރިއެއްގެ ގޮތުގައެއް ނޫން ބަލަންޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންގެ ފަރާތުން އެމީހަކަށް ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި،"
  މުފްތީ މެންކު

  1
  1
 50. ޫނޫސްކިޔާމީހާ

  އަޅެ ފާޅުކަންބޮޑުގޮތަތް މާތްވެގެންވާ އިސްލާމް ދީނަށް ބަދުބަސްބުނެ މަލާމާތްކުރިމިހާ މިނިވަންކަމާއެކު ފުރާގެން އެދިޔައީ އަޅުގަނޑު ސުވާލަކީ ސަރުކާރުގެ މަތީފަޑީގާ މިކަމާ އަޅާލާނެމީހަކު ނެތީތޯ ވަރަށް ދެރަވެއްޖެ ދައުލަތުގެ ހަޒާނާއިން ވައްކަންކުރުމަށްވުރެބޮޑުކަމެއްމީ އެކަމަކުވެސް ހަމަ ރަގަނޅަށްވެސް ރޮވިއްޖެ

 51. ޫނޫސްކިޔާމީހާ

  އެލެކްސްގެ މާމަ ގެ ނަމުގާ ކޮމެންޓް ކޮއްފާ އެވާމީހަކީ އެބުނާ އުފާ އަށް ހިތްވަރުދޭ މާމަ އެއް މާމާ އޭތިކަޑައޭ

 52. ލަދު

  ފުރރިއްޔެން ނޫނޭ ފުރުވާލީ ރަނގަޅަށްވިއްޔާ ހަރަދު ކޮއްފައޮންނާނީ ސަރުކާރަށް ނިސްބަތްވާ ކޮއްމެވެސް ބޮޑެށް؟؟؟؟؟

  1
  2
 53. ހެޕީހެޕީ

  ކީކުރަން ޚަރަދު ސަރުކާރުގެ ޚަރަދު ބޮޑުކުރަން އުފާ ޖަލުގަ ބައިންދައިގެން ބަލަހައްޓަންވީ. ތިވައްތަރަށް އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންނަށް ހަރަދު ކުރާހިތްވާ މީހުން ދުނިޔޭގެ އެކިތަންތާ އެބަތިބި. އެމީހުންގެ ޚަރަދު ބޮޑުކުރަން އެއިންތަނަކަށް ފޮނުވާލާ. އޭރުން ޖަހަންނަމަޔަށް ދާން އޭނަކުރާ މަސައްކަތަށް މަގުފަހިވެގެންދާވަރުވެސް އަވަސްވާނެ. ޝައިތާނުން އުޅެންޖެހޭނީ ޝައިތާނުން އުޅޭ މާހައުލެއްގާ. ފުލުހުން ހެދީ ރަނގަޅަށް!