އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ދެކޮޅު ކަމަށް ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލު ނުކުރެވޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި އޮންނަންވާނީ. ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް. އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަމެއް ހާސިލެއް ނުކުރެވޭނެ. ރައްޔިތުން މިކަމާ ފުންކޮށް ވިސްނަވާ." ޔުމްނާ ވިދާޅުވިއެވެ.

އެމްއާރްއެމް އިން ވެސް ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކަން އިއުލާން ކޮށްފައެވެ. އެޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދީގެން ނުވާނެ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއިރު ރައީސް ޞާލިހް ވަނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއް ކަމަށް ވިދާޅުވެ އިއްޔެ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކަމަނަ

    ނަޝީދު ހީކުރަނީ މިޤައުމުގައި ހައެކަނި ދިރި އުޅެނީ އެމް ޑީ ޕީ މީޙުންއެކަނުކަމަށް މިއިންތިހާބު އިންޝާ ﷲ ބޮޑުތަނުން ރީނދޫޕާޓީ ބަލިކުރާނަން

    16
    3
  2. ޒަކް

    އެކަން ނިންމާނި ރައްޔިތުން ޔުމްނާއެއް ނޫން ބައްޕާޅެއްވެސް ނޫން.. އެޒަމާން ހިނގައްޖެ

    18
    2
  3. Anonymous

    މިއޮތީ މައްސަލަ ޖެހިފަ،

    14
    1
  4. ޤައުމު

    ޔުމްނާ އެބުނީ އަންނި ގެ އމޑޕ އައް ކައުންސިލް ގޮނޑި ދޭނެ ކަމެއް ނެތޭ މަޖްލިސް އޭ ކިޔާ ބަކަރި ކޮށި ދިނީމަވެސް ވީ ކަމަކާ ވާ ކަމެއް ހަރާމުން ހަރާމް

    24
    1
  5. Anonymous

    Kaley dhen thivaahakanudhahkaa

    5
    1
  6. ކަމަނަ

    ކަމަނާ މިހާރުތިކިޔަ ނީކީކޭތޯ ހާދަހެއް ވައޭދޯ

    10
  7. އެޖެންޑާ ޖަނަވާރު

    މިކަހަލަ ބޭކާރު މީހުން ފޮނިވާހަކަ ދައްކާތީ ދެރައީ..

    14
    1
  8. ޙިޔާލީފޮލާ

    ގޮނޑި އަކީކަލޭމެން ބަހާއެއްޗެއްތަ ރަތްޔިތުން ދިނީމަލިބޭ އެއްޗެއް ނޫންތައެއީ މޮޔަނުގޮވާ މރމ ޕާޓީއަށްކަމަކައް ބަޔަކުބަލައެއް ނުގަނޭމިހާރަކު

    13
    1
  9. ފާއިޒު

    ލާމަރުކަޒީ ނިޒާމަކީ އެމް ޑީ ޕީ ގެ ފިކުރެއް ނޫން. އެކަން ތަޢާރަފުވެ ހިނގައި ގަތީވެސް މައުމޫނުގެ ވެރިކަމުގައި ވަޙީދުއްދީނުގެ މިނިސްޓަރުކަމުގަ. އެކަމަށް އޭރު އެންމެ އަޑު އުފުލީވެސް ވަޙީދުއްދީނު.

    8
    2
  10. ދަވާލި19

    ޕާޓީތަކަށް ގޮނޑިދެނީ ދިވެހި ރައްޔިތު އެމީހުންނައް ފެނުނުޕާޓީއަކަށް ފެނުނުމިންވަރަކަށް ގޮނޑިދޭނީ މީކީ ކަމަނާގެ މައިންބަފައިންގެ ތަރިކަމުދަލެއްނޫނޭ ގޮނޑި ދޭންވީބަޔަކާ ދޭނެވަރެއް ކަމަނާއަކަށް ބުނެނުދެވޭނެ ކޮބާލަދުހަޔާއް

    12
  11. ފިނރުޓޭ

    އޭރުންނު ބޮޑަށް ކޯޅެމުން ދުވާނީ އަދިވެސް ދޯ؟ މިހާރުވެސް މި އުޅެނީ ތަފާތު ފިކުރުތަކާހެދި ކަމެއް ނުވެގެން!

    11
    1
  12. އަލްޖިބްރާ

    ގައިމު ކަލޭގެ ބޭބެ މުޅި މަޖްލިސް ހިސޯރު ކުރި ! މިއީވެސް ކަލޭމެން ހިންގި ޖަރީމާއެއް ! އެމް.ޑީ.ޕީ އަށް ލިބުނީމަ ގޮވާނީ ކައުންސިލް އެއްކޮށް ލިބުނީމަވެސް ވީފައިދާއެއް ނެތޭ ! އެމް.ޑީ.ޕީ އަށް ނުލިބުނު ނަމަ އެމީހުންބުނާނެ ، އިދިކޮޅު މީހުންގެ އުދަގުލާހެދި އެއްކަމެއްވެސް ކުރެވޭކަށް ނެތޭ ! އެންމެން ރުހޭ ގޮތެއް ހެދޭނެ ގޮތެއް ނޯންނާނެ ! ކޮންމެ ގޮތެއް ވިއަސް އެއިރެއްގައި ވެރިކަން ކުރާބަޔަކު ބޭނުންގޮތެއް ހަދާނެ ! މިއީ ދިވެހި ތާރީޚް ހެކިދޭ ކަމެއް !

    6
    3
  13. ބަރާބަރު

    ބަ ރާބަ ރު ވާހަކައެއް ޔުމްނާ އެއް ކަމަކު ތިބުނީ

    5
    3
  14. ރާކަނި

    ރާކަނިމަސް ކެވުނީ ދޯ!

  15. ސަޒާ

    ޔާމީން ގެ ވެރިކަމުގެ ކަލޭމެން އެންމެނަށް ސަރުކާރު ވަޒީފާދީފަ ބައްޕާފުޅު އިއްޒަތުގަ ބެހެއްޓީމަ އެވަރުންވެސް ލިބޭ ދޮޑިވަރު މަދުވެގެން އަންނިގެ އުގައް ވެއްޓިގަތީ. މިހާރު ވާގޮތް ފެނޭނު. ދެން ކަމަނާ ތެޅިތެޅި ހުރޭ. އެންމެ ފަހުން ބޮޑުބޭބެ ޖަލަށްވެސް ލީ. ހެވެއް އެދުނިއްޔާ އަދިވެސް އެދޭވީ ޔާމީޏް އަންނިއެއްނޫން. ރާކަނިމަސް ކެވުނީ ދޯ

  16. ހޯހޯ

    ކަމަނާ ހުންނަވާ ތިހެންކިޔާލަ ކިޔާލާ މީ ކަމަނާގެ ބަ އްޕާ ފުޅުގެންނެވި ބަލާވެރިކަމެ އް ދެން ކީކޭ ކިޔާނީ

  17. ބާރީ

    ދެން ތިހެން ބުނެގެން ކަލޭމެނަށް މި ގައުމުން ގޮޑިދޭނީ ކާކު؟ ހަވާދު ހަދާ މެޝިން ބާޒާރަށް އައުމުން ބާކިވި ހުނިގޮޑިތައް އެބަހުރި ރަށްރަށުގަ. އެމްއާރުމއެމް އޮފީހަށް ފޮނުވިދާނެ.