އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، އަދި ކުރިއަށް އޮތް ގަޑިތަކުގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ގއ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

ރީނދޫ ސަމާލު ނެެރެފައި ވަނީ މިރޭ މެންދަމު 02:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާކަމަށެވެ. ނަމަވެސް އެހެންހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.

އުތުރާއި އިރުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސުން

    ތި އެލާރޓް ނުނެރެބަލަ އެލާރޓް ނެރުނީމަ ވާރޭ ވެހުން ހުއްޓި މޫސުން ރަނގަޅުވޭ ބޯނެ ފެންފޮދެއް އޮތީ އެއްް ނޫން