މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:28

23:10

އެމްޑީޕީ އިން ބޭނުންވަނީ އެހެން ގޮތެއް ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ވެސް އަދި އުއްމީދަކީ ވެސް ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

22:28

ރައްޔިތުންގެ މަޖިލިސް ހިނގަނީ އެންމެ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

22:11

މެދުއިރުމަތީގައި ޔޫރޮޕާއި އެމެރިކާގެ ސިފައިން ގިނަ އަދަދަކަށް އަސްކަރީ މަރުކަޒުތައް ބިނާކޮށްގެން ތިބިއިރު، އެ ސަރަހައްދުން އެ ސިިފައިން ނުފައިބައިފި ނަމަ އެމީހުން ވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ބުނެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފިއެވެ.

20:56

ބަޣާވާތަކުން އެމްޑީޕީގެ ވެރިކަން ވައްޓާލިތާ 12 އަހަރުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

20:41

20:36

މިހާތަނަށް ކުރި ޓެސްޓްތަކުންނާއި، ހެދި ދިރާސާތަކުން އިތުރު އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ނުވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ.

20:09

ހިމަބިއްސަށް ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ ބަލައި އެ ކުދިންގެ ދަފްތަރެއް އެލުލެވުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ވިދާޅުވެއްޖެ.

 

19:17

ހިމަބިއްސަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ތިން މީހުން. ތިން މީހުންގެ ތެރެއިން ދެ މީހަކީ މާލެ ސިޓީގައި ދިިރުއުޅެމުންދާ ދެ މީހުން. އެއީ ތިން އަހަރުގެ ކުއްޖަކާއި، 17 އަހަރުގެ ކުއްޖެއް. ހިމަބިއްސަށް ޕޮޒިޓިވްވި ތިން ވަނަ މީހާއަކީ ކޮން ހިސާބެއްގައި ދިިރިއުޅެމުން އަންނަ މީހެއްކަން ހާމަކޮށްފައެއް ނުވޭ.

19:15

ހިމަބިއްސާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، މިއަދުވެސް ހިމަބިއްސަށް 15 މީހަކު ޓެސްޓު ކުރެވުނު ކަމަށް. އެއްވެސް މީހަކު ޕޮޒިިޓިވް ވެފައެއް ނުވޭ.

18:58

ޣައްޒާ އިން އިސްރާއީލް އަށް ރޮކެޓު ހަމަލާތަކެއް ދީފި.

18:52

ރަޝިއާ ސަރުކާރު އިސްތިއުފާ ދެއްވިކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޑިމިތްރީ މެދްވެދެވް.

17:34

މާލެ ސިޓީގެ މޭޔަރު ޝިފާ ނަށާ ވީޑިއޯއެއް އާއްމުކޮށްފި.

17:08

މިދިޔަ ހަފްތާ ކިޔުންތެރިން އެންމެ މެދުގައި އެންމެ މަގުބޫލު ހަބަރު.

17:07

މިދިޔަ ހަފްތާ ކިޔުންތެރިންގެ އެންމެ ގިނަ ހިޔާލު ފޮނުވި ހަބަރު.

16:47

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްވައިފި.

15:11

ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ތަރައްގީ ކުރުން ނޫން ކަމަށާއި އަމާޒަކީ މާލެއާއި އަތޮޅު ތެރޭގެ ފަރަގު ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ.

15:09

14:27

ދިވެހި ފިލްމު ޑައިރެކްޓަރުން އެމީހުންގެ ފިލްމްތަކުގެ ލީޑް ނޫރާ އަށް ނުދެނީ އޭނާ ބުރުގާ އަޅާފައި ހުންނާތީކަމަށް "ޖާދޫގާ ޖެހޭނޭ" މިލަވައިން ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ އައިމިނަތު ނޫރާ ބުނެފި.

14:25

އައްޑޫ ސިޓީ އިސްމެހެލާ ހެރައިގައި ހިންގަމުން އަންނަ ސައުތް ޕާލް ރިސޯޓުގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިއްޖެ.

13:50

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފައްތާޙަށް ވަޒީފާ އަނބުރާ ދޭން މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި.

13:37

ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެވަޑައިގެންނެވި ދަތުރުފަތުރުގެ ވަޢުދާއި ގުޅިގެން، އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ސިވިލް ކޯޓުން ކެންސަލް ކޮށްފި.

 

 

11:42

މުލަކުން ނިޔާވި މީހާ އަކީ ނަފްސާނީ ބައްޔަކަށް ބޭސްކުރަމުންދާ މީހެއް ކަމަށް މ.އަތޮޅު ކައުންސިލްގެ ރައީސް އަޝްރަފް ވިދާޅުވެއްޖެއެވެ.

 

11:23

ދައުލަތައް މިއަހަރުގެ ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބުނުއިރު ފުރަތަމަ ހަފްތާ ގައި 219.9 މިލިއަން ރުފިޔާ އެކި ކަންކަމަށް ޚަރަދުކޮށްފިއެވެ.

11:17

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އިންތިޚާބުވާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އުޖޫރަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފި.

11:17

ސަރުކާރުގެ ތެރޭގައި ސްލޯ ކަމެއް ނުވަތަ މަޑުޖެހުމެއް އުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ.

10:40

އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އެވާހަކަފުޅަށް ތާއިދު ކުރައްވައިފި.

09:45

ލ.ގަމު ކައުންސިލްގައި ހިމެނޭ އެމްޑީޕީ ކައުންސިލަރެއް ކަމަށްވާ އަހްމަދު ޝާހީން އޭނާގެ ކުރީގެ އަނބިމީހާއަށް އަނިޔާކުރާ މައްސަލައެއް ފެންމަތިވެ، ފުލުހުން އޭނާ އާއި ސުވާލު ކޮށްފި.

08:20

އީރާންގެ ވެރިރަށް ތެހެރާންގެ އެއާޕޯޓަކުން ފުރިތަނުން އީރާންގެ މިސައިލް ހަމަލާއެއް އަމާޒުވެ ވެއްޓުނު ޔޫކްރޭންގެ ފްލައިޓަށް އީރާން ސިފައިން ދެ މިސައިލެއް އަމާޒުކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

00:37

މިރޭ ހަމަލާދިން އަސްކަރީ މަރުކަޒުގައި އެމެރިކާ ސިފައިންގެ އިތުރުން ނިއުޒިލޭންޑް ސިފައިންވެސް ތިބި ކަމަށް އާރޓީ ނޫހުން ރިޕޯޓްކޮށްފި. ހަމަދލާދިން މަރުކަޒުގައި އޮސްޓްރޭލިޔާ އަދި އިނގެރޭސި ވިލާތުގެ ސިފައިންގެ ބޭކަލުންވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވޭ. އީރާޤްގައި ތިބި ބޭރުގެ ޤައުމުގެ ސިފައިން އެޤައުމުން ފޭބުމަށް އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ވަނީ މީގެ ކުރިން ބިލެއް ފާސްކޮށްފަ.

މިރޭގެ ކުރީގެ ވަގުތެއްގައި: އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފި. މި ރޮކެޓް ހަމަލާތައް ދިނީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވޭ.

ރާއްޖޭގައި ފާއިތުވި 24 ގަޑިއިރު ހިނގި ކަންތައްތަކަށް ބަލާއިރު މިރޭ ލިބުނު އެންމެ މުހިއްމު އެއް ޚަބަރަކީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާ އުފާ ފަހުމީ ރާއްޖެ ދޫކޮށް ދިޔަ ޚަބަރެވެ. އުފާ ރާއްޖެ އިން ފުރާފައި މިވަނީ ފާޅުކަންބޮޑު ގޮތެއްގައި އެތައް ދުވަހެއް ވަންދެން އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ފަހުއެވެ.

މިއަދު މަރުގެ ހިތާމަވެރި ދެ ހާދިސާއެއް ރާއްޖޭގައި ހިނގާފައިވެއެވެ.

އޭގެ ތެރެއިން އެއް ހާދިސާއަކީ ށ. ފުނަދޫ ކައިރިން ހިބަރެއް ނަގަން އުޅެނިކޮށް ނަނު އޮޅިގެން މީހަކު މޫދަށް ވެއްޓި ނިޔާވި ހާދިސާއެވެ.

ދެވަނަ ހާދިސާ އަކީ މ. މުލަކުގައި ޒަހަމްތަކަކާއެކު ނިޔާވެފައި އޮތް މީހަކު ފެނުނު ހާދިސާއެވެ.

ހިމަބިހީގެ ހާލަތައް ބަލާއިރު މިއަދު އަނެއްކާވެސް ވަނީ ހިމަބިހި ޖެހިފައި ހުރި އިތުރު މީހަކު ފެނިފައެވެ. ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް 189 ކުއްޖަކަށް ވެކްސިން ދީފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު މިއަދު ވެސް އެންމެ ހޫނުވެފައި ވަނީ އީރާނާއި އެމެރިކާގެ މައްސަލައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ދައުވާ ކުރަން އީރާނުން މިއަދު ވަނީ ނިންމާފައެވެ.

މިރޭ އެމެރިކާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވަނީ ރޮކެޓް ހަމަލާތަކެއް ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާނު

    ޢެ މެރިކާގަ ހުންނަ އަސްކަރީ މަރުކަޒަކަށް ހަ މަލާ ދިން ވާހަކަ ރަގަޅުތޯ؟

  2. ކުމާރުގޮހޮރު

    ފަހަރި އިމްރާން ދީން ހިމާޔަތް ކުރަން އިންކަން ދޭވަރު ފެނޭތަ؟ ފެނޭ ދޯ؟

    4
    2