ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އިންތިޚާބުވާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އުޖޫރަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފިއެވެ.

މިހާރު ކުޅުދުއްފުށީގައި ބާއްވަމުންދާ އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ވަނީ ކައުންސިލަރުންގެ މުސާރައަށް އަންނާނެ ބޮޑު ކުރިއެރުން ހާމަކުރައްވާފައެވެ.

"ކައުންސިލަރުންގެ މުސާރައާއި ބެހޭގޮތުން ސުވާލުކުރެއްވީ. މިހާރު ޤާނޫނުގައި އޮތްގޮތަށް ސަރުކާރުން ވަނީ އަދަދުތަކެއް ކަނޑައަޅާފައި، އޭގައި ނިންމުން ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވި މުސާރަ ޝީޓްގައި އޮންނާނީ ސިޓީގެ މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މުސާރައިގެ ޝަކުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ރިވިއު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. އަހު

    މިވެރިންގެ ލަދު ހަޔާތް ކޮބާ؟

    122
    2
    • ވާނުވާ

      އެހެން ރަށްތަށުގެ ރައްޔިތުން އިންތިޙާބުކުރާ ވެރިންނަށް އެންމެ 12 ހާސް މާލޭގެ މިނިވަން މުއައްސަސާތަކުގެ އާދައިގެ އޮފިސަރަކަށް ވެސް 14ހާސް ލިބޭ.. ދެން ކޮން މުސާރަބޮޑެއް.. އަނެއްކާ ތީހަމަ ކުރިން ހުރި ވަރު ވާނުވާގަ ތިބޭވަރުން ކިޔޭ ނުކިޔޭ ވެސް ނޭނގޭ..

      50
      7
      • ސުންފާކަންބޮޑުވެއްޖެ

        ކައުންސިލަރުންނަށާއި މަޖްލީހުގެ މެމްބަރުންނަށް މުސާރަ ދޭންވީ އެމީހުންގެ އިލްމުހާސިލްވެފައިވާ މިންވަރަށް ބަލާފައި. 30ހާސް އިން މަތި ދޭންޖެހޭނީ ކުޑަމިނުން ޕީއެޗްޑީއެއް ހޮވާފައި 5 އަހަރުގެ މެނޭޖްމެންޓްގެ ތަޖުރިބާ ހުންނަ ވެރީންނަށް. މިހާރު ފެންނަ މަންޒަރަކީ އަތިރިމަތިން ފެގްބޯ ގުރޫޕް އިންތިހާބަށް ކުރިމަތިލާތަން. އޯލެވެލްއިންވެސް ފާސްވާކަމެއް ނޭނގޭ. ފާސްވިޔަސް އެނގޭ އެއްޗެއް ހަރާމް. އެނގޭހާވެސް ކަމަކީ މީހުންގެ މަސްކެއުމާއި ބޭކާރު އަނގަތެޅުން. ކައުންސިލްތައް އުފެއްދިފަހުން އެއްވެސް ރަށަކަށް ކައުންސިލްގެ ފަރާތުން ލިބެންޖެހޭ އެއްވެސް ފައިދާއެއް ލިބިފައެއް ނެތް. ކުރިން އުޅުނު ކަތީބުންނަށް ވުރެ މުސާރަ ބޮޑުވެފައި ސަރުކާރުން އިސްރާފްވާ މިންވަރު އިތުރުވީ.

        16
  2. މުރާދު

    އަސްލު ކަމަކު ނުދޭ. ބައިވެގެން އައި ގޮތް

    68
    1
  3. މާލެ ބޭބެ

    ކަމަކު ނުދޭ، ވަރަށް ތަފާތުކުރުން، މެންބަރުންނަށް 12 ހާސްވީމަ ދެކޮޅު ނުޖެހޭ، އަދި މޭޔަރުން 4 ރަށުގަ. ޢެވެރެޖްނެރޭ، ސިޓީކައުންސިލް 40 ހާސް. އަތޮޅު ރައީސަށް މާމަދު .
    ކޮބާ ފައިސާ....ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރު ފައިސާއެއް ނެތް... ސޮރީ ނޯވޯޓް ފޮރޮ ކޯލިޝަނަށް.

    62
    3
  4. ޘބ

    ޜައްޔިތުންގެ ނޯކިރީން ކުރަންވީ ކަމަކީ އެމް ޑީޕީ ކައުނސިލަރުންނަށް ވޯޓު ދޭންވީ،އޭރުން ރާކަނި މަހުގެ ބިރިޔާނީ ކެވިފައި ތިބޭނީ!

    75
    2
  5. ކަލަަާފާނު

    ކޮބާ މިނިމަމްވޭޖު؟ އެޔަށްވުރެ ފަހުން ތިކަމެއްވެސް އައިސްގެން ތިއުޅެނި. މުޅިން އޮޅުވާލަނި ތި.

    71
    4
  6. ޜ

    ޓީޗަރުން ނަށް މުސާރަ ބޮޑު ކޮށް ދިނިއްޔާ ވާނީ ކީއްތަ؟މުސާރަ ބޮޑުކުރަން އެންމެ ހައްގު ކަން ބޮޑީ އެމީހުންނަށް

    93
    8
    • ފާތުން

      ނަރުހުންނަ އެއްމެ ހަގްގީ ބޮަޑު މުސާރަ

      2
      4
  7. އައި

    ކިޔަވާ މޮޅު ވެގެން 2ރުފިޔާ ތަންތާ ގަމާރު އެކްޓިވިސްޓުން ހޮވާފަ ހަބޭސް މުސާރަ ކިހާބޮޑު އެއް...މިގައުމުގަ ކިޔަވާނެ ކަމެއްނެތް...

    89
    1
  8. ިގދ

    ތިވަރު ބޮޑު އަހަރުމެން ރަށުވެސް ތިބެ ކައުންސިލަރުން އެކަމަކު ވަކަމެއް ހަރާން ފެކްބައެއް

    55
    2
  9. Anonymous

    އާމްދަނީގެ ފަރަގު ތިހިރަ ކުޑަވަނީ!!!! މޭޔަރާއި، ސިޓީ ކައުންސިލަރުގެ މުސާރައިގެ ފަރަގަކީ 10 ހާސް. މަސްއޫލިއްޔަތު އެކައްޗެއް. މޭޔަރު އިތުރަށް ކުރާ ކަމަކީ ސިޓީތަކުގައި ސޮއިކުރުން. އެކަމަށްތަ 10 ހާސް ރުފިޔާ މިދެނީ. އަނެއްކޮޅުން ތައުލީމީގޮތުން ފެންވަރެއްނެތް ދުވަހަކު ތައުލީމަށް ހޭދައެއްނުކޮށްތިބޭ ޖާހިލުން ކައުންސިލްތަކަށް ހޮވަނީވެސް.

    62
    1
  10. ކަޅޯ

    ކޮބާ ސިވިލް ސަރވަންޓުންގެ މުސާރާ؟؟؟ ތި ކައުންސިލަރުންގެ އެކަނި ބޮޑުކުރިއަކަސް ނުވާނެ ދޯ؟

    59
    2
  11. ޝިވިލް

    ޝިވިލް ޝާވިސް މުވައްޒަފުންހުރިހާ މަސައްކަތެއްް ކުރަނީ ކޮފީ މޭޒުދަށުގަ ތިބޭ ވެރިންނައް ހުރިހާ މޮޅެއް. ޚޮބާތަ ޝިވިލް ޝާވިސް މުވައްޒަފުން ގެ ހައްގު ވި ވައުދު.

    53
    2
  12. ޢައިސަ

    ކަމެއް ކުރާނަމަ ރަގަޅު

    31
    1
  13. އަބުދުލް ﷲ

    ސުވާލަކީ
    ޅ، ހިތްނަވަރު އިބްރާހީމް ސޯލިހު އައް އިނގޭ ބާއޭ މި މިދެއް ކޭ ވާހަކަތަކާ ކުރެވޭކަމެއް،

    43
    1
  14. ހަސަނާބެ

    ކިހާ ބޮޑު މުސީބާތެއް މިއީ. އަހަރުމެން މި ޖެހެނީ 3500 ރުފިޔާގެ މުސާރައިގައި ތާށިވެފަ ތިބެން. ސިޔާސީ މީހުންގެ މުސާރަ ބޮޑު ކުރަންވީމާ ރާސްޓަސް.

    61
    1
  15. ނިކް

    ރަށު ކައުންސިލްތަކަކަށް ބޮޑެއް ނުވޭ ތި ކުރިންވެސް ދޭވަރު މެންބަރަކަށް 12000 އަދި ރައީސަށް 150000 ބޭކާރު ސިޓީތަކުގެ މީހުންނަށް ތިޔަ ބޮޑުކުރީ.. މުޅިންވެސް އެކަހަލަ ގޭސް އެނބުރުމުގަ..

    43
    1
  16. ނާގަބާރި އަލީ

    ކޮބާ ރިސޯޓްތަކުގެ މީހުންގެ މިނިމަމް ވެޖް ވޯޓައްވީމަ ބޮލައްއެރި ވޯޓްލިބުމުން ހުރިހާކަމެއް ވަނީ ހަނދާނެތިފަ ހެއްދެވި ހުރިހާ ދޮގެއް ހެދުން އޮތީ

    37
    1
  17. ކަނޑު އަލީ

    ކޮބާތޯ އިންސާފަކީ؟ ތިއީތޯ ހަމަހަމަ ކަމަކީ؟ ބޮޑުތަނުން ތަފާތު ކުރުން. ހަމަގައިމުވެސް މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން އަދި ސީޓީ ކައުންސިލްގެ މެންބަރުންނަށްވުރެ ބުރަކޮށް ރަށްރަށުގެ ކައުންސިލަރުން މަސައްކަތް ކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ސިޓީ ތަކަށް ހުރިހާ ކަމެއް ކޮށްދެއްވަނީ ސަރުކާރުން. މިނިސްޓަރުންވެސް ތިބީ މި ސިޓީ ތަކުގެ ޚިދުމަރުގަ. އެއްވެސް ހަމައެއް ލަމައެއް އިންސާފެއް ނެތް.

    26
    1
  18. މާނު

    މީ ކިހާބޮޑު މުސީބާތެއް. ސިޔާސީ މީހުން އެކަނި ދޯ ދުނިޔޭގައި އުޅެންވީ. ރެޔާ ދުވާލު ރައްޔިތުންގެ ހިދުމަތުގައި އުޅޭ ސިވިލް ސާރވަންޓުންނަށް 5000ރ ގަނޑުވެސް މުސާރައަށް ނުލިބޭ. މިއޮތީ ވާ ހެޔޮ ވެރިކަމެއް.

    40
    1
  19. ޙަސަން

    ސިވިސަރވިސްގައި 25 ، 30 އަހަރު ބުރަ މަސައްކަތާއިއެކު ޚިދުމަތްކުރި އިދާރީ މުވައްޒަފުން ނުހަނު ނިކަމެތިކަމާައެކު ދަރާވިކިގެން ކުދިންބޮޑެތިކޮށް ކުދިން ނިދާނެ ތަނެއް ނުހެދި ބިކަވެފައިވާއިރު އެންމެ 6000ރ ދީފައި ކައުންސިލަރުންގެ މުސާރަ އިންތިހާއަށް ބޮޑުކުރީމާ ކަމުދޭ ހެއްޔެވެ. އޭ ރައީސްއެވެ. ތީ އިންސާފުހެއްޔެވެ. މުސާރަކޮޅު ކުޑަކަމުން އެންމެ ޒަރޫރީ ބޭނުންތައްވެސް އޮންނަނީ ނުފުދިފައެވެ. ސިވިލްސާރވިސް މުސާރަ ބޮޑުކުރަންވީމާ ބަޖެޓް ދައްޗެވެ. އެންމެ ފަހުން ޔާމިން ބޮޑުކުރިއިރުވެސް ބޮޑުކުރީ އެންމެ 700ރ ގެ ޕޮކެޓްމަނީއެއްވަރު އެލަވަންސެކެވެ. މިވާހަކަ ދައްކާނެ ވެރިއެއް މަޖިލީހު މެމްބަރެއްނެތެވެ. ބަންގާޅީންނަށްވުރެވެސް ސިވިލް އިދާރީ މުވައްޒަފުންގެ މުސާރަކޮޅު ކުޑައެވެ. އެކަމަކު ވޯޓް ބޭނުންވާ ކޮންމެ ފަހަރަކު މުސާރަކޮޅު ރަގަޅުކުރާ ވާހަކަ ދައްކައެވެ. އެކަމަކު ބޮޑުވާތަނެއް ނާދެއެވެ.

    42
  20. ބާބޫ

    މާކުޑަ

    11
    2
  21. ދޮގު ހުވާ

    ވެރިކަމައް އެރުމުގެ ކުރިން ކައުންސިލްގެ މުސާރަ ބޮޑު ކުރާ ވާހަކަ ދޯ ދެއްކީއެ...އައި ތޯޓް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަމަށް ބޮޑުކުރަން އުޅޭނި....

    21
  22. ރައްޔިތު މީހާ

    ކިހާ ތާހިރު، ނުކިޔަވާ ތިބޭ މީހުންނައް ބޮޑު މުސާރަ ދީފަ ކިޔަވާގެން ތިބޭ މީހުންނައް ކުޑަ މުސާރަ ދީފަ. ބަލަ ކައުންސިލަރު ކަމައް ކުރިމަތިލާ މީހުންގެ ވެސް ތައުލީމީ ފެންވަރު ބަލާން ޖެހޭ. ތައުލީމީ ގޮތުން ސަރުތު ހަމަ ވޭ ތޯ ބަލާން ޖެހޭ.

    37
  23. ނުރަބޯ

    ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ ، އެކަމަކު ރަށު ކައުންސިލް މެމްބަރަކަށް 12،000ރ. 2 ގުނައަށްވުރެ ބޮޑު ފަރަޤެއް. ކަމަކުނުދޭ

    22
    1
  24. ފފފ

    ދިވެހިރައްޔިތުން ދެނެހުރިންތޯ، ރައީސް ޔާމީންގެ ވެރިކަމުގައި ރަސްމީ ދުވަހެއްގައި ކެމްޕޭން ދަތުރެއް، ޕާޓީ ދަތުރެއް ކުރައްވާފައިނުވާކަން!! ރަސްމީ ދުވަސްތަކުގައި އޮފީހުގައި ވަގުތުހޭދަކުރެއްވީ ދިވެހި ގައުމާ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އިތުރުކުރާނެ ގޮތްތައް ހޯއްދެވުމަށް. ވެރިކަމުން ދުރުވާދުވަހު ގައުމުގެ ރައްޔިތުންނަށް އެމީހުން ހަޒާނާއަށް ފައިސާ އިތުރުކޮށްދެއްވުމަށް. މިގޮތުން ވެރިކަމާ ހަވާލުވިއިރު ހުރި 500 މިލިއަނުގެ ބަދަލުގައި ވެރިކަން ނިމުނު އިރު އެއަދު 900 މިލިއަނަށް އިތުރުކުރެއްވި. އެއަރޕޯޓް އަނބުރާ ގަނެ ދިވެހިރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަދައިދެއްވީ 256 މިލިއަން ޑޮލަރަށް.

    31
    3
  25. ޢަހުމަދު ނަސީރު

    ކީއްވެ ތަފާތުކުރަނީ ސިޓީތެރެ އަތޮޅުތެރެ އެއްމަސައްކަތެއްކުރަނީ މޭޔަރު ކައުންސިލަރު ރަގަޅު އަތޮޅުތެރެ ކީމަ ތަފާތު ކިރަނީ

    16
    • ކަމަކުނުދޭ

      މޭޔަރަކީ ނަމެއް. ބޮޑު އަތޮޅެއްގެ ކައުންސިލްގެ ރައީސާ ފުވައްމުލައް ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ ޒިންމާ އަޅާ ކިޔައިފިއްޔާ އަތޮޅު ކައުންސިލްގެ ޒިންމާ މާބޮޑު. ބޮަލަށް އަރާނެ މީހުން މާގިނަ.

  26. 19 ނަވާރަ

    ބުރަވާނީ ރަށު ކައުންސިލަށް ހޯހޯ

    12
  27. މައިނާ

    ސިވިލް ސަރވިސް މުވައްޒަފުންނަށް ހަދާނެގޮތެއް ހަދާލައިގެން ތިބެބަލަ. ކުރިޔަށްހުރި އިންތިހާބުތަކުން ރަނގަޅު ފިލާވަޅެއް ފެންނާނެ. އިންޝާ + ﷲ

    36
    1
  28. މާމިގިލީ މީހާ

    ވަޒީފާ އަކަށް ކުރިމަތި ލިޔަސް ތައުލީމީ ފެންވަރައް ބަލާ. ކައުންސިލަރު ކަމައް ކުރިމަތި ލާ މީހުންގެ ވެސް ތައުލީމީ ފެންވަރައް ބަލާން ޖެހޭ. ތައުލީމީ ގޮތުން ސަރުތު ހަމަ ވޭ ތޯ. ސަރުކާރުން ކީއްވެ މިކަން ނުބަލަނީ.

    21
  29. ބޯކިބާ

    ވަރަށްރަނގަޅު، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން އެމީހުންގެ ކަންކަމުގަ ބަސްބުނަން ހޮވާ މަންދޫބުންގެ މުސާރައަށް ކިތަންމެ ބޮޑުއެއްޗެއްދޭންވެސް އަހަރެމެން ހިތް ހަލާލު، އެމީހުނަށް ރަނގަޅު މުސާރައެއް ދީފަ ބާކީވާ އެއްޗަކުން ސުނޯޕާކާއި ވޯޓާތީމުޕާކުފަދަ ތަންތަން ހެދުމާއިގެން އުޅެވެންވާނީ.

    2
    4
  30. އިބްރާ

    1. ސިޓީއެއްގެ ރައީސް އަކަށް:-45000.00
    ޑެޕިއުޓީއަކަށް:- 40000.00
    މެމްބަރަކަށް:- 38000.00
    2. އަތޮޅުގެ ރައީސް އަށް:- 35000.00
    ޑެޕިއުޓީ އަކަށް :- 30000.00
    މެމްބރަކަށް:- 28000.00
    3. ރަށުގެ ރައީސް އަކަށް:- 25000.00
    ޑެޕިއުޓީ އަކަށް:- 23000.00
    މެމްބަރަކަށް :- 20000.00
    އިބޫ މީތި ސަޅި ވާނެ

    6
    9
  31. މޮޔަސޮރު

    އަތޮޅު ކައުންސިލަރަކަށްވުރެ ސިޓީގެ އާދައިގެ މެމްބަރަކަށްވެސް މުސާރަބޮޑު ކޮބާ އިންސާފު

    7
    1
  32. ސިވިލް ސާރވަންޓް

    ތިޔަ ކައުންސިލަރުންނަކީ އެއްވެސް ކަމެއް ކުރާބައެއް ނޫންްްްް. ކުޑަމިނުން ގާނޫނީ ބައްދަލުވުން ވެސް ބާއްވަނީކީނޫން. ސޮއި ކުރުމަށްފަހު ކޮންމެވެސް ކެފޭއަކުންް ދުވާނީ. ކޮބާތޯ އެމީހުންނަށް އަޅުދާސްވެގެން މަސައްކަތް ކުރާ ނިކަމެތި މުވައްޒަފުގެ ހައްގު މިންވަރު؟؟؟ ކޮބާތޯ ވައުދުވި މިނިމަން ވޭޖް؟؟؟

    12
  33. ނިކަމެތި މުވައްޒަފު

    ތިޔަ ކައުންސިލަރުންނަކީ އެއްވެސް ކަމެއް ކުރާބައެއް ނޫން. އެންމެ ކުޑަމިނުން އެމީހުން ބާއްވަންޖެހޭ ގާނޫނީ ބައްދަލުވުންވެސް ބާއްވަނީކީ ނޫން. ސޮއި ކުރުމަށްފަހު ކޮންމެވެސް ކެފޭ އަކުން ނުވަތަ ރެސްޓޯރެންޓަކުން މޮޅެތި ވާހަކަ ދައްކަމުން ދުވާނީ. އެމީހުންނަށް އަޅުދާސްވެގެން ދުވާލު ހަތަރުދަމު މަސައްކަތް ކުރާ ނިކަމެތި ސިވިލް ސާރވަންޓްގެ ހައްގު މިންވަރު ކޮބައިތޯ؟؟ ވައުދުވި މިނިމަން ވޭޖް ކޮބައިތޯ؟؟

    8
    1
  34. ސސސ

    ކޮބާ ސިވިލް ސަރވަންޓުންގެ މުސާރާ ތިވަނީ މަމެން ބިނިގޮ؟؟؟؟؟؟؟؟؟؟

    7
    1
  35. ޜުޅި

    މި ?
    ޢަހަރެމެން ބޭރުން ޑިގުރީ ނަގުމުގެ ބޭނުމެއް ނެތެއްނު ...އަހަރެމެނައް އުމުރު ހޭދަކޮއްގެން ކިޔެވީމަ މިލިބެނީ އެންމެ 12000ރ
    ތި އެއްޗެހި ތަކުގެ މުސާރަ ޑޮކްޓަރ އަކައް ވުރެންވެސް ބޮޑު ?
    ތަނެއް ދޮރެއް ނޭންގުނަސް 12000 ރ އެބަލިބޭ އެންމެ ދައް މީހަޔައްވެސް .... ކަމެއް ކުރާވެސް ބައެއް ނޫނެ ... ގޮސް ސޮއި ކޮއްލީމަ ނިމުނީ

    22
    1
  36. އަލީ

    ވަރަށްއިންސާފުވެރި . ހުރިހާއެންމެން ހަމަހަމަ. ސިޓީގެ ކައުންސިލަރުންނަށް 30ހާސް، ގަބުޅިކައުންސިލަރުންނަށް 12ހާސް.

  37. އީސަބެ

    ކަމަކު ނުދޭ، ރަށު ކައުންސިލްގެ ރައީސާއި ޑެޕިއުޓީގެ ފަރަގު މާބޮޑު، އަތޮޅު ކައުންސިލްގެ ރައީސަށް ލިބެންޖެހޭނެ މަދުވެގެން ސިޓީ ކައުންސިލްގެ މެންބަރަކަށް ލިބޭ މިންވަރު ނުވަތަ ސިޓީ ކައުންސިލްގެ ޑެޕިއުޓީއަށް ލިބޭ ވަރު. ކައުންސިލް މެންބަރަކަށް 15000 ލިބެން ޖެހޭނެ.

  38. ކަމަކުނުދޭ

    ކަމަކު ނުދޭ. ސިޓީ ކައުންސިލަކާ އަތޮޅު ކައުންސިލެއްގެ ޒިންމާގެ މާބޮޑު ތަފާތެއް ނެތް. މުސާރަތައް ހުންނަންވާނީ މިންކުރެވިފައި. އޮފީސްތަކުގެ ވެރިންގެ މުސާރައިގެ ނިސްބަތުން ދޭންވާނީ. ރައްޔިތަކު ވޯޓުލާއިރަށް އިއްޒަތްބޮޑުވެ މުސާރަ ބޮޑުވާކަށް ނުޖެހޭ. މިނިމަމްވޭޖް އެންމެ 6000

  39. ނިޒާމް

    "ވަރަށް ތާހިރު"، ނުވާވަރުން ފޫގަޅަން ނޫޅެބަލަ. ވަރަށް ވާހަކަ މިޢީ.

  40. ރަށްފުށު މާމަ

    މިދެން ވަރަށް ހެއްވާ ކަމެއްނު. ހަތަރު ފަސް ހައަހަރު ކިޔަވައިގެން ނިކުންނަ ކުދިންނަށް ގިނަވެގެން 15000. ހޭބޯނާރާ ރެޔާއިދުވާލު މަސައްކަތްކުރާ ސިވިލްސަރވިސް ގެ މުވައްޒިފަކަށް ގިނަވެގެން 6000. ފެންވަރު ރަނގަޅު މުދައްރިސަކަށްވެސް އެވަރެއް ނުލިބޭ. ދެން މިގައުމުގަ ކީއްކުރަންބާ އެންމެން އެވަރަކަށް ކިޔަވައިން ބޭކާރު ތެޅުންތަކެއް ތެޅެންވީ. ހުރިހާ އެންމެން ކައުންސިލް ކަމަކަށްނު ކުރިމަތިލާންވި. އޭރުން މާރަނގަޅެއްނު. 5 އަހަރުގެ ދައުރެއް ނިމެންވާއިރު 1މިލިއަން. އާނ އެހެންޏަ. އެކަމަކު ކުޑަމިނުން ލިޔަންކިޔަން ދަންނަ މީހަކުވެސް ކައުންސިލަރަކަށް ނޫޅޭ. ރޭގަނޑާ ދުވާލު އޮފީހުގަ ހޭބޯނާރާ އެތާ ތިބޭ ސިވިލްސާރވިސްގެ މުވައްޒަފުން މަސައްކަތް ކޮށްދިނީމަ ސޮއިކޮށްލައިގެން ކައުންސިލަރުން އުޅޭނި. ތަޢުލީމީ ފެންވަރެއް، ޕޯޑިއަމްއެއްގަ ވާހަކަ ދެއްކޭވަރު ކައުންސިލަރަކުވެސް މަދުވާނެ. ހުވާ މިބުނީ. ބޮޑު ބަޖެޓެއް ފާސްކުރީމަ ހީވި ކަމެކޭ. ދެން ނިކަމެތި ރައްޔިތުންގެ ސައިކަލުތަކުގަ ސްޓިކާރ ޖަހައިގެން ކައުންސިލަރުންނަށް މުސާރަދީފަ ބައިތިއްބާ. ވަރަށް ސަލާމް!!!!

  41. ރައީސަށް

    ކަލޭ ހަދާން ކުރާތި.
    ކަލޭވެސް ވާނީ މަރު.
    ކަލޭ ތިކުރާ ކަންކަމަށް ޒިންމާ ނަގަން ޖެހޭނެ. ކަލޭ ތިޔަ ވާ ޚިޔާނާތް ވަރަށް ބޮޑު...
    ކަލޭ އަމިއްލަ މުދާ ގަޑެއް ނޫންތީ..
    ކިހާ ބޮޑު ބަލާއެއް މީ

  42. ނަންނު

    ކޮބާތަ ސިވިލް ސަރވިސް މީހުންގެ މުސާރަ ބޮޑުކުރުން.. ކުރާހާ ކަމެއް ކުރަނީ.. މުސާރަ ބޮޑު މިކުރަނީ އަބަދު ސިޔާސީ މީހުންނަށް.. މިނިމަމް ވޭޖް އެެއްވެސް ނޫން ހެދޭނީ..

  43. Anonymous

    ސިޔާސީ ވަޒީފާގެ މުސާރަ ބޮޑު ކުރުމަކުން ނުފުދޭ. ނިކަމެތި ރައްޔިތުންނަށް ނިކަމެތި ގޮތް

  44. Alibe

    ގަ އުމުގަ ތިބި ޖާހިލުންނާ ނުކިޔަވާތިބި ބަ އިގަނޑު މަޖިލިހަށާ ކަ އުންސިލް ތަކަށް ވަ އްދާފަ އޮބިނޯންނަ ވަރަށް މުސާރަ ބޮޑުކޮށްފަ މުޅި ގަ އުމުގެ ޚިދުމަތުގަ އުނގުރު ބިނދެންދެން މަސަ އްކަތްކުރާ ސިވިލްސާވެންޓުންގެ އާދަ އިގެ މަގާމުތަކުގެ މުސާރަ އެންމެ ކުޑަކޮށްފަ ތިބެލާ، ހަދާނެގޮތް އެނގޭނީ ކަރުދާސްކޮޅު އަތަށް އެރީމަ.

  45. ޓިޗަރު

    މަ ނުދާނަށް ތި ވޯޓު ލާކަށް. ރަށަށް ކަމެއް ކޮށްދިނީކީ ނޫން.

  46. ގަމާރު

    މިފަހަރު ލާރި ހޯދަން ކުޑަޔަސް ބޮޑަސް ކޮންމެ ދިވެހިރަ އްޔިތެ އްގެ އަތުން ދިވެހި ރަ އއޔިތަކަށް ވީތީ ޓެކްސް ނަގަންފަށާ

  47. އަހްމަދު

    ޤައުމު ހަލާކު ވަކަށް ނެތް. ހަލާކު ވެއްޖެ.

  48. އިބުރާ

    ހުރިހާ ސިޓީތަކަކަށް ޕީޕީއެމް ކައުންސިލަރުން ހޮވިއްޖިއްޔާ މިމުސާރަ ޝީޓަށް ބަދަލެއް ނުކުރެވޭނެ ބާ؟ ހަމަ އުފެދޭ ސުވާލެއް

  49. އަލީ

    މީހާދަ ހަޔާތްކުޑަ ސަރުކާރެއް.. އަހަރެމެން ބޮޑު ހަރަދު ކޮއްގެން މިހުރިހާ ދުވަހު ކިޔެވީމަ އެންމެ 10000 ރ. 3 އިރު ސެލްފީނަގާފަ ސޯޝަލް މީޑިއާގަ އުޅޭ ކައުންސިލަރުންނަށް މަހަކު 25000... ލަދެއްގެ ކަންފުޅެއްވެސް ނެތް...

    1
    1
  50. ހަސަދު

    މާސްޓާސް ޑިގުރީ ހަދައިގެން ހުންނަ މީހަކަށް 12000 މިއީ ދެން ބޮޑުވަރު.

  51. އުތީމު ތަކުރު

    ބައެއް ކައުންސިލަރުންނަށް ސިޓީއެއް ޑްރާފްޓް ކޮށްލަންވެސް ނޭނގޭ، މީ ލަދުވެތި ވާހަކަ، އެކަމަކު ޙަޤީގަތް. އަހާލީމަ ބުނަނީ އިދާރީ މުވައްޒިފުންގެ ކަމެކޭ އެކަމަކު މިބީތާއިން ނަށް ނޭނގޭ އިދާރީ މުވައްޒިފުން އެމަގާމަށް އަންނަނީ ކޮންމެވެސް ސެޓްފިކެޓް ގަނޑެއް ހިފައިގެން ކަމެއް ، ކިހިނެއް ތަންދޮރު ނުދަންނަ ކައުންސިލަރުން ކިޔަވައިގެން ތިބޭ މީހުން ލައްވާ މަސައްކަތްކުރުވާނީ ، ވާގޮތަކީ ޓައީ އަޅާފަ ހުރިހާކަމެއްވެސް އެގޭ ކަމަށް ހެދިގެން މިތިބެނީ މޮޔަހީވޭ.

  52. ޤަބުކުއްޖާ

    ކައުންސިލަރުންގެ މުސާރަބޮދުވީމައި ނިމުނީތަ ރެއާއާއި ދުވާލު ޓީޗަރުން ބުރަ މަސައްކަތްކުރާއިރު އެމީހުންގެ އޯޓީކޮޅުވެސް ކަޑާލާފައި އޮންނަނީ މީހަމައެއްތަ

  53. މިއަދު

    ސިވިލްސާވިސްގައި މަސައްކަތްކުރާ ދައުލަތުގެ ދިވެހިބަންގާލެއްގެ މުސާރައަކީ ކިހާވަރެެއް ؟