ނ. ވެލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެލިދޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެެ 14:00 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ކުއްޖާ ހައްޔަރުކޮށް އެވަގުތު އެކުއްޖާހުރި ގެ ބަލައި ފާސްކުރިއިރު މަސްތުވާ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް އެއްޗެއްހުރި 28 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އެ ގޭ ގޯތިތެރެ އިތުރަށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރި 266 ސެލޯފިންކޮޅު ވަޅުލާފައި ހުއްޓައި ފެނިފައިވެއެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަބެ

    މަސްތުވާތަކެތި މީހަކުއަތުން ފެންނައިރަށް ހެޑްލައިންތަކަށް އަރުވަނީ ޑުރަގް އިޝްތިހާރު ކުރަންތޯ، 90 ފަހުކޮޅު ހުރިހާ ސްކޫލްތަކަށްގޮސް ޑުރަގޭ ބުއީމަ ވަނީ މިހެންނޭ އެހެންނޭ ކިޔާ މުޅި ޖީލުތައް، ފުނޑާލި....މުޅި ރާއްޖޭގައި ރާ ވިއްކާ އެއިން ނަފާލިބި ރަލުންލިބޭ ޓެކްސްއިން ވަޒީފާގެ މުސާރަ ލިބި އެއިން މުޅި ހަޔާތް މިހޭދަކުރަނީ... ވިސްނާކަށްނުވޭތޯ....

  2. ހަސަނު

    ނަރަކަ ވެލިދޫ ކިޔަނީ ކަމެއްވެގެން. 😂

    7
    2
    • ޝިނާ

      ވެލިދޫ އޭ ކިޔައިގެން ހަބަރެއް ލިޔެފިއްޔާ ހާދަވަރެއް ތިއަރަނީ..ހަމަ ޖޭވާލެއް ބޮޑީ ހައްހައް

  3. ޙަސަނާ

    ކުޑަކުދިންލައްވާ މަސްތުވާތަކެތީގެ ވިޔަފާރު ކުރުވާ މީހުނާ ކުޑަކުދިންނައް މަސްތުވާތަކެތި ބޯންދޭމީހުނައް މޑޕ ސަރުކާރެއްގަ އެމީހުންގެ މެޖޯރެޓީމަޖިލިހަކުން ގާނޫނެއްފާސްކޮހގެން އަދަބުދޭން ކެރޭނެބާ.ކުދަކުދިންނައް ޖިންސީގޯނާކުރުންފަދަ މިއަމަލުހިންގާމީހުންނަކީވެސް މުޑުދާރު ބައެއްކަމަދެކެން ...