މަންމަގެ ބަނޑުގައި ތުއްތު ދަރިފުޅު އޮންނައިރު އެ ބަލިތަކަށް ސްކްރީންކުރެވުމާއި އަދި ވިހެއުމަށްފަހު އެކުދިންނަށް ޖެހިދާނެ ބަލިތަކަށް ސްކްރީން ކުރުމުގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ.
ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީންކޮށް ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ހިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތަކަށް ސްކްރީން ކުރުމުގެ ގޮތުން ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތެކެވެ.
މިކަން ކުރިން ކުރަމުން ދަނީ ރާއްޖެ އިން ބޭރަށް ގޮސް ނުވަތަ ސާމްޕަލް ފޮނުވައިގެން ހެދެން ހުންނަ ޓެސްޓްތަކެކެވެ.
އެ ހިދުމަތް ދޭނެ ވަސީލަތްތައް ފޯރުކޮށްދެނީ އެސްޓީއޯ އިންނެވެ.
މޕްރީނޭޓަލް ސްކްރީނިންއާއި ނިއުބޯން ސްކްރީނިންގް އައިޖީއެމްއެޗްގައި ފެށުމަށްޓަކައި ވަނީ ވޯކްޝޮޕެއް ބާއްވާފައެވެ. އެ ޝޯކް ޝޮޕް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވިދާޅުވީ، މިއަދު މި ފެށި ޚިދުމަތް ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް މިއަދުން ފެށިގެން މި ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ 29 ރަށެއްގައި މިފަދަ 39 މެޝިން ބަހައްޓަފައި ވާނޭ ކަމަށް އެސްޓީއޯއިން މައުލޫމާތުދެެއެެވެ.
މީގެ އިތުރުން މި ޙިދުމަތަކީ މި ރާއްޖޭގައި އަލަށް ފެށިގެންދާ ޙިދުމަތެއް ކަމުގައި ވިދާޅުވެ ޔުނިސެފް އަދި ޑަބްލިއު އެޗްއޯޑީން ވެސް ވަރަށް ބޮޑައް މިކަން ފާހަގަކޮށް ފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޙިދުމަތުގެ ސަބަބުން ތުއްތުއިރު ނިޔާވާކުދިން ނިޔާވާ ސަބަބު ވަރަށް ބޮޑަށް ސާފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުރިމަގުގައި މިފަދަ ޚިދުމަތެއް ލިބިގެން ދިއުން އެއީ ވަރަށްވެސް މުހިންމު ކަމެއް ކަމުގައި ދެކޭކަމަށް އަމްރު ވިދާޅުވިއެވެ.
ހިތުގެ އެކިއެކިމައްސަލަތައް ހުންނަ ކުޑަކުދިންނަށް ފަރުވާދެނެ އިތުރު ޑޮކްޓަރުންނާއި ގިނަކުރުން މުހިއްމު. އަދި އެފަދަ ކުދިންނަށް ބޭނުންވާ ޓެސްޓުތައް ހެދޭނެގޮތް މަގުފަހިކޮށް ދެއްވުމަށް އެދެން.
އައި.ޖީ.އެމް އެޗްގެ ކުޑަކުދިންގެ ހިތުގެ ޑިޕާރޓްމަންޓް އެބަޖެހޭ އަޕްގުރޭޑުކުރަން. އަދި ރާއްޖޭގެ ހިތުގެ އެކިއެކިބަލިބަޔަށް ފަރުވާ ހޯދަމުންދާ ކުޑަކުދިންގެ ރިކޯޑުތަކަށް ރިޔާކޮށް އެފަދަ ކުދިންނަށް މިރާއްޖޭގައި ބޭސްފަރުވާ އަދި އެކިއެކި ޓެސްޓުތަކުގެ ހިދުމަށް ލިބިގެން ދިއުމަކީ އެފަދަ ކުދިން މައިންބަފައިން އަދޭސްކަމަށް ސަރުކާރުގެ އިސްފަރާތައް އަދި ހެލްތުމިނިސްޓްރީއަށް ދަންނަވަން.
އަމްރީތާ ހޮސްޕިޓަލްގެ މަސައްކަތް ކުރަމުންދާ ޑރ.ބާލޫ ފަދަ ބޭފުޅަކު މިރާއްޖެއަށް އެބަ ބޭނުންވޭ. މިފަދަ ބޭފުޅެއްގެ ހިދުމަށް މިރާއްޖެއން ލިބުމަށް އެދި ހެލްމިނިސްޓްރީގެ އިސްފަރާތަކަށް އަދި ދިވެހި ސަރުކާރަށް ވެސް ގޮވާލަން.
އިހަކަށް ދުވަހު އައި ޖީ އެމް ހޮސްޕިޓަލް އިން ވިހައިގެން އައި އަންހެނެއްވެސް ބުނީ ވަރަށް ފަރުވާކުޑައޭ އެތަނުގަ. އަސްލު އެހެން ވީމަ ހާދިސާތަށް ދިމާވަނީ. އަހަރެން ވެސް ވިހެއީ އެތަނުގަ 2016ވަނަ އަހަރު ހަމަގައިމުވެސް އޭރު ވަރަށް ބަރާބަރު
ދޭތެރެދުރުކުރާ ނިޒާމެއްގެދަށުން ދަރފަސްކޮޅެއް ނައްތާލާފައޮއް ތަނެއްގަ ޓެސްޓު ކުރާނެ ބަޔަކު އުޅޭތޯ