ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސ.ފޭދޫ، އަސްތާނާ، އަޙްމަދު ފައްތާޙަށް ވަޒީފާ އަނބުރާ ދޭން މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ޙުކުމުގައި ވާ ގޮތުން ޤާނޫނާއި ޙިލާފަށް އަޙްމަދު ފައްތާޙު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި 18 އޮގަސްޓް 2016 އިން ފެށިގެން 01 އަހަރުގެ ދުވަހުގެ މުއްދަތުގެ މުސާރައާއި ޢިނާޔަތައްވާ، 183,720/-ރ (އެއްލައްކަ އައްޑިހަތިރީސްހާސް ހަތްސަތޭކަ ވިހި ރުފިޔާ) އާއި، މި މުއްދަތުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ، ދިނުމަށެވެ.
މީގެ އިތުރުން މި ފައިސާ 15 ޖަނަވަރީ 2020 އިން ފެށިގެން 01 މަސް ތެރޭގައި ސިވިލްކޯޓައް ދައްކާ ހަލާސްކުރުމަށްވެސް އެ ހުކުމްގައި ވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަޙްމަދު ފައްތާޙް އަދާކުރަމުން ދިޔަ ކޯޕްރަލްގެ ވަޒީފާ، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އަނބުރާ އިޢާދަކޮސްދިނުމަށްވެސް ހުކުމުގައިވެއެވެ.
ބައިކޮޅު މީހުންނަށް ބަދަލު ދޭން ފެށުނީ. މުޅި ދައިލަތް ޚަރާބުކޮށްފި . ޔާ ﷲ މި ބައިމީހުންގެ ބާރުކަނޑުވާލާ މިގައުމުގެ ދީނާ މިނިވަންކަން ސިޔާދަތު ގެއްލުވާ ނުލަނީސް މިވެރިކަން ނިންމަވާ ދެއްވާށީ. އާމީން
ދައުލަތުގެ ފައިސާ ސަރުކާރުން ހ
ދިވެހިރިރައްޔިތުންގެ ފައިސާ
ދައުލަތުގެ ފައިސާ ވަޒީފާ އަދާނުކޮށް ތިގޮތައް ބަހަމުން ދިއުން އެންމެ ރަގަޅު ނިމުމެއްބާ؟
ދައުލަތުގެ ފައިސާ އެއް ނޫން އަޅުގަނޑުމެން ނިކަމެތި ރައްޔިތުން ގެ ފައިސާ
ތިޔަށް ކިޔަނީ ޝަރުޢީ ނިޒާމް މިނިވަން ވުމޭ.
މިހާރު ފެނަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ޙުކުމް ނެރޭތަން.
މަސައްކަތްނުކޮށްބަދަލުދިނުންކޮންކަހަލަކަމެއްއެމުއްދަތުގައިއޭނާހުރީބަދެަފަތަ
ފަނޑިޔާރުންނާ ފަނޑިޔާރުގޭގެ މިނިވަންކަން މިހިރަ ފެންނަނީ.