ކުރިއަށް މި ހިނގާ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ތިލަދުންމައްޗަށް ވަރަށްގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ކުރިއަށްދިޔަ "އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިލަދުންމަތީގެ އެކި ސަރަހައްދު ތަރައްގީ ކުރުމަށް 200 މިލިއަން ރުފިޔާ މިހާރު ހުރި ކަމަށާއި އެ ތަރައްގީއާއި އެކީ ގިނަ ވަޒީފާތަކެއްވެސް އުފެދިގެން ދާނެ ކަމަށެވެ.

"ގާތްގަނޑަކަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަ ހުރި މި ސަރަހައްދުގެ އެކި އެކި މަޝްރޫއުތަކަށް. އަޅުގަނޑު ހިތުން މިއީ މަސައްކަތް، ވަޒީފާ އުފެދިގެން ދާނެ މަސައްކަތެއް. އޭގެ ތެރޭގައި އެބަ ޖެހޭ ވަޑިން، އިންޖިނީއަރުން އެބަ ބޭނުންވޭ. ކޮންޓްރަކްޝަން ދާއިރާގެ މަސައްކަތްތައް އެބަ ހުރި. މި މަސައްކަތްތަކަށް ބޭނުންވާނެ ވަޒީފާތައް، މީހުން އުފެއްދުމަކީ ކައުންސިލްތަކުގެ ވަރަށް މުހިންމު ދައުރެއް އޮތްކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށް ބަލާއިރު މާލެއާ ރާއްޖެތެރެއާ ވަރަށް ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އެގޮތުން ހަމައެކަނި ވަޒީފާގައި އުޅޭ މީހުންނަށް ބެލިކަމުގައި ވިޔަސް، ލިބޭ އާމްދަނީ އަށް ބެލިކަމުގައި ވިޔަސް ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، ދާދިފަހުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި މިނިމަމް ވޭޖާ ބެހޭ ރިޕޯޓުގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ހޯދާފައި ހުރި މައުލޫމާތުގެ މައްޗަށް ބަލާއިރު ވެސް މި ފަރަގު ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ފަގީރުން ކަމަށް ބެލެވޭ މީހުންގެ ޕަސެންޓޭޖަކީ 1.7 އަށްވައިރު، އަތޮޅުތަކުގައި މި ޕަސެންޓު 12.6 އަށް އަރާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މި ފަރަގު ނައްތާލަން ކަމަށާއި، މި ފަރަގު ނައްތާ ނުލެވިއެއް ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެ ސަރަހައްދު ތަރައްގީ ކުރުމެއް ނޫން ކަމަށާއި މާލެ ސަރަހައްދު ތަރައްގީ ކުރުމަކުން ރާއްޖޭގެ ރައްޔިތުންނަކަށް ކުރިއެރުމެއް ލިބޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ޕަވަޓީ ނުވަތަ ފަގީރުންގެ ގޮތުގައި، ރާއްޖޭގައި ގަބޫލު ކުރަނީ 74 ރުފިޔާއަށްވުރެ މަދުން ލިބޭ މީހުން ކަމަށެވެ. އަދި މި އަދަދަކީ ކޮންމެ މީހަކަށް ޒަރޫރީ ބޭނުން ފުއްދުމަށްޓަކައި އެންމެ މަދުވެގެން ދުވާލަކަށް ލިބެން ޖެހޭ މިންވަރު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބްރޯ

  ސިކުނޑިއަށް އޮޅުންބޮޅުން އަރާފަދަ ވާހަކަ ވިދާޅުނުވޭ .2020 ގެ ބަޖެޓް ވަނީ ފާސްވެފަ 2019 ނިމުނު އިރު ފަށަން ބޭނޫންވާކަންކަމަށް ބިޑް ހުޅުވާ އެގްރީމެންޓް ކޮށް ނިންމަފައިވަނަމަ ޖަނަވަރީ2 2020 ގަ މަސައްކަތް ފެށެންވާނެ. ހިގާސަރުކާރެއްގެ ބަޖެތްގެ މަސައްކަތް މިހާވަރަށް ފެށެންވާނެ. ލަސްކަމެއް ހުރެގެން ނުވާނެ. ހިގަމުންދާކަންކަން ފެންނަންވާނެ ކުރާނަމޭ ބުނީމަ ކަމަކު ނުދޭ ޔަގީންކަމެއްނެތް.

 2. ޒާ

  މީނާ ހީކުރަނީ ތިލަދުންމަތީ މީހުންނަކީ މިހާރު މިރާއްޖޭގައި އޮތް އެންމެ ބޯގަޅި މީހުން އުޅޭ ދެ އަތޮޅުކަމަށް.

  • ޟަ

   ޙަމަ ގަޅި.. ހޮވާނެ..

 3. ޟީމާ

  ޢެޖެންޑާ 19 ގެ ދަށުން ވަކި ޥަކި ފަރުދުން ތަރައްގީ ކޮށްފަ ހަދަށް ފޮނުވާ!

 4. 19 ނަވާރަ

  އެޖެންޑާ 19ގައި އޮތީ ބޮޑުން ތިލަދުންމައްޗަށް ޒިޔާރަތްކޮއްފަ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ވައުދުވުން. އަދި ވޯޓުލުމަށް އާދޭސްކުރުން. މީގެ އިތުރުން ފަގީރުންނަށް އެހީވުން.
  ސާބަހޭ ތިޔާވަރެެއްނެތް. ޖަޒީރާ ވަންތަކަށް ތިލަދުންއަށް ދައްކައިދީފި. ދެރައީ ރިޔަލުގައި ދަތުރުނުކުރީމަ

  3
  1
 5. Anonymous

  2020 ވަނަ އަހަރު ނިމުމުގެ ކުރިން މާތް ﷲ ކަލޭމެން އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެންނަ ވާނެ ﷲ ރަހުމަތުން.

 6. ޟޮޔަ

  މަޖުލިސް ދިނީމަ ވީ ކަމެއް އަޅެ ބުނެބަލަ.. ލަދު ގަނނަން ވެސް ނޭގޭތަ.. ހިތައް އަރާ މޮޔައިން ވާ ގައުމުގައި ގިނައޭ