އައްޑޫ ސިޓީ އިސްމެހެލާ ހެރައިގައި ހިންގަމުން އަންނަ ސައުތް ޕާލް ރިސޯޓުގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު އެނގޭ މީހަކު ބުނެފައިވާގޮތުގައި ނިޔާވެފައި އޮތްވާ ފެނުނީ އެ ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުގެ މަގާމު އަދާ ކުރަމުންދިޔަ ސ. ފޭދޫ، އަންދަލީބުގެ ،މުހައްމަދު އިކުލީލު، (އިކޫ)އެވެ.

އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ހުންނަ ކޮޓަރިން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ޑީއުޓިއަށް ނައިސްގެން ބެލިއިރުއެވެ. އޮފިޝަލް ވިދާޅުވީ، އެކަން ފުލުހުންނަށް މައުލޫމާތު ލިބުނީ، 9:19 ހާއިރު ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން". ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.