ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ތަރައްގީ ކުރުން ނޫން ކަމަށާއި އަމާޒަކީ މާލެއާއި އަތޮޅު ތެރޭގެ ފަރަގު ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އާއި އަތޮޅުތަކުގެ މީހުންނަށް ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެންނަން އެބަހުރި ކަމަށެވެ. ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުލިބޭ މީހުން ކަމަށާއި މާލެ އާއި އަތޮޅުތެރޭގައި މި އަދަދުގެ ތަފާތު ވަރަށް ބޮޑު ކަން ރައީސް ފާހަގަ ކުރިއެވެ.

"މާލެ އާއި އަތޮޅުތަކާއި ބަލާއިރު ވަރަށް ބޮޑު ތަފާތެއް އެބަހުރި. މާލޭގައި މިއަދަދު ނުލިބޭ ވަޒީފާ އަދާ ކުރާ މީހުންގެ ޕަސެންޓެޖަކީ 1.7 ޕަސެންޓް. އެއާއި ހިލާފަތް އަތޮޅުުގައި 12.8 ޕަސެންޓް. މި ފަރަގު ނައްތާލަން އަޅުގަނޑުމެން މި އުޅެނީ. މިފަރަގު ނައްތާ ނުލެވި މި ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތަރައްގީއަށް ބަލާއިރު މާލެ އާއި ރާއްޖެތެރޭ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކާއި އަޅައި ކިޔާއިރު ހަމަ އެކަނި ވަޒީފާގެ ގޮތުންނާއި ލިބޭ އާމްދަނީ އަށް ބަލައިގެންވެސް ބޮޑު ތަފާތެއް ފެނިގެން ދާ ކަަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވީ ހަމަ އެކަނި މާލެ ތަރައްގީ ކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމަނިކުފާނަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެ ކައިރީގައި އޮތްތަނެއް ނުވަތަ މާލެ ތަރައްގީ ކުރުމެއް ނޫން. އެއަކުން ރާއްޖޭގެ ރައްޔިތުންނަކަށް ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިނިމަން ވޭޖް ކަނޑައެޅުމުގައި ވެސް ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔާމިން

    ބޯގޯސް ފުރަތަމަ މާލެ ދެން އެހެންތަންތަން

  2. މޫސާމަނިކް

    ވާހަކާގާ އޮއްޓަރެއްނެއް ސޭބޯ

  3. ޙުސްއަގަ

    ޖަޒީރާތަކުގައި ދަޑިފަނުން ފުޅަށް އަޅާ ފަރުދާ ބަގީޗާ ހައްދައިގެން ކުކުޅު ގުއި ނަގަން ތިބޭ ތަރައްގީ ގެނޭ!

  4. ބްރޯ

    ބަލަގަ ތިޔަވަހަކަ ރަނގަލެއްނޫން . މާލެވެސް ތަރައްގީވަން ޖެހޭނެ ރާއްޖޭގެ ހުރިހާރަށެއްވެސް ތަރައްގިވާންޖެހޭނެ .ރާއްޖޭގެ ހުރިހާރަށެއްގާވެސް ހިދުމަތުގެ ސަބަބުން ދަވްލަތަށް ގެއްލުންނުވަވަރުގެ އާބަދި އެއް ކޮންމެ ރަށެއްގާ ވެސް އޮންނަންވާނެ .ހިންނަވަރުން މާލެއަށް ހިޖުރަ ކުރުން އެއީ ރަނގަޅުގޮތްބާ؟ ވީމަ ތިޔަވިދާޅުވެވުނީ މާލެއަށް އައުން އެއީ ގޯހެކެތޯ؟

  5. ހުސޭނުބޭ

    އިންތިޚާބެއް ކައިރިވީމާ އެއްކަލަ މީހާ ފޮނި އަގަތަޅަން ފެށީ! އަޅެ ތިހާ އިޚްލާސްތެރި މީހެއްވިއްޔާ މި ދިޔަ އަހަރު ރައްޔިތުންނަށް ކަމެއް ނުކޮށްދީ ދިރުވާލި 32 ބިލިއަން ރުރިފާގެ ބަޖެޓު ހޮޑަށް ނެރިބަލަ!

    10
  6. ޙައްވަ

    ރާއްޖެތެރެމީހުން ތަފާތުކުރެ މިހާރުވެސް އެގޮވަނީހުޅުމާލެއެއީމާލޭމީހުންގެތަނެކޭ ދައުލަތުގެ ބަޖެޓުއެއީމާލޭމީހުންގެއެއްޗެއްތަ މާލޭމީހުންނައްދޭށޭކިޔާ ގޮވާނަގަނީ ގޮތަރުގޮށިއަޅާފަ ބޮޑުއަގުގަ ނިކަމެތި ރާއްޖެތެރެމީހުންނައް ކުއްޔައްދޭން ވޯޓުހޯދަންވީމަ ރާއްޖެތެރެމީހުންފެންނަނީ

  7. ކެޔޮޅު

    އެއްތަނެއްވެސް ތަރައްގީ ކުރެވިއްޖެތަ ހީވަނީ ނުބައިތަނެއްމާބޮޑައް ތަރައްގީކުރެވިގެން އުޅޭހެން!

  8. ޙަސަނާ

    މީދެންކިހާ ހެއްވާކަމެއް ރައްރަށައް އަރާ މިކިއަނީ ރައްރައްތަރައްގީކުރީމައޭ ރަގަޅުވާނީ ރައްރައް ތަރައްގީކުޑަކުރާނަމޭ މާލެޢަރާފަ މުބުނަނީ ފުލޭޓުވެސް ދޭނީ މާލޭމީހުނަށޭ މާލޭމީހުން އުޅެނީ ވަރައް ހާލުގަޢޭ ޖެހުނުތާކުން ދިވެހިންބޯކަމުން ދުވަނީ އެގޭތަ މިހާރު އެކިނަންނަމުގަ ދައުލަތައް ފައިސާ ދަމާލާވަރު 2003 ން 2008 ލިބުނު އާމްދަނީއައްވުރެ 2019 އެކަނިވެސް ދަމައިގެންލާރި ގިނަ ވީއިރު ކޮއްދެވުނުކަމެއްކޮބާ ޕާތީކުދިން 7 އަހަރުމަގުމަތީ ކުރިހަރަދުތައްފޫބައްދަން ބަދަލުގެ ނަމުގަ ލާރިގަޑުބަހާލީ "މައުމޫނުގެ ވެރިކަމުގަ ބުނީމެންނު މައުމޫނު ދިވެހިންޢަތުން ޓެކުސްވެސް ނަގަމުންނޭދަނީ ދޮގާމަކަރު ނޫން ކަމެއްނެތް މީމީހުންކުރާ..