ދެހާސް ވިހިވަނަ އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އެއްވެސް އާމްދަނީއެއް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށި ފުރަތަމަ ހަފުތާގައި ދައުލަތަށް ފުރަތަމަ ހަފުތާގައި 54.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މުޅި ޖުމްލަ ދައުލަތަށް އާމްދަނީގެ ގޮތުގައި 88 މިލިއަން ރުފިޔާ ލިބުނު ނަމަވެސް 219 މިލިއަން ރުފިޔާ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނިވެސް ވަނީ ހަރަދުކޮށްފައެވެ.

މިދިޔަ އަހަރުގެ ބަޖެޓު ބޭނުން ކުރަން ފެށި ފުރަތަމަ ހަފްތާގައި ދެލައްކަ ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. ބަޖެޓުން ހަރަދު ކުރަން ފެށިތާ، ފުރަތަމަ ހަފުތާގައި ދައުލަތަށް 234.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި 153 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތަށް 93 މިލިއަން ރުފިޔާ ލިބުނެވެ.

މިއަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓަކީ މިހާތަނަށް ފާސްކޮށްފައިވާ އެންމެ ބޮޑު ބަޖެޓެވެ. މިއަހަރަށް ކަނޑައަޅާފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ޑެފިސިޓް ވަނީ 5.9 ބިލިއަން ރުފިޔާއެވެ. ބަޖެޓް ޑެފިސިޓްގެ ފައިސާ ހޯދަން ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ވަނީ ނިންމައިފަ އެވެ. އިތުރަށް ބޭނުންވާ ފައިސާ ހޯދަން ނިންމާފައި ވަނީ ވެސް ޓީބިލް ވިއްކައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ އެހެނެއްނު ވާނީ! ތަނަކު ކާޕެޓެއް އޮތަސް ވަގަށްވިއްޔާ އެ ގެޔަށް ގެންދަނީ!

  2. ޑެއިލް

    ދެން ބޮޑު ޚަރަދުކޮށްފަ ޝާހިދު ބޭރަށްތިފޮނުވަނީ ކަދުރުރުކަށް އެރި މީހާގެ ނަދުރު ފު އްދަންތަ. ރަ އްޔިތުންގެ ފަ އިސާ އަމި އްލަ ބޭނުންތަކަށް ތަޅާތި ހުސްކުރަނީ. ޖަވާބުދާރީ މިދުނިޔޭގަ ނުވިޔަސް ވާންޖެހޭނެ ދުވަހެ އް އަންނާނެކަން ދަނެގެން ތިބޭތި.

  3. މިއަދު

    އެހެންވިއްޔާ ޓީބިލްގެގޮތުގައި ކައުންސިލަރުންވިއްކަވާލައްވާ އެބައިމީހުންނަށް ބޮޑުމުސަރަދޭނެ ފައިސާ ލިބޭނީ އެއިރުންތާ

  4. މިއަދު

    އެހެންވިއްޔާ ދައުލަތުގެ ދިވެހިބަންގާޅީންކަމަށްވާ ސިވިލްސާވިސް މުއައްޒަފުން މަދުކުރަންވީނު

  5. އަބޫ

    ރާއްޖެ އަށް ލިބުނު ފަައިސާގެ އެހީ ތައް ކޮއްބާތައް ޒީބު ތައްކައް ވައްދެ ހުސްވީތައް ނަސާދު އާ ސޯލިހް އާ ގާސިމް އިމްރާނު އަދި ވެސް ކޯލިސައްނުގެ އެތައްބައެވޭ