ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކައުންސިލަރުންގެ މުޅި ހަޔާތް އަނިޔާވެރިކަމުގެ ތެރޭގައި ތާށިކުރި ކަމަށް ރައީސް އޮފީހުންގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ޝިއްޕެ ވިދާޅުވީ، ރައީސް ޔާމީން، 108 ކައުންސިލަރަކު ސަސްޕެންޑް ކޮށްފައި އަނެއްކާވެސް މިއަދު އިންތިހާބަށް ގޮވާލީމައި ބައިވެރިވާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"މިދިޔަ މުއްދަތު ތެރޭގައި 108 ކައުންސިލަރުން ޔާމީން ސަސްޕެންޑް ކުރި. 108 ކައުންސިލަރުން ސަސްޕެންޑް ކޮށްފަ އޭނާ މިއަދު އަނެއްކާ އިންތިހާބަށް އަޅުގަނޑުމެން ގޮވާލީމާ މި ބުނަނީ ތިމަންނަ މެންވެސް ބޭނުމޭ ބައިވެރިވާން. އެ 108 ކައުންސިލަރުން މިއިންތިހާބުގައި ޖެހޭނެ އެއްވެސް އެހެން އިންތިހާބެއްގައި ކޮށްފައި ނުވާ ވަރަށް މަސައްކަތް ކުރަން. ވީ ގޮތާ ކަންތައް ކުރި ގޮތާ. ހުރިހާ ކަމެއްގެ ވާހަކަ ހުރިހާ އެއް ކިޔައިދޭން ޖެހޭނެ." ޝިއްޕެ ވިދާޅުވިއެވެ.

ޝިއްޕެ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލަރުންގެ މުޅި ހަޔާތް ވަނީ އަނިޔާވެރިކަމުގެ ތެރޭގައި ތާށިކޮށްފައި ކަމަށާއި 6 އެއްކަ މަސް ދުވަހު މުސާރަ ނުލިބި ނުކައި ނުބޮއި ތިބި ކައުންސިލަރަކު އެބަ ތިބި ކަމަށެވެ.

"ކައުންސިލަރެއްކަން އެނގެންޔާ ވަކިން ހާއްސަކޮށް ގެންގޮސް ބަންދު ކުރަނީ. ޖަލަށް ލައި. އަނިޔާ ކުރޭ. ނުކައި ނުބޮއި މުސާރަ ނުލިބިތިބި ދުވަސް، 6 އެއްކަ މަސް ދުވަސް ހޭދަ ކުރި ކައުންސިލަރުން މިތާ އެބަ ތިބި." ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޝިއްޕެ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިއްޕެ ވިދާޅުވީ، މިިދިޔަ ސަރުކާރުން އަތް ފޯރުވަމުން ގޮސް ހަމަ އެކަނި ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ނޫން ކަމަށާއި، އިތުރު ކަންކަމަށްވެސް އަތްބާނާފައިވާކަމަށެވެ.

އެކަމަށް ބޮޑު ބަދަލެއް މިހާރު ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅލލލ

    ކަލެ އައް ކުރަން އެނގޭ ކަމަކީ ދޮގު ހެދުން....ހަމައިން ނެއްޓެން ވެސް އެނގޭނެ

  2. މާމީ

    ޔާމީނު ވެބުކެމް އެތެރެ ކުރުން ނުހުއްޓުވާތީ ދޯ

  3. Anonymous

    ކަލޭމެންގެ ކަ އުންސިލަރުންގެ ކަމަކީ ފުލްބެގީޖަހަ އިގެން ކަކުލަހުޅާ ހަމަޔަށް އޮންނަޓަ އި އެއ އް އަޅަ އިގެން މަގު ދެކޮޅަށް ހިނގުން، އެހެންވީމަ ޔާމީނު ހެ އްދެވީ ރަނގަޅަށް.

    10
  4. ބުރާންތި

    އަބަދުވެސް ކުރީ ސަރުކާރު، ޔާމީނު، މައުމޫން، ވަހީދު. ކަލޯ ނުވަންޔާ ނުވާ ވާހަކަ ބުނެފަ އިސްތިއުފާދީބަލަ.

    10
  5. އެއްތެޔޮ

    ދިވެހިބަހުގަ އަތްފޯރުވުން މިބަސް ބޭނުންކުރާ ޙާލަތްތައްއެނގޭތަ މީޢާއްމުބަހުރުވައެއްނޫން ވާހަކަދައްނޭންގެންޏާ ޕޯޑިއަމްއެއްލިބުނަކަސް އަރަންނޫޅެބަލަ ތިމާމީހާއައްކުރެވޭވަރުކަންތައްކުރަންއުޅެބަލަ ރައީސްޔާމީންއޭ ކިޔާފައަނގަތަޅާއިރު ޕްރޮވިންސްތަކައް މިނިސްޓަރުންއައްޔަންކޮއްގެން ކައުންސިލައްބާރުނުދީތިބީ ކޮންބައެއްތަ

  6. ވެބްކެމް

    ކަލޯ ރައްޔިތުންގެ ލާރިކައިގެންހުރެ އަނގަތަޅާކަށް ނުޖެހެއި އަވަހަށް އިސްތިއުފާ