ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްވައިފިއެވެ.

އެމްޑީޕީ ތިލަދުންމަތި ކޮންފަރެންސްގައި ވާހަކަދައްމުން ފައްޔާޒް ވިދާޅުވީ، ހުރިހާ ކަމެއް ކާމިޔާބުވުމަށްޓަކައި އެންެމެ މުހިންމު އެއް ކަމަކީ ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން ކަމަށާއި، އެއީ ހަމައެކަނި އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑެއް އަޅުވާލާފައި އޮތުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަނީ ﷲ އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދާއި ހިސާބަށް ދާއިރުގައި ކޮންޓްރެކްޓަރާއެކު ސޮއި ކުރެވި ނިމޭނެ". ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓު ތަރައްގީ ކުރުމާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މި އަހަރު ފަހުކޮޅަށް ދާއިރު އެ އެއާޕޯޓުގެ މަސައްކަތް ރަނގަޅަށް ބާރަށް ކުރިއަށްދާތަން ފެނިގެން ދާނެ ކަމަށެވެ.

އަދި އެއާޕޯޓުގެ މަޝްރޫއު ފަށަން ލަސްތަކެއް އައި ސަބަބުވެސް ފައްޔާޒް ވަނީ ފާހަގަކޮށްފައެވެ.

"އަޅުުގަނޑުމެންނަށް ކުޑަކުޑަކޮށް އެކަމުގައި ލަސްތަކެއްވީ ހިޔާލު ތަފާތުވުންތަކެއް އޮވެގެން. ފުރަތަމަ އަޅުގަނޑުމެން ބެލިއިރުގައި ފުރަތަމަ ކޮންސެޕްޓް ކުރެވުުނުގޮތުން، 2800 އަށްވުރެ އިތުރު ކުރެވޭނެ ޖާގައެއް ނުލިބޭ. އެހެންވީމަ އަޅުގަނޑަށް ވިސްނުނީ މީގެ 20 އަހަރު ފަހުން ނަމަވެސް، މިތަން އަދި 3900އަށްވެސް ރަންވޭ ބޮޑުކުރަން ޖެހިދާނެއޭ. އެހެންވެ އަލުުން އެ ޑިޒައިން ކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރަމުން މިދިޔައީ.އެއަށް ވީ ލަހެއް މިއީ". ފައްޔާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ޑިޒައިން ކޮންސްޕެޓް އޮންނާނެ ގޮތް ވަރަށް ސާފްކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާކަމަށް ފައްޔާޒް ފާހަފަކުރެއްވިއެވެ. އަދި އެއާޕޯޓްގެ މަޝްރޫއަށް ފަންޑްވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫގައި އެންމެ ފުރަތަމަ އެއާޕޯޓެއް ޚިދުމަތް ދޭންފެށީ 1990 ވަނަ އަހަރުގެ ތެރޭގައެވެ. 2013 ވަނަ އަހަރުން ފެށިގެން އެ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިގެން ނުދާތީ އަބަދުވެސް އެ ދާއިރާގެ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދާލަތު

    ކައުންސިލް އިންތިޚާބުނިމެންދެންބާ؟

  2. ހދ އަތޮޅުން އަލީ

    މަގޭރިޕޯޓު ހަނިމާދޫ އެއާޕޯޓު މިއަހަރު ތަރައްގީ ކުރާނެ ކަމައް ބުނެވިދާނެ ނަމަވެސް މައިސަރުކާރުން ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކޮއްގެން ކުރާނެ ކަމެއް ބުނެދެއްވަންޖެހޭ ބ އަތޮޅަކީ ފަތުރުވެރިންކަން އިންތިހާ ފުޅާ އަތޮޅެއް ބ ދަރަވަނަދޫ އެއާޕޯޓައް ދުވާލަކު 21 ފުލައިޓު ޖައްސާ ނަމަވެސް ބ އަތޮޅުގަ އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކޮއް ސީދާ ބ އަތޮޅައް ދަތުރު ނުކުރާނެކަން އެއީ ޔަގީން ކަމެއް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ނާސިރު ވެރިކަމުން ފެށިގެން އޮންނަ ތަނެއް މަސްވެރިވެސް ހިސާބެއް އެއާހިލާފައް ހދ އަތޮޅަކީ ފަތުރުވެރިކަމެއް ކުރިއަރުވަން ސަރުކާރުން އުޅޭ އަތޮޅެއްނޫން މަސްވެރިކަމެއްނެތް ޖުމްލަކޮއް ވަރައްފަގީރުން ގިނަ ހިސާބެއް ވީމާ އިންތިހާބުތަކާ ދިމާކޮއް ކަނޑު ބޯޓެއްގަ އައިސް ތިފަދަ ބޮޑެތި އޮޅުވާލުން އޮޅުވާލާކައްނުވާނެ ހދ މީހުން އަތަކުނެތް ޔޫރަޕައް ދާނެ ފައިސާއެއް ކުޅުދުއްފުށި އެއާޕޯޓައް އަހަރުވީއިރު ޖައްސަނީ އެއްފުލައިޓު ދުވާލަކު ހަފަތާވަންދެން މިތިބެނީ ވެއިޓިންގަ ފުރަތަމަ ރައްޔިތުންނައް ޒަރޫރީ ދަތުރު ކުރެވި އާމްދަނީ ލިބި ވަޒީފާ ފަހިވެ އޭގެ ފަހުގަ ތިވާހަކަ ދައްކާ ތިކަހަލަ ގޯނި ހަނިމާދޫ މީހުން ބޮލުގަ ގަފޫރުގެ އަމުރައް އަޅުވަން ހެޔޮނުވާނެ މަޖިލީހުގެ ތެރެއިން ފުރަތަމަ ފާސްކުރަންވީ ދޮގުހަދާ ސިޔާސީ މީހުނައް ދޭނެ ހަރުކަށި އަދަބެއް އަނގަމަތީ ޖަހާނެ ސްޓިކާއެއް ޖޫރިމަނާއެއް