ގައުމީ ޝިޕިން ލައިން އުފެއްދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯއިން މިކަން ހާމަކޮށްފައި ވަނީ އެ ކުންފުންޏަށް 55 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށްވެފައި، ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށާއި އެކަން ކުރާނީ އެސްޓީއޯއިން ކަމަށެވެ.

އަމްރު ވިދާޅުވިގޮތުގައި، މި މަސައްކަތް މި އަހަރު ތެރޭގައި ފަށާނެއެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ޝިޕިންގ ލައިންގެމަގްސަދަކީ ވިޔަފާރިވެރިންގެ ޖީބަށް ލުއިކުރުމެވެ. އަދި މީގެ ސަބަބުން މުދާ އަގުހެޔޮވެގެން ދާނެއެވެ.

އަމްރު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ރާއްޖެއަކީ މީގެ އަހަރުތަކެއް ކުރިން ވަރުގަދަ ޝިޕިންގ ކުންފުންޏެއް އޮތް ގައުމެކެވެެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޯރާގޯރީ

    ތިޔައީވަރަށް ހިތިތަޖުރިބާއެއް ދިވެހިސަރުކާރަށް ކުރެވިފައިވާ ކަމެއް. ޕްރައިވެޓް ސެކްޓަރަށް ތިޔަ ޝިޕިންގ ވިޔަފާރި ދޫކުރުމުން ކޮންޕެޓިޝަން އޮތުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް މިހާރުވެސް ފައިދާތަކެއްވާނެ. ދަންނަވަންއޮތީ އެސްޓީއޯއަށް އަހަރު 5 ބިލިއަން އާމްދަނީ ހޯދޭނެ ވިޔަފަރީތަށް އެބަހުރި ކަމުގަ. އިސްވެދެންނެވުނު ވިޔަފާރި އެސްޓީއޯއަށް ކުރެވޭނީ ވަރަށްވެސް ފުޅާދާއިރާއެއްގައި ވިސްނުންހުރި ބަޔަކަށް.

    3
    3
  2. ކާފަބޭ2020

    ކަމެއްކުރުުމުގެހެޔޮނިޔަތެއްއޮތްނަމަ ފުރަތަމަކަމަކަށް ކުރީގެ90އެތައްބޯޓެއްއޮތް ޝިޕިންލައިންފުނޑިގެން ދިޔައީކީއް ވެތޯބައްލަ ވާ! އަލުންތިދާއިރާކޮޅަށްޖަހަން ބެނުންނަމަ އެކަންތަހުގީގުކުރަށް ވާ ފިޔަ ވަޅެއްއަޅަން ޖެހޭފަރާތެއް ވާނަމަ އެކަންރައިއްޔަތުންނަށްހާމަކޮށް ދެންކުރިޔަށް ވަޑައިގަތުމުގެ ޕްލޭންކުރަށް ވާ ނޫނީ؟؟؟؟؟؟؟