ވެމްކޯއިން، އެ ކުންފުނީގެ މުވައްޒަފުންނަށް އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް، އެއީ ވެމްކޯގެ މުވައްޒަފުންކަން ދެނެގަނެވޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޔުނީފޯމްތައް އަންނަ ހަފްތާ ތެރޭގައި އެ މުވައްޒަފުން ބޭނުން ކުރަން ފަށާނެކަމަށެވެ.

މިއަދު ވެމްކޯއިން ތަޢާރަފްކުރި އައު ޔުނީފޯމް ދައްކާލަނީ - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އެގޮތުން ވެށިފާރަވެރިން ބޭނުން ކުރާ ޔުނީފޯމް ހުންނާނީ މަސައްކަތުގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތައް ތައްޔާރުކޮށްފައެވެ. އެ ޔުނީފޯމްގެ ކުލައަކީ ގަދަ ފެހިކުލައެވެ. އަދި އެ މުވައްޒަފުން ވިއްސާރާ ދުވަހު ބޭނުން ކުރުމަށް ކަޅު ކުލައިގެ ކޯޓެއް ބޭނުންކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އެ އޮފިޝަލް ވިދާޅުވީ، ވެށިފާރަވެރިންގެ އެންމެ އިސްކޮށް މަސައްކަތް ކުރާ ޑިއުޓީ އޮފިސަރުންނާއި އަދި ޑްރައިވަރުން ބޭނުންކުރާނީ މަޑު ފެހިކުލައިގެ ޓީޝާޓެއް ކަމަށެވެ. އަދި ޑިއުޓީ އޮފިސަރުން ޔުނީފޯމާއެކު ކުޑަދަބަހެއްވެސް އެ މީހުން ބޭނުންކުރާނެކަމަށާއި، އެއީ ކަލެކްޝަން ހިދުމަތަށް ޑާޓާ ނެގުމަށްޓަކައި ބޭނުންކުރާ ޓެބްލެޓަށް ހާއްސަ ކުރެވިފައިވާ ދަބަހެވެ.

މިއަދު ވެމްކޯއިން ތަޢާރަފްކުރި އައު ޔުނީފޯމް ދައްކާލަނީ - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އަދި މީގެ އިތުރުން، އޮރެންޖް ކުލައިގެ ވެސްޓް ބޭނުން ކުރާނީ ޓްރާންސްފާ ސްޓޭޝަންގައި މަސައްކަތް ކުރާ ފީލްޑްގައި އުޅޭ މުވައްޒަފުން ބޭނުން ކުރާނެ ޔުނީފޯމެވެ.

މިއަދު ވެމްކޯއިން ތަޢާރަފްކުރި އައު ޔުނީފޯމް ދައްކާލަނީ - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ކޮންމެ ޔުނީފޯމަކާއެކު ތޮތްޕަކާއި އަތަށް ލައްވާ އަންގިއެއްވެސް ހިމެނޭކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި ޔުނީފޯމާއެކީ ފައިވާނެއްގެ ގޮތުގައި ބޭނުން ކުރާނީ ކްރޮކްސްއެވެ.