ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ކެމްޕޭންތައް ކުރަމުން އަންނައިރު، މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ މިހާރު މޭޔަރު ޝިފާ މުހައްމަދު ނަށާ ވީޑިއޯއެއް އާއްމުކޮށްފިއެވެ.
އެ ވީޑިއޯ އާއްމުކޮށް، މީހަކު ކުރި ޓްވީޓެއްގައިވަނީ އެއީ ޝިފާ ތޯ ސުވާލުކޮށްފައެވެ. ޝިފާ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ވިދާުޅުވީ، އެއީ ވަރަށް ރަނގަޅު ވަގުތުކޮޅެއް ކަމަށާއި، އެއީ އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރީ ކަމަށެވެ.
Haha best of times . When MDP won the race not bad dhoa . https://t.co/rgT2Qmb5e6
— Shifa Mohammed🎈🇵🇸 (@SifaMohammed) January 14, 2020
ޝިފާ އެ ޕޯސްޓަށް ގިނަބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ. އެއްބަޔަކު ޝިފާއަކީ ނަށަން އިނގޭ މީހެއްކަމަށް ބުނަމުންދާއިރު، އަނެއްބަޔަކު ބުނަމުން ދަނީ މޭޔަރުކަން ހުއްޓާލުމަށްފަހު ނުށުމައިގެން އުޅުމަށެވެ.
ޝިފާގެ މޭޔަރުކަމުގައި މިހާރު ދެ ދައުރު ގޮސްފައިވާއިރު، މާލެ ސިޓީއަށ ދިމާވެފައިވާ މައްސަލަތަކަށް ހައްލު ނާންނަ ވާހަކަ އެތައް ބަޔަކު ދައްކަމުން ދެއެވެ. އަދި މިފަހަރު ޝިފާ މޭޔަރުކަމަށް ނުގެނައުމަށް ކެމްޕޭން ކުރަމުންދާ މިހުންވެސް އެބަ ތިއްބެއެވެ.
މާލޭ މޭޔަރު ކަމަށް ކުރިމަތިލާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒާއި އަހްމަދު ރަޝީދު (ބްރޯ) ގެ އިތުރުން ކުރީގެ މެންބަރު އަލްހާން ފަހުމީއާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.
ބަލަ އެއ އީ އާއ އްމު ކަމެ އްނު މާރިޔާ އަންނި ޝިފާ މިމީސް މީހުންނަކީ ޕާޓީތަކުގަޔާ ރިސޯޓް ތަކުގަ ގަދަޔަށް ނަށާ މީހުން އެމީހުން އަޅާފަ ތިބޭ ހެދުމުން ވެސް އެކަން ދޭހަވޭ ނޫންތޯ
ނަޝާމީހުންގެ ހިންދީ ދިވެހި ފިލްމު ނުބަލާ މީހަކު ރާއްޖޭގައި އުޅޭތަ؟ ދެންކޮންވާހަކަ އެއްތަ؟
ދިވެހި ފިލްމެއްގެ ނެށުމުގެ މަންޒަރެއްގައި ބައިވެރިކޮއްލަން ރަނގަޅު ދޯ.
ކުރިމަތިލާނިކަމެއްނެތް މުޅިއުމުރައް މޭޔަރުކަމުގަ ބަގުޑިބައްދައިގެންހުރޭ މިއޮއްހުރިހާދުވަސް މާލޭގެ މޭޔަރުކަމުގަ ހުރިއިރުވެސް މާލެއައް ކޮއްދެވުނުކަމެއްނެތް
ލާދީނީ
ހިލޭ ފިރެހެނުން ކުރިމަތީ ނެށުމަކީ ކޮން ކަހަލަ ކަމެއްތޯ؟؟؟؟؟
ނެޝުމަކީ ގޯސް ކަމެއްތޯ؟؟؟؟؟
ޝިފާ ތިއީ ފެއިލްވެފައި ހުރި މީހެއް. ކޮންކަމެއް ކުރެވުނީ؟؟ ދެން ހަމަ އެންމެ ރަނގަޅުވާނީ ނަށާ ގުރޫޕަކާ ޖޮއިން ކުރިއްޔާ
މީ ނަށާ ސަމީމާ، މޭޔަރެއްނޫން. ނަޝާލަދައްކާލާފަ އެބަހުއްޓެއްނު
ފެން ނުވަރާ ހަޑި ކުއްޖެއް ނަން ދެވުނޭ ހަޑިގިއްލާ... ނިކަން ބުރުގާ އަޅާ ރީތިވެގެން ވޯޓް ހޯދަން ހިގާބަލަ.. އޮރިޔާމާ މީހުންގެ ތެރޭގަ ނަށާކަށް ލަދެެއްވެސް ނުގަނޭތަ؟
ތިޔައީ މި ލާދީނީ ސަރުކާރުގެ އާއްމު ކަމެއްނު. އަދި އިސްލާމްދީނާ ޚިލާފު ތިކަހަލަ ހުރިހާ ކަމެއް މިސަރުކާރުގެ ބޮޑުން އެކުރަނީ އެމީހުންގެ އައުވާނުން ކަމުގައިވާ ޔަހޫދީންނާއި ހިންދޫން ރުއްސަންވެގެން.
ބޮނޑިބަތް ކައިގެން މަގުއޮޅިފައިތިބި ދިވެހި ރައްޔިތުންނަށް ތެދުމަގު ދައްކަވާ ފާދޭވެ. އާމީން