މާލޭގައި މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭން ހާއްސަ ކޮށްފައިވާ ސްކޫލް، ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ސަރުކާރުން ނިންމި ކަމުގައިވިޔަސް، މިކަން ކުރާން ނިންމާފައިވާކަން ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ސީއެޗްއެސްއީ އަލުން އިމާރާތް ކުރުމަށް މިހާރު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަބީ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.

އެ ކުންފުނިން ސީއެޗްއެސްސީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށިއިރު، މި އިމާރާތް ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަދި އާރްސިސީން އެތަނުގެ މަސައްކަތް ހުއްޓާލާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން އަރްސީސީގެ ބަހެއްވެސް އަދި ނުލިބެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް މިކަމުގައި އަދި ނުލިބެއެވެ.

ސީއެޗްއެސްސީ އެންމެ ފުރަތަމަ ވުޖޫދަށް އައީ 1979 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިގދ

    އެރުން ޖެހެނި ހުރިހަ ކުދިން ބަހުގަ ކޮންމެ ދުވަަހަކު ދަން ދޯ

    9
    1
    • ހާލަތު

      ތިތަން އަމީނިއްޔާއަށް ދީފަ އަމީނިއްޔާއާ ބޮޑެތި ސުލޫލުތަކުގަ 11 އަދި 12 އުފައްދަން ވިސްނަންވީ.. އޭރުން އެތަށް ކުދިންނަކަށް އޭލަވެލްއަށް ކިޔެވުމުގެ ފުރުސަތުވެސް ލިބޭނެ.. ހަކުރަށްދާ ވަރުވެސް ކޮންމެވެސް ވަރަކަށް މަދުކުރެވޭނެ.. ދެން އޭލަވެލްއަށް ކިޔަވައިދޭ އެންމެ ސުކޫލެއް މިއޮއްބޮޑު މާލޭގަ އެތަށް އަހަރެއް ބަންދެން ބޮޑު ސަރުކާރުތަކަކުން ހިންގާފަ ތަޢުލީމީ ދާއުރާގެ ކުރިއެރުމޭ ކިޔާ ހަޅޭ ފަޅޭ ޖެހީމަ ހިނި އަންނަނީ..

      12
      5
  2. ޥަަނެ

    Dhen male ga Alevel ah kiyavadhinun huttaalaafa raajjetherey ekani kiyavadheyn v. Eyrun male meehun ves Alevel ah kiyavan dhaan jeheynee raajjethere ah.

    13
    2
  3. ޞނބބ

    Dhen male ga Alevel ah kiyavadhinun huttaalaafa raajjetherey ekani kiyavadheyn v. Eyrun male meehun ves Alevel ah kiyavan dhaan jeheynee raajjethere ah.

    8
    3