ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބައެއް ބޭފުޅުންނާއި އެކި ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބީން، ކޮފީ މޭޒުތަކުގައި ދަނީ މަޝްވަރާކޮށް ސޯޝަލް މީޑިޔާގައި ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އެކި ފަހަރު މަތީން ސިޔާސީ ބައެއް ކުއްވެރިންގެ އަނބީން ބައްދަލުވުންތައް ބާއްވާއިރު މިއީ ކޮން މަޤުސަދެއްގައި އަދި ކީއްކުރަން ބައްވާ ބައްދަލުވުމެއްކަމެއް މިހާތަނަށް އެބޭފުޅުންވެސް ހާމަކޮށްފައި ނުވެއެވެ.
މި ބޭފުޅުންގެ ބައްދަލުވުންތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަނީ މިބައްދަލުވުންތަކަކީ އެބޭފުޅުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް އެބޭފުޅުންގެ މެދުގައި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި ބައްދަލުވުންތަކަކީ މާބޮޑު މަޤްސަދެއްގައި ނުވަތަ މާބޮޑު ކަންތައްތަކެއް ހާސިލް ކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިންގެ މިބައްދަލުވުންތަކަކީ އާދައިގެ ކޮފީއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާއިރު އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ މިއީ އަނބިކަބަލުންގެ އުދާސްތައް ބޭރުކޮށްލުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ.
މިބައްދަލުވުންތަކުގައި ސިޔާސީ ގޮތުން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްކުރައްވައި އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކުރެއްވުމުން ޖަލުގައި ތިއްބެވި ބޭފުޅުންގެ އަނބިކަބަލުންތައް ނުހަނު އުފާވެރި ކަމާއިއެކު ނަންގަވާ ސެލްފީތައްވެސް ސޯޝަލް މިޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ކޮފީ ބޮއެގެން އުދާސްތައް ބޭރު ވާނެބާ...؟
މަސްކަޑަން ދޭ ހުރިހާ އަނބިން
އުދާސް ތަށް ބޭރު ކުރަންށޭ؟؟؟؟ ލޮލް. ހުރި ވަރަކުން ބޭރު ކުރަން ވީ ހަމަ. ގޯހެއް ނޫން.
ގިނަ ގިނައިން ކޮފީ ބޮއެގެން އުދާސްތައް ބޭރުކޮއްލް ކޮއްލާ ތިބޭ ފިސާރި ކަނބަލުންތަކެްއްތީ . މިނިވަން ވަގުތުކޮޅެއް މަދުން ނުނީ ތިކަހަލަ ފުރުސަތެއް ނުލިބޭނެ
އުދާސް ތަކެއް ނޫން ވައި ބޭރުކުރިޔަސް ހެޔޮ
އުދާހާ ހުރިހާ އޮލަފެން ބޭރުކުރިޔަސް އަހަރެމެއްނަން ހެޔޮ....
މިއީ ސަމާލުކަންހޯދަން އުޅޭ ގުންބަޅާ އައިނެއް!! ފެންނަނީ ހެވިފަ ތިއްބަ!
އުދާހުން ފިރިސޮރަށް އޮންނަ ބައިވެސް ކޮފީއަކުންތަ ތި ބޭރުކޮށްލަނީ! ގަދަ ކަލޭމެން.